The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ކީރިތި ޤުރުއާންގައި އަތްލާ ނިއުޔޯކްގެ ފުރަތަމަ މުސްލިމް މޭޔަރުގެ ގޮތުގައި ޒޯހްރާން މަމްދާނީ ހުވާކުރައްވައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ހަފްތާ ago
SHARE

އައު އަހަރުގެ ފެށުމާއެކު، ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ މަގާމަށް އިންތިޚާބުވި ފުރަތަމަ މުސްލިމް ބޭފުޅާ، ޒޯހްރާން މަމްދާނީ ރަސްމީކޮށް މަގާމުގެ ހުވާކުރައްވައިފިއެވެ.

ޖެނުއަރީ އެއްވަނަ ދުވަހު ބޭއްވި މި ޚާއްސަ ރަސްމިއްޔާތު އޮތީ ސިޓީ ހޯލްގެ ތިރީގައިވާ ތާރީޚީ، ނަމަވެސް މިހާރު ބޭނުންނުކުރާ ސަބްވޭ ސްޓޭޝަނުގައެވެ. މިއީ ބާރުތައް ބަދަލުވުމުގެ މަރުހަލާ އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެ ސިޓީގައި ޒަމާނުއްސުރެ އޮންނަ އާދަކާދައެއްގެ ދަށުން ބޭއްވި ރަސްމިއްޔާތެކެވެ.

އުމުރުން 34 އަހަރުގެ މަމްދާނީއަކީ އެ ސިޓީގެ ތާރީޚުގައިވެސް ހޮވުނު އެންމެ ޒުވާން މޭޔަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާ މަގާމުގެ ހުވާކުރެއްވީ ކީރިތި ގުރުއާނުގެ މުސްހަފްތަކެއްގައި އަތްޕުޅު ބާއްވައިގެން ހުންނަވައެވެ. ހުވާކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، މަމްދާނީ ވަނީ ނިއުޔޯކްގެ ރައްޔިތުންނަށް އައު އަހަރުގެ ތަހުނިޔާ ފޮނުއްވައި، މިއީ އޭނާގެ ހަޔާތުގައި ލިބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މި ރަސްމިއްޔާތު ބާއްވާ ތަނެއްގެ ގޮތުގައި ބިމުގެ އަޑީގައިވާ ސަބްވޭ ސްޓޭޝަނެއް އިޚްތިޔާރު ކުރެއްވީ، އާންމު މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރުމަށް އޭނާ ގެންގުޅުއްވާ ސިޔާސަތު ރަމްޒުކޮށްދިނުމަށެވެ. މަމްދާނީ ވިދާޅުވި ގޮތުގައި، އާންމު ދަތުރުފަތުރުގެ ނިޒާމަކީ ނިއުޔޯކްގެ ދިރުމާއި، ދުޅަހެޔޮކަމާއި، މުސްތަގުބަލާ ގުޅިފައިވާ އެ ސިޓީގެ ވަރަށް މުހިންމު ބަހާއެކެވެ.

މަމްދާނީއަށް ހުވާލައިދެއްވީ ނިއުޔޯކްގެ އެޓާނީ ޖެނެރަލް ލެޓިޝިއާ ޖޭމްސްއެވެ. މި ރަސްމިއްޔާތުގައި މަމްދާނީގެ އަނބިކަނބަލުން ރާމާ ދުވާޖީގެ އިތުރުން، އޭނާގެ މައިންބަފައިން ކަމަށްވާ މަޝްހޫރު ފިލްމް ޑައިރެކްޓަރު މީރާ ނައިރް އަދި އެކަޑެމިކް މަހްމޫދު މަމްދާނީ ބައިވެރިވެވަޑައިގެންނެވިއެވެ.

މޭޔަރު މަމްދާނީ ހުވާކުރެއްވުމުގެ ބޮޑު ރަސްމިއްޔާތު މިއަދުގެ ފަހުގެ ވަގުތެއްގައި ސިޓީ ހޯލުން ބޭރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި އެތައް ހާސް ބަޔަކު ބައިވެރިވާނެ ކަމަށް ބެލެވޭއިރު، އެމެރިކާގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތު ބަލާލުމަށް ބްރޯޑްވޭ ސަރަހައްދުގައިވެސް ޚާއްސަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ.

ގަތަރާއި ޑުބާއީގެ ވައިގެ ސަރަހައްދު ބަންދުކޮށްފި
ހާވާޑް ޔުނިވަރސިޓީއަށް ބޭރު ޤައުމުތަކުގެ ދަރިވަރުން ވެއްދުން މަނާކޮށްފި
ގެއްލުނު ނިއުކްލިއަރ ޖާސޫސީ ނިޒާމު: 60 އަހަރު ފަހުން ވެސް ރައްޔިތުން ތިބީ ބިރުވެރިކަމެއްގައި
އެޕަލްގެ ސީއީއޯގެ މަގާމުން ޓިމް ކުކް ވަކިވާން އުޅޭކަމުގެ އަޑުތައް ފެތުރިއްޖެ
ދުނިޔޭގެ އެންމެ ބޮޑު ވިންޑް ޓާބައިން ޗައިނާގައި ބަހައްޓައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?