The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ރާއްޖޭގެ ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެ ”ރެޑް އެލާޓް“ އަށް

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 ހަފްތާ ago
SHARE

ރާއްޖޭގެ ބޮޑު ސަރަޙައްދެއްގައި ދުރު ފެންނަ މިންވަރު ދަށްވެ، އާންމު ސިއްޙަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ހާމަކުރައްވައިފިއެވެ.

މެޓް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކުގައި ވައިގެ ނުސާފުކަން ހުރީ ސިއްޙަތަށް ނުރައްކާވާ ފަދަ މިންވަރެއްގައެވެ. މިކަމާ ގުޅިގެން ރާއްޖޭގެ ވައިގެ ކޮލިޓީ މިހާރު ވަނީ ”ރެޑް އެލާޓް“ މިންގަނޑަށް އަރާފައެވެ. ކުރިއަށް އޮތް 6 ގަޑިއިރުވެސް ވައިގެ ނުސާފުކަން ނުރައްކާތެރި މިންވަރެއްގައި ހުންނާނެ ކަމަށް ލަފާކުރެވޭތީ، ސިއްޙީ އެއްވެސް މައްސަލައެއް ނެތް ފަރާތްތަކުންވެސް މިއަދު ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ވައިގެ ފެންވަރު ބަލާ މިންގަނޑުތަކަށް ބަލާއިރު، ވިލިމާލޭގައި ހުންނަ އެއަރ ކޮލިޓީ މޮނީޓަރިންގ ސިސްޓަމުން ދައްކާގޮތުގައި މާލެ ސަރަޙައްދުގެ ވައިގެ ނުސާފުކަން ހުރީ 193 ގައެވެ. އަދި ދ. ކުޑަހުވަދޫގައި ހުންނަ ސިސްޓަމުން ދައްކާގޮތުގައި އެ ސަރަޙައްދުގެ ވައިގެ ކޮލިޓީ ހުރީ 162 ގައެވެ. މި އަދަދުތަކަކީ އާންމު ސިއްޙަތަށް ނުރައްކާވާ މިންވަރެއްކަން ފާހަގަކުރެވެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ވައި މިގޮތަށް ނުސާފުވާން ދިމާވަނީ އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން ވައިގެ މަގުން އަންނަ ފުސްދުމުގެ ސަބަބުން ކަމަށެވެ. މިއީ ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމުގައި ރާއްޖެއަށް ކުރިމަތިވާ މައްސަލައެކެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާ ގޮތުގައި، ދުރު ފެންނަ މިންވަރު ރަނގަޅުވެ ވައި ސާފުވާން ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ފަހުންނެވެ. އެހެންކަމުން، ބޭރަށް ނުކުމެ އުޅޭއިރު މާސްކު އެޅުމަށާއި، ކޮންމެހެން ކުރަންޖެހޭ ކަންކަމުގައި ނޫނީ ބޭރުގައި ގިނަވަގުތު ހޭދަނުކުރުމަށް ސިއްޙީ މާހިރުންވެސް އިރުޝާދު ދެއްވައެވެ.

ހަލާލް ޓޫރިޒްމަށް ރިސޯޓް ތަރައްޤީ ކުރާ 5 އަތޮޅު އިއުލާންކޮށްފި
ޗައިނާއިންދޭ 85 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފި
ތާރީޚީ ކާމިޔާބީއެއް: ދަރުމަވަންތައިގައި ފުރަތަމަ ފަހަރަށް އައިވީއެފް ފުރިހަމަކުރި ދެމަފިރިންނަށް ދަރިއަކު ލިބިއްޖެ
ރައީސްގެ ދެކަނބަލުންނަށް ދުވާފަރުން ހޫނު މަރުޙަބާއެއް
ޙައްޖު ދުވަހާއި ޢީދާ ގުޅިގެން ބަންދުވާނީ މިހާރުވެސް ކަލަންޑަރުގައި ކަނޑައަޅާފައިވާ ދުވަސްތައް!
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?