The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

75 އަހަރުވަންދެން ވަޒީފާގައި ދެމިތިބެވޭގޮތަށް ”ރީ-އެމްޕްލޯއިމަންޓް ބިލު“ މަޖިލީހުން ފާސްކޮށްފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 ހަފްތާ ago
SHARE

ދައުލަތުގެ ވަޒީފާގައި އުމުރުން 75 އަހަރުވަންދެން މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ”ރީ-އެމްޕްލޯއިމަންޓްގެ ބިލު“ ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ 46 މެންބަރުންގެ ވޯޓުންނެވެ. މި ބިލު މަޖިލީހުން ފާސްކުރީ ޤައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ.

ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު ހުށަހެޅުއްވި މި ބިލަކީ ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް އުމުރުން 75 އަހަރު ފުރުމާ ހަމައަށް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ މަގުފަހިކޮށްދިނުމަށް އެކުލަވާލާފައިވާ ބިލެކެވެ. މި ބިލުގައި ވަނީ ރީ-އެމްޕްލޯއިމަންޓްގެ ދަށުން ވަޒީފާ ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައެވެ.

ބިލުގައިވާ ގޮތުން، މި އުސޫލުގެ ދަށުން ވަޒީފާ ދެވޭނީ ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރަމުންދާ 65 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް އެދޭ މީހުންނަށެވެ. މީގެ އިތުރުން، މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 7 އަހަރު ކުރިން ފެންޝަން ޙައްގުވާ އުމުރު ހަމަވެގެން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށްވެސް އަލުން ވަޒީފާ ހަމަޖައްސައިދިނުމުގެ ފުރުޞަތު އޮންނާނެއެވެ.

ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސަން ޖެހެނީ ކޮންމެ އަހަރަކު އެއްފަހަރު އައު ކުރަންޖެހޭ އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން ވަޒީފާ ދޭއިރު މުވައްޒަފު ކުރިން ހުރި މަގާމު ނުވަތަ އެއާ އެކަށޭނަ އެހެން މަގާމެއްވެސް ދެވިދާނެއެވެ.

މި ބިލުގެ ދަށުން ވަޒީފާ އަދާކުރާ ފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށެވެ. އަދި މި އުސޫލުން ވަޒީފާގައި ތިބޭ ފަރާތްތަކަށް 65 އަހަރުވުމުން ލިބޭ އަސާސީ ޕެންޝަން ނުލިބުނު ކަމުގައިވިޔަސް، ޕެންޝަނާބެހޭ ޤާނޫނުން ލިބިދޭންޖެހޭ އެހެނިހެން ޕެންޝަން ފައިސާ ލިބިގެންދާނެއެވެ.

ވަޒީފާގައި ދެމިތިބުމަށް އެދޭ މުވައްޒަފުން، އެމީހެއްގެ އުމުރުން 65 އަހަރު ފުރުމުގެ ހަމަ މަސް ދުވަސް ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެއެވެ. އަދި ކުރިން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކުން މި ޤާނޫނަށް އަމަލުކުރަން ފަށާތާ 4 މަސް ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ބިލު ޤާނޫނަކަށް ވީނަމަވެސް، ސިފައިންނާއި، ފުލުހުންނާއި، ފަނޑިޔާރުންގެ އިތުރުން ޤާނޫނުއަސާސީ ނުވަތަ ވަކި ޤާނޫނެއްގެ ދަށުން އައްޔަންކުރެވޭ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަށް މި އުސޫލުތަކެއް ނުހިނގާނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާޙައުލަށް ތައްޔާރުކުރުމުގެ ޕްރޮގްރާމްގެ ފުރުޞަތު ހުޅުވާލައިފި
ލިޔެކިޔުންތައް ނައްތާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފަޒުލްގެ މައްޗަށް ކުށް ސާބިތެއްނުވި
ސަސްޕެންޑްކޮށްފައި ހުރި ކްރިމިނަލް ކޯޓުގެ ޤާޟީ ޙުސައިން ފާއިޒް މަޤާމުން ވަކިކުރަން ހުށައަޅަން ނިންމައިފި
ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ތައުޒިޔާ ފޮނުއްވައިފި
އަންނަ އަހަރު ކައިވެނިކޮށްދޭ ގަޑިތައް، ފެމިލީ ކޯޓުން ޢާންމުކޮށްފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?