The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

’ކޮންމެ ކުއްޖަކަށް ޢާއިލާއެއް‘ ޕްރޮގްރާމުގެ ދަށުން 110 ކުދިން އާޢިލާތަކަށް ހަވާލުކޮށްފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ހަފްތާ ago
SHARE

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޚާއްސަކޮށް ހިންގާ ”ކޮންމެ ކުއްޖަކަށް ޢާއިލާއެއް“ ސިޔާސަތުގެ ދަށުން މިހާތަނަށް 110 ކުދިން އާޢިލާތަކާއި ހަވާލުކޮށްފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަޢުދުފުޅުވެފައިވާ އެންމެ މުހިންމު އެއް އިޖުތިމާޢީ މަސައްކަތަށް ވާތީ، ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، އެކި ހާލަތްތަކުގައި ޢާއިލާތަކުން ނެގޭ ކުދިން ބެލެހެއްޓުމުގެ ޒިންމާ އެ ވުޒާރާއިން ފުރިހަމައަށް އަދާ ކުރަމުންދާ ކަމަށާއި، ނަމަވެސް ޢާއިލާތަކާއި ދުރުގައި ކުދިން ގެންގުޅުމަކީ، އެކުދިންނަށް ބޭނުންވާ ހުނަރުތައް މަދުވާ ކަމެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިހެންކަމުން ކުދިންނަށް ޢާއިލީ މާހައުލެއް ފޯރުކޮށްދިނުމަކީ އެކުދިންގެ އުފާވެރިކަމަށްޓަކައި މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިހާރު މިކަމުގައި އެންމެ ބޮޑަށް ލިބޭ ހިތްހަމަޖެހުމަކީ، ކުދިންނާއި ހަވާލުވާ އާއިލާތަކުގެ އަދަދު އިތުރުވަމުން ދިއުމެވެ. އަދި 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި ޕްރޮގްރާމުގެ ދަށުން ހަވާލުކުރެވުނު ކުދިން އެ އާޢިލާތަކުން ވަރަށް ރަނގަޅަށް ބަލަހައްޓަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ”ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެއް ކޮންމެ ކުއްޖަކަށް އާޢިލާއެއް. މި ޕްރޮޖެކްޓުގެ ދަށުން 2023 ގެ ނޮވެމްބަރުން ފަށައިގެން 110 ކުދިން އެކުދިންގެ އާއިލާއަށް ނޫނީ، އައު އާޢިލާތަކާއި ހަވާލުކުރެވިގެން ވަރަށް ރަނގަޅަށް އެބަހިނގާ. އަޅުގަނޑުމެންގެ އެދުމަކީ މި ޕްރޮގްރާމުގައި ބައިވެރިވެ ކުދިން ބެލެހެއްޓުމުގައި ވުޒާރާއާއި ގުޅިގެން މަސައްކަތް ކުރުން،“ ވަޒީރު ވިދާޅުވިއެވެ.

”ކޮންމެ ކުއްޖަކަށް އާޢިލާއެއް“ ޕްރޮގްރާމުގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އަމާން ވެށިތައް އިތުރަށް ތަރައްޤީކޮށް، ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށްވެސް ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން މިފަހުން ފ. އަތޮޅުގައި އަމާންވެއްޓެއް ޤާއިމްކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަމާންވެށިތަކުގައި މިހާރުވެސް ގެންގުޅޭ ކުދިން އެތަނުން ނިމޭވަރަކުން މުޖުތަމަޢުއަށް ބޭނުންތެރި ބަޔަކަށް ހެދުމަށް، އިންޓާންޝިޕް ފުރުސަތު ހޯދައިދީ، އެކުދިންނަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ފުރުސަތު ހޯދައިދެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަމުގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށާއި، މިދިޔަ އަހަރުގެ މަސައްކަތުން 23 ކުދިންނަށް އިންޓާންޝިޕް ފުރުސަތު ހޯދައިދީ، 40 ކުދިންނަށް އެކި ތަމްރީނުތައް ދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިންވެސް ބައެއް ކުދިން ނިމިގެން ދިޔަކަން ފާހަގަކުރައްވާ، މިއީ ވުޒާރާގެ މަސައްކަތްތަކުގެ ތެރެއިން ލިބުނު އުފަލެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ގެސްޓްހައުސް ވިޔަފާރިތަކަށް ވިޒިޓް މޯލްޑިވްސްގެ މެންބަރޝިޕް ފީ ކުޑަކޮށްފި
ނިމުނު އަހަރު 205 ދަރިވަރަކަށް ސްކޮލަރޝިޕް ފުރުޞަތު ދީފި
ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސްބޯޓު ފުލުހުންގެ ބެލުމުގެ ދަށަށް!
ވާނުވާ ބަންދުގައި ތިބި މީހުން ފަސް މިނެޓު ތެރޭގައި ދޫނުކުރެވޭނެ ސަބަބު ރައީސް އޮޅުންފިލުވައިދެއްވައިފި
ހޯރަފުށީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?