The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އިލޮން މަސްކްގެ ’ގްރޮކް‘ އޭއައި އިން ބަދުއަޚުލާގީ ފޮޓޯ އުފައްދާތީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ފާޑުކިޔުން އަމާޒުވެއްޖެ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 މަސް ago
SHARE

އިލޮން މަސްކުގެ އޭއައި ކުންފުނި، ”އެކްސްއޭއައި“ އިން ތައާރަފުކުރި ”ގްރޮކް“ އޭއައިގެ އައު ފީޗާއެއް ބޭނުންކޮށްގެން އަންހެނުންނާއި ކުޑަކުދިންގެ ފޮޓޯތަކަށް ބޭއަދަބީ ބަދަލުތައް ގެންނަ މައްސަލައިގައި ބައިނަލްއަގުވާމީ ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފަށައިފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް ”އެކްސް“ ގައި ތައާރަފުކުރި މި ”އެޑިޓް އިމޭޖް“ ފީޗާ ބޭނުންކޮށްގެން، ފޮޓޯތަކުގައި ހުންނަ ހެދުން ބަދަލުކުރުމާއި، ބޭއަދަބީ ސިފަތަކަށް ފޮޓޯތައް ބަދަލުކުރެވޭ ކަމުގެ ޝަކުވާތައް ދުނިޔޭގެ އެކި ގައުމުތަކުން ދަނީ ކުރަމުންނެވެ. މިގޮތުން ފަރަންސޭސިވިލާތް، އިންޑިއާ އަދި މެލޭޝިއާ ފަދަ ގައުމުތަކުން މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނި ގޮތުގައި، މި ފީޗާ މެދުވެރިކޮށް ކުޑަކުދިންގެ ބޭއަދަބީ ތަސްވީރުތައް އުފެއްދުމަކީ ގާނޫނާ ހިލާފު އަދި އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އިނގިރޭސިވިލާތުގެ މުވާސަލާތީ ރެގިއުލޭޓަރު ”އޮފްކޮމް“ އިން ވެސް ވަނީ މި މައްސަލައިގައި ”އެކްސް“ އާއި ”އެކްސްއޭއައި“ އާ ސުވާލުކޮށް، އަންހެނުންނާއި ކުޑަކުދިން ރައްކާތެރިކުރުމަށް އެޅި ފިޔަވަޅުތަކާ ގުޅޭގޮތުން ތަހުގީގެއް ފަށާފައެވެ.

މި މައްސަލައިގައި އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، އެޝްލީ ސެއިންