The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

މާލޭގެ ބޯހިޔާވަހިކަމުގެ އުސޫލުތައް އާންމުކޮށްފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިމާއި ފްލެޓް ދޫކުރުމާ ގުޅޭ އުސޫލުތައް މިއަދު ވަނީ ޢާންމުކޮށްފައެވެ. މި އުސޫލުތަކުގެ ދަށުން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ.

ގޯތި ދޫކުރުމުގެ އުސޫލުތައް:
ސަރުކާރުން އާންމުކުރި އުސޫލުގައިވާ ގޮތުން، މާލޭގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ދޫކުރާނީ 1250 އަކަފޫޓުގެ ގޯއްޗެވެ. މާލޭގައި ދިރިއުޅޭ، މާލޭގައި ރަޖިސްޓްރީވެފައިވާ ނުވަތަ ދަފްތަރުގައި ހިމެނޭ ރައްޔިތުންނަށް ގޯތި ދޫކުރާނީ ގްރޭޓަރ މާލެ ސަރަހައްދާއި ރަސްމާލެއިންނެވެ. ނަމަވެސް މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ.

ގޯއްޗަށް އެދެވޭނީ 18 އަހަރުވެފައިވާ ފަރާތްތަކަށެވެ. މާލޭގެ ރަށްވެއްސެއް ނަމަ، 14 ޖެނުއަރީ 2026 އާ ހަމައަށް މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ މަދުވެގެން 1 އަހަރު ވެފައިވުން ލާޒިމުވެއެވެ. މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރައްޔިތެއް ނަމަ، 14 ޖެނުއަރީ 2026 އާ ހަމައަށް މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރު ވެފައިވުމަކީ ޝަރުތެކެވެ.

ގޯއްޗަށް ކުރިމަތިލާ ފަރާތްތަކަށް، ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތީގެ ބައެއް ލިބިފައިވާނަމަ އެތަނެއް ދޫކޮށްލަން ޖެހޭނެއެވެ. ކައިވެނިކޮށްގެން އުޅޭނަމަ، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައިވެސް 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ބައެއް އޮވެގެން ނުވާނެއެވެ. ތަރިކައިން ނުވަތަ ވަސިއްޔަތަކުން ލިބޭ ބައެއްނަމަވެސް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، މި އުސޫލަށް އަމަލުކުރަން ފެށުމަށްފަހު، އެއްވެސް ފަރާތަކުން އެމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯތި، ފްލެޓް ނުވަތަ އިމާރާތެއް ވިއްކައިގެން ނުވަތަ ހިބައިން ދީގެން ނުވާނެ ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ގޯތި ދޫކުރުމަށް ދެ ކެޓަރީއެއް ކަނޑައަޅާފައިވީ ނަމަވެސް، ގެދޮރުވެރިކަމާބެހޭ ވުޒާރާއަށް އިތުރު ކެޓަރީތައް ކަނޑައެޅޭނެ ކަމަށް އުސޫލުގައި ވަނީ ފާހަގަކޮށްފައެވެ.

ފްލެޓް ދޫކުރުމުގެ އުސޫލުތައް:
މާލޭ ސަރަހައްދުން ފްލެޓް ދޫކުރުމަށް ދެ މޮޑެލް ކަނޑައަޅާފައިވެއެވެ. އެއީ އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލްއާއި ރެންޓް-ޓު-އޯން މޮޑެލްއެވެ.

  • އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލް: މި މޮޑެލްގެ ދަށުން ސަބްސިޑައިޒްކޮށްފައިވާ އަގުތަކެއްގައި ބޯހިޔާވަހިކަން ގަނެވޭނެއެވެ. ބޭންކަކުން ނުވަތަ ފައިނޭންސިންގ އިދާރާއަކުން ދޫކުރާ ފައިނޭނސް ފެސިލިޓީއަކަށް ޝަރުތު ހަމަވާ މީހުންނަށް މި މޮޑެލްގެ ދަށުން ފްލެޓަށް އެދެވޭނެއެވެ. އަދި ހައުސިންގ ޔުނިޓަށް އެދޭ ފަރާތަކީ ފުރަތަމަ ފަހަރަށް ގެދޮރު މިލްކުކުރުމަށް އެދޭ މީހަކަށް ވާންޖެހޭނެއެވެ.
  • ރެންޓް-ޓު-އޯން މޮޑެލް: މި މޮޑެލްގެ ދަށުން ޔުނިޓު ހަވާލުކުރެވޭ ފަރާތުން މަހުން މަހަށް ފައިސާ ދައްކަންޖެހެއެވެ. ޔުނިޓުގެ ޖުމުލަ އަގު ކުލީގެ ގޮތުގައި ދައްކާ ނިމުމުން، ބޯހިޔާވަހިކަން ލިބުނު ފަރާތަށް ޔުނިޓު މިލްކު ކުރެވޭނެއެވެ. މި މޮޑެލަށް ޝަރުތު ހަމަވާނީ މަހެއްގެ ޖުމްލަ އާމްދަނީ 60,000 ރުފިޔާއަށްވުރެ ދަށްވާ، ބޯހިޔާވަހިކަމުގެ ޝަރުތު ހަމަވާ ފަރާތްތަކަށެވެ. ޔުނިޓުގެ މިލްކުވެރިކަން ބަދަލުކޮށްދޭނީ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެންމެ ފަހު ކުލި ދައްކައި، ޔުނިޓުގެ ފުރިހަމަ އަގު އަދާކޮށް ޚަލާސްކުރުމުންނެވެ.

