The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އެފްޑީސީގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިއްޖެ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ހަފްތާ ago
SHARE

ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 4000 ފްލެޓުގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަމާން އުދަރެސް އަދި އަމާން ހިޔާގެ ހުރިހާ ޓަވަރެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރުމާއި ޓެސްޓް ކުރުމާއި ކޮމިޝަން ކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ހުރިހާ ފްލެޓަކަށް ފެން ފޯރުކޮށްދިނުމަށް ވޯޓަރ ބޫސްޓިން ސިސްޓަމްތައް ގާއިމުކޮށް ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.މި މަސައްކަތްތަކާއެކު މިހާރު ހުރިހާ ފްލެޓަކަށް ބޭނުންވާ ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކޮށް ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވިއެވެ.

#Team MWSC has successfully completed the installation, testing, and commissioning of the water and sewerage connections, as well as the water boosting system, across all towers of #AmaanDhoadhi and #AmaanUdhares — a 4,000-unit social housing project.

With this milestone, water… pic.twitter.com/FvW7xIQgJR

— Male‘ Water and Sewerage Company Pvt. Ltd. (@MWSC_Official) January 2, 2026


އަމާން އުދަރެސް އަދި އަމާން ދޯދީގެ ފެނުގެ ޚިދުމަތް ފިޔަވައި އެހެން ހުރިހާ މަސައްކަތެއް މިދިޔަ ޑިސެމްބަރު މަހު ނިމިފައިވާ ކަމަށް އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމާއެކު އެ ފްލެޓުތަކުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ.

އެފްޑީސީން މިހާރު އަންނަނީ ހުރިހާ ފެލްޓެއްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް މި ޖެނުއަރީ މަހުގެ ނިޔަލަށް ނިންމުމަކީ އެ ކުންފުނީގެ އަމާޒެކެވެ.

ޕޭމަންޓް މޯލްޑިވްސްއާއެކު މާލީ ނިޒާމު ހަރުދަނާވެ، ފައިނޭންސް ފަސޭހަވާނެ : ގަވަރުނަރ
ކެންދޫ މެމްބަރު މައުރޫފް ހިމެނޭހެން 3 މީހެއްގެ ބަންދަށް 5 ދުވަސް އިތުރުކޮށްފި!
ރާއްޖޭގެ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން މާދަމާ ބާއްވަނީ
ހުކުރުދުވަހު އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ބާއްވަނީ
ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް މެޑަމް ސާޖިދާ އުފައްދަވައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?