The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ގެސްޓްހައުސް ވިޔަފާރިތަކަށް ވިޒިޓް މޯލްޑިވްސްގެ މެންބަރޝިޕް ފީ ކުޑަކޮށްފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ހަފްތާ ago
SHARE

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެއްބާރުލުން ދިނުމަށާއި، ރާއްޖެ އިޝްތިހާރު ކުރުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސް (އެމް.އެމް.ޕީ.އާރު.ސީ) އިން ނަގާ މެންބަރޝިޕް ފީ ވަރަށް ބޮޑަށް ކުޑަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، ގެސްޓުހައުސްތަކަށް ޚާއްޞަކޮށްގެން މީގެ ކުރިން ނަގަމުން އައި ފީތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. މީގެ ކުރިން ކޮންމެ ގެސްޓުހައުސްއަކުން މެންބަރަކަށް ވުމަށްޓަކައި 1,000 އެމެރިކާ ޑޮލަރު ދައްކަން ޖެހުނު ނަމަވެސް، އަލަށް ގެނައި ބަދަލާއެކު މި އަގު ވަނީ ދަށްކޮށްފައެވެ.

އާ އުޞޫލުގެ ދަށުން، 25 ކޮޓަރިއަށް ވުރެ މަދު ގެސްޓުހައުސްތަކުން ދެން ދައްކަން ޖެހޭނީ 350 ޑޮލަރެވެ. އަދި 25 ކޮޓަރިއަށް ވުރެ ގިނަ ގެސްޓުހައުސްތަކުން ދައްކަން ޖެހޭނީ 750 ޑޮލަރެވެ. މި ބަދަލަކީ މިހާރުވެސް ޢަމަލުކުރަން ފަށާފައިވާ ބަދަލެއްކަން ޝިއުރީ ފާހަގަކުރެއްވިއެވެ.

”މިގެނައި ބަދަލު ވަރަށް ބޮޑަށް ހުރިހާ ފަރާތްތަކުން ބަލައިގަނޭ. މިހާރު އަޅުގަނޑުމެންނަށް ވަރަށް ގިނަ މެންބަރުން ދަނީ ގުޅަމުން. މިއީ އަޅުގަނޑުމެން އޯލްރެޑީ އިމްޕްލިމެންޓެޑް،“ ޝިއުރީ ވިދާޅުވިއެވެ.

ގެސްޓުހައުސްތަކުގެ މެންބަރޝިޕް ފީއަކީ ކޮންމެ އަހަރެއްގެ ފެށޭކޮޅު ދައްކަންޖެހޭ ފީއެކެވެ. ވިޒިޓް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ ވީހާވެސް ގިނަ ވިޔަފާރިތަކަކަށް ބައިވެރިވެވޭނެ ފުރުޞަތު ފަހިކޮށްދީ، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓިންގ ނެޓްވޯކް އިތުރަށް ފުޅާކުރުމެވެ.

މެންބަރޝިޕް ފީގެ އިތުރުން، ބައިނަލްއަޤުވާމީ ރޯޑު ޝޯވތަކާއި އިޝްތިހާރު ކުރުމުގެ އެކި ހަރަކާތްތަކުގެ އަގުތައްވެސް ވަނީ ހެޔޮކޮށްފައެވެ. މީގެ އިތުރުން، ފިޒިކަލްކޮށް ހަރަކާތްތަކުގައި ބައިވެރިނުވެވޭ ފަރާތްތަކަށް ”ނޮން-ފިޒިކަލް ޕާޓިސިޕޭޝަން“ ނުވަތަ ޑިޖިޓަލްކޮށް ވިޔަފާރިތައް ދައްކާލުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

ވިޒިޓް މޯލްޑިވްސްއިން އިތުރަށް ވިދާޅުވީ، ރާއްޖެ އިޝްތިހާރު ކުރުމަށް އެ ކުންފުނިން ހިންގާ ”ކޮންޓެންޓް ދަތުރުތަކުގެ“ ތެރެއިން، ރިސޯޓުތަކާއި ގެސްޓުހައުސްތައް ޕްރޮމޯޓް ކުރުމަށް ބޭނުންވާނެ ފެންވަރު ރަނގަޅު ފޮޓޯ އާއި ވީޑިއޯ ފަދަ ތަކެތިވެސް ފޯރުކޮށްދޭނެ ކަމަށެވެ. މި ހުރިހާ ފިޔަވަޅުތަކަކީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ފެންވަރުގައި އިތުރަށް ފުޅާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންތައްތަކެކެވެ.

ސަރަޙައްދީ އެއްބާރުލުން ދިރުވައި އާލާކުރަންޖެހޭ: ރައީސް މުޢިއްޒު
އެލޮން މަސްކް، ގްލޯބަލް މަހުޖަނުންގެ ރޭންކިންގްގެ އެންމެ ކުރިއަށް!
ވ. އަތޮޅު ރިސޯޓެއްގައި ބައިގެންދިޔަ ކުއްޖެއްގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގުކުރަނީ
ޙައްޖު ދުވަހާއި ޢީދާ ގުޅިގެން ބަންދުވާނީ މިހާރުވެސް ކަލަންޑަރުގައި ކަނޑައަޅާފައިވާ ދުވަސްތައް!
ފެލިވަރުގެ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަންނަ އަހަރުގެ އޭޕްރީލްގައި ބޭނުންކުރަން ފަށަނީ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?