The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ބާޒާރުމަތީ ސަރަޙައްދުގެ މަގު ހެދުން: ދުވާރުގެ ބޮޑުބައެއް ނިމި، މަސައްކަތް މިހަފްތާގައި ނިންމަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ހަފްތާ ago
SHARE

މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ދުވާރު ހެދުމުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ދަށުން، އިމާރާތްތައް ހުރި ފަރާތުގެ ކޭބަލް އެޅުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މަގުގެ އިމާރާތްތަކާ ވީ ފަޅީގެ ދުވާރު ހެދުމުގެ 85 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މި ހަފްތާގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

މަގު ފުޅާކުރުމަށްޓަކައި ފަޅުން ބައެއް ހިއްކުމުގެ މަސައްކަތާއި، އެންކަރ ބްލޮކް އިންސްޓޯލް ކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ބާރުސްޕީޑެއްގައި ކުރިއަށެވެ. މީގެ އިތުރުން، ފެން ހިންދާ ނިޒާމުގެ 45 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ކޭބަލް ޖަންކްޝަންތައް ހެދުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

މި މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީ ކުރާނެއެވެ. އަދި އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި، މަގު ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މުޅި މަޝްރޫޢަކީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް 1088 މީޓަރުގެ ސަރަޙައްދެކެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ސަރުކާރުގެ އަމާޒަކީ މި މަސައްކަތުގެ ސަބަބުން މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަކޮށް، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ރައްޔިތުންނަށް ހޯދައިދިނުމެވެ. މަޝްރޫޢު ނިމުމުން އެ ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައިވާ ޒަމާނީ ސަރަޙައްދަކަށް ވެގެންދާނެއެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި، އާންމުންނަށް މަގު ހުޅުވާލުން ކަމަށެވެ.

މޯލްޑިވްސް 2.0 އާއެކު ޚިދުމަތް އަވަސްކުރުމަށް އެކި ފަރާތްތަކަށް ގުޅައިގެން އާދޭސްކުރުން ނިމޭނެ : ވަޒީރު އިޙްސާން
ރ. އިންނަމާދޫގައި ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބަހައްޓަނީ
އަންނައަހަރު ތަޢުލީމްގެ ނިޒާމުގައި އަޚްލާޤާއި ތަރުބިއްޔަތަށް ޚާއްސަ އިސްކަމެއް ދެނީ
ބޮޑު އީދުގެ ކުލަގަދަ ހަރަކާތްތައް މާފުށީގައި ބާއްވަން ތައްޔާރުވެއްޖެ
އަތޮޅުތެރޭގެ ޑްރަގް އޮޕަރޭޝަންތަކުން އެންމެ ގިނަ ބަނގުރާ އަތުލީ މާފުށިން: ފުލުހުން
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?