The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ގޭންގު ކަނޑައެޅުމުގެ މައްސަލައެއް ޕީޖީ އޮފީހަށް

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ހަފްތާ ago
SHARE

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މިހާތަނަށް ގޭންގު ކަނޑައެޅުމުގެ މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިދިޔަ އޮގަސްޓް މަހު އަމަލު ކުރަން ފެށި ގޭންގުތަކުން ހިންގާ ކުށްތަކާއި، އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މިހާތަނަށް 6 ތަނެއް ބަލައި ފާސްކޮށް، 7 މައްސަލައެއްގައި 11 މީހުން ހައްޔަރުކުރި ކަމަށެވެ. މީގެ ތެރޭގައި ހައްޔަރުގައި 2 މީހުން އެބަތިބި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ދެ މައްސަލައެއްގައި ދައުވާ ކުރުމަށް މިހާރު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ގޭންގް ކަނޑައެޅުމަށް މައްސަލައެއް އެ އޮފީހަށް ހުށަހަޅާފައިވާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ގޭންގް ކްރައިމް އިންވެސްޓިގޭޝަން ހިންގުމާ ހަވާލުވެ ހުންނެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގު އާދަމް ވިދާޅުވީ، ގޭންގު ކުށްތަކާ ގުޅޭ ޤާނޫނު ވުޖޫދުވުމާ ގުޅިގެން އެ ޤާނޫނުގައި އެކި ކުށްތައް ބަޔާންކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި ގޭންގު ކަނޑައެޅުން ހިމެނޭއިރު ޤާނޫނުގައި ގޭންގެއް ކަނޑައެޅުމުގެ މަރުހަލާތަކެއްވާ ކަމަށާއި، ކޮމިޝަނަރ އޮފް ޕޮލިސް އެންޑޯސް ކުރައްވައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ގޭންގު ކަނޑައެޅުމަށް ހުށަހެޅުއްވުމުން އެ އޮފީހުން ކޯޓަށް ހުށަހަޅަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ހައި ކޯޓަށް އެ މައްސަލަ ހުށަހެޅުމުން ގޭންގު ކަނޑައަޅާނީ ކޯޓުން ކަމަށްވެސް ވިދާޅުވިއެވެ.

ގޭންގެއް ކަނޑައެޅުމަށްޓަކައި މިހާރު އެއް މައްސަލައެއް ވާނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި. އެ މަސައްކަތުގައި ޕީޖީ އޮފީހުން އަޅުގަނޑުމެންނަށް ލަފާ ދީފައިވާ ކަންކަން މިހާރު މިގެންދަނީ ކުރަމުން. އަދި އަތޮޅުތެރެއިންވެސް އަޅަގަނޑުމެން މިދަނީ ގޭންގެއް ކަނޑައެޅުމަށްޓަކައި ޝަރުތު ހަމަވާ ފަރާތްތަަކަކީ ކޮބައިތޯ ބަލަމުން،

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގު އާދަމް

ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުން ކުށަކަށްވާނެއެވެ. އެފަދަ ގްރޫޕެއް އުފައްދައިފިނަމަ ނުވަތަ ހިންގައިފިނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާ 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ ކުށެއް ކުރަން އުޅެފިނަމަ ނުވަތަ އެހީތެރިވެއްޖެނަމަ 18 އަހަރުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާއާއި 5 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އިންތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕަކަށް މީހުން ހޯދުމަކީވެސް މި ޤާނޫނުގެ ދަށުން ކުށެކެވެ. އެ ކުށަށް އަރައިގެންފި މީހަކު، އެ ކުށުގެ ސަބަބުން ކުޑަކުއްޖަކު ޝިކާރައަކަށްވެއްޖެނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާ 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ކުޑަކުއްޖަކު ނޫން މީހަކު ރެކްރޫޓް ކުރަން އުޅެފިނަމަ އަދަބަކީ 20 އަހަރުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާއާ 7 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މީގެ އިތުރުން ރެކްރޫޓް ކުރުމުގައި ގްރޫޕުތަކަށް އެހީވާ ފަރާތްތަކާއި، އިންތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕެއްގައި ބައިވެރިވާ ފަރާތްތަކާއި، ކުށް ކުރުމަށް އަމިއްލަ ތަންތަން ބޭނުން ކުރުމާއި، ހެކިބަސް ދޭ ފަރާތްތަކަށް ބިރު ދައްކާ ފަރާތްތަކަށްވެސް ޖަލު ހުކުމާއެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ބިލުގައިވަނީ ހިމަނުއްވާފައެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި މިހާރު އެ ޚިދުމަތުން ކުރަމުން އަންނަ މަސައްކަތުން ”ހޮޓް ސްޕޮޓްސް“ ގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަންތަނުގައި ކުޑަކުދިން ހަރަކާތްތެރިވާކަން ވަނީ ފާހަގަކުރެވިފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
ރާއްޖޭގެ ކުރިމަގު ބައްޓަންކުރުމުގައި އަންހެނުންގެ ދައުރާއި އިސްނެގުމަކީ ބޭނުންތެރިކަމެއްކަމަށް: ރައީސް
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 90،000 އާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި
ގެސްޓްހައުސް ވިޔަފާރިތަކަށް ވިޒިޓް މޯލްޑިވްސްގެ މެންބަރޝިޕް ފީ ކުޑަކޮށްފި
އުދަ އަރާނެ ކަމަށް ލަފާކުރެވޭ، ބްރިޖު-ހައިވޭގައި 4 ފުރޮޅުލީ އުޅަނދު ބޭނުން ކުރޭ: ފުލުހުން
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?