ފްލެޓަށް އެދެވޭނީ 18 އަހަރުވެފައިވާ ފަރާތްތަކަށެވެ. މާލޭގެ ރަށްވެއްސެއް ނަމަ، 14 ޖެނުއަރީ 2026 އާ ހަމައަށް ރަށްވެއްސަކަށްވިތާ މަދުވެގެން 1 އަހަރު ވެފައިވާ މީހުންނަށެވެ. މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރައްޔިތެއް ނަމަ، 14 ޖެނުއަރީ 2026 އާ ހަމައަށް މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ މަދުވެގެން 15 އަހަރު ވެފައިވާ މީހުންނަށެވެ.

ބޯހިޔާވަހިކަމަށް އެދޭ ފަރާތްތަކުގެވެސް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެމީހެއްގެ ނުވަތަ އަނބިމީހާ/ފިރިމީހާގެ 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް އޮވެގެން ނުވާނެއެވެ.

އިސްކަންދޭނެ ފަރާތްތައް:
ބޯހިޔާވަހިކަން ދޫކުރުމުގައި އިސްކަންދޭނެ ފަރާތްތައްވެސް ސަރުކާރުގެ އުސޫލުގައި ވަނީ ކަނޑައަޅާފައެވެ. އޭގެތެރޭގައި 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިންނަށް އިސްކަން ދިނުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އަލަތު ކައިވެނި ކުރާ ފަރާތްތައް/ޒުވާން އާއިލާތައް ހިމެނެއެވެ. މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުން، ފަތުރުވެރިކަމުގެ ސިނާޢަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުން، ޝަރުޢީ ދާއިރާގެ މުވައްޒަފުން އަދި މަސްވެރިންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށްވެސް އިސްކަން ދެވޭނެއެވެ.

މީގެ އިތުރުން، މައިމުޅަވުމުގެ ސަބަބުން ގޯތި ގެދޮރު މިލްކު ކުރުމުން މަޙުރޫމުވެފައިވާ ފަރާތްތަކާއި، ވެށިފަހި މާލެއާއި ހިޔާ މަޝްރޫޢުން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފްލެޓް ހަވާލުކޮށްފައިނުވާ ފަރާތްތަކަށްވެސް އިސްކަންދެވޭނެއެވެ. ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅެމުންދާ ފަޤީރު ޢާއިލާތައް އަދި މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމަންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ކަނޑައަޅާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. މިނިސްޓްރީން އާންމުކޮށް އަންގައި އިޢުލާނު ކުރާ އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުންވެސް މި ލިސްޓުގައި ހިމެނެއެވެ.

ސަރުކާރުން އާންމު ކުރައްވާފައިވާ މި އުސޫލުގައި ގޯއްޗާއި ފްލެޓަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ލިބޭނެ އުސޫލުތައްވެސް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. މި އުސޫލުތަކަކީ މާލޭގެ ބޯހިޔާވަހިކަމުގެ ދިގު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެކެވެ.

ހުޅުމާލެ 3ވަނަ ފިޔަވަހީގެ 49 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ
ހައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓު ތަޢާރަފްކޮށްފި
ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ދޫކުރި ސަރަހައްދުތައް 3 މަސް ތެރޭ ހިއްކާ ނިންމާލެވޭނެ: ރައީސް މުޢިއްޒު
ޑެންގީ ހުން ޖެހޭ މިންވަރު 490 އިންސައްތަ އިތުރުވެއްޖެ: ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?