The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ނިމުނު އަހަރު ފަތުރުވެރިކަމަށް 4،227 އެނދު ނެރެވުނު

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ހަފްތާ ago
SHARE

ނިމުނު އަހަރު ފަތުރުވެރިކަމަށް 4،000އަށްވުރެ ގިނަ އެނދު ނެރެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއާއެކު، އަހަރު ނިމުނުއިރު ފަތުރުވެރިކަމުގެ އެނދުގެ އަދަދު ވަނީ 67،000 އަށް އަރާފައެެވެ.

ފަތުުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަމުގެ އެނދުގެ އަދަދަކީ 67,475އެވެ. 2024ވަނަ އަަހަރު ނިމުނުއިރު ފަތުރުވެރިކަަމުގެ އަދަދު ހުރީ 63,248 އެނދުގައެވެ. އެހެންކަމުން މިއީ 4،227 އެނދުގެ އިތުރުވުމެކެވެ.

ފަތުރުވެރިކަމަށް ނެރުނު އެނދަށް ބަލާއިރު މީގެ ތެރެއިން އެންމެ ގިނައިން އެނދު ނެރެފައިވަނީ ރިސޯޓުތަކުންނެވެ. މިދިޔަ އަހަރު ހުޅުވި 6 ރިސޯޓާއެކު، މިވަގުތު ރާއްޖޭގައި 178 ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. މިއާއެކު، ރިސޯޓުތަކުން ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު މިވަނީ 42,547އިން 44,697އަށް އަރާފައެވެ. މިއީ 2،150 އެނދުގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު އަލަށް ހުޅުވި ރިސޯޓުތަކުގެ ތެރޭގައި މެންޑަރިން އޮރިއެންޓަލް މޯލްޑިވްސް އާއި، ބަލްގަރީ ރިސޯޓް މޯލްޑިވްސް އާއި، ޒަމާނީ އައިލެންޑާއި، ކޮރިންތިއާ މޯލްޑިވްސްގެ އިތުރުން ނަލަ މޯލްޑިވްސް ހިމެނެއެވެ. އަދި ކުރިއަށްއޮތްތާގަވެސް އިތުރު ރިސޯޓުތަކެއް ހުޅުވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރިސޯޓުތަކުން ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު އިތުރުވެފައިވާއިރު ގެސްޓްހައުސް ވިޔަފާރިތަކުންވެސް ފަތުރުވެރިކަަމަށް ގިނަ އަދަދެއްގެ އަނދު ވަނީ ނެރެފައެވެ. މިދިޔަ އަހަރު އިތުރު 44 ގެސްޓްހައުސްއަކުން 1،203 އެނދެއް ފަތުރުވެރިކަމަށް ނެރެފައިވެއެވެ. މިއާއެކު ގެސްޓްހައުސް ވިޔަފާރިތަކުން ފަތުރުވެރިކަމަށް ނެރުނު ޖުމްލަ އެނދުގެ އަދަދު 15,621އިން، 16,824އަށް ވަނީ އަރާފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރު ނިމުނުއިރު 167 ސަފާރީއަކުން 3,322 އެނދު ފަތުރުވެރިކަމަށް ނެރެފައިވާއިރު، 16 ހޮޓަލަކުން 2,598 އެނދުވެސް ފަތުރުވެރިކަމަށް ނެރެފައިވެއެވެ.މިދިޔަ އަހަރަކީ ރާއްޖެއިން ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ އަަހަރެކެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް 2,240,000އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު 200،000 ފަތުރުވެރިންގެ އިތުރުވުމެކެވެ.

މީގެ އިތުރުން، މިދިޔަ އަހަރު ޒިޔާރާތްކުރި ފަތުރުވެރިން ވަނީ ރާއްޖޭގައި 5.4 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަކޮށްފައެވެ. މިއީ އެއް އަހަރެއްގެ ތެރޭގައި މިހާތަނަށް ފަތުރުވެރިން ހޭދަކުރި އަދަދުތަކަށް ބަލާއިރު ރެކޯޑު އަދަދަކަށް ފަތުރުވެރިން ފައިސާ ހޭދަކުރި އަހަރެވެ. 2025ވަނަ އަހަރު ފަތުރުވެރިން ހޭދަކުރި 5.4 ބިލިޔަން ޑޮލަރަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %15.8 ގެ އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާއި މާލީކަންކަން ހަރުދަނާކުރަން އަލިޕޭ ، ވިޒިޓްމޯލްޑިވްސް އަދި ބީއެމްއެލް އެއްބަސްވުމަކަށް
މާދަމާރޭ ބާއްވަވާ ބައްދަލުވުން ޚާއްޞަކުރެވިފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް :ހީނާ
ވިޔަފާރިތަކަށް އަލީބާބާ ވެބްސައިޓް މެދުވެރިކޮށް މުދާ ވިއްކޭނެ ގޮތް ހަމަޖައްސައިފި!
މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް ދުވާފަރުގެ ފުރަތަމަ ޝެޑް ހުޅުވައިފި
ޙައްޖު ޢުމްރާގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ އަގުވަޒަންކުރަން އެވޯޑެއް ތަޢާރަފްކުރަނީ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?