The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އެންމެން ޝާމިލުވާ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގައި ދެމިތިބޭނަން: ރައީސުލްޖުމްހޫރިއްޔާ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ހަފްތާ ago
SHARE

އޯގާތެރިކަމާއެކު ސިޔާސަތުތައް ބައްޓަންކޮށް، އެންމެން ޝާމިލުވާ ރާއްޖެއެއް ބިނާކުރުމުގައި ސަރުކާރުން ދެމިތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ބްރެއިލް ދުވަހާ ގުޅިގެން މިއަދު ސޯޝަލް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

On World Braille Day, we celebrate the power of Braille in opening doors to learning, independence, and dignity for persons with visual impairments. An inclusive society is one where everyone can access information and opportunities without barriers.

Today, we reaffirm our… pic.twitter.com/jsxpHWGMmD

— Dr Mohamed Muizzu (@MMuizzu) January 4, 2026

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދުނިޔޭގެ ބްރެއިލް ދުވަސް ފާހަގަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، މި ދުވަސް ފާހަގަކުރަނީ އުނގެނުމަށް ބްރެއިލްއިން ހުޅުވާލަދޭ ދޮރުތަކާއި އޭގެ ސަބަބުން ލިބިގެންދާ މިނިވަންކަމަށްޓަކައި ކަމަށެވެ. އަދި ބްރެއިލްއަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ބާރު ލިބިދޭ މުހިންމު ވަސީލަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމުގެ ތަޞައްވުރު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އެފަދަ މުޖުތަމަޢެއް ބިނާކުރެވޭނީ މުޖުތަމަޢުގެ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތާއި ފުރުޞަތުތައް ލިބިގެން ކަމަށެވެ.

ދިވެހިރާއްޖޭން އަބަދުވެސް މަސައްކަތް ކުރާނީ، އޯގާތެރިކަމާއެކު ސިޔާސަތުތައް ބައްޓަންކޮށް، ކޮންމެ ނިންމުމެއްވެސް އެންމެން ޝާމިލުވާ ގޮތަށް ނިންމުމަށް، ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ބަޔާނަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށްދީ، އެފަރާތްތަކަކީ މުޖުތަމަޢުގެ ބޭނުންތެރި ބައެއްގެ ގޮތުގައި ބިނާކުރުމަށް މި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ދެއްވި މެސެޖެކެވެ.

އަތޮޅުތެރޭގެ ޑްރަގް އޮޕަރޭޝަންތަކުން އެންމެ ގިނަ ބަނގުރާ އަތުލީ މާފުށިން: ފުލުހުން
ފަތުރުވެރިކަން ފުޅާކުރެވިފައި ނެތް އަތޮޅުތަކުގައި ރިސޯޓު ތަރައްޤީކުރުމަށް ގެންގުޅުއްވާ ޕްލޭން ރައީސް އިޢުލާނުކުރައްވައިފި
”ބެލެނިވެރިންގެ ސައްލާ“: ޑިޖިޓަލް ޒަމާނުގައި ދަރިން ތަރުބިއްޔަތުކުރުމާ ގުޅޭ ޚާއްޞަ ސެޝަނެއް ބާއްވަނީ
ޑެންގީ ހުން ޖެހޭ މިންވަރު 490 އިންސައްތަ އިތުރުވެއްޖެ: ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
250 ދިވެހި ތެރަޕިސްޓުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވަން ރައީސް ނިންމަވައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?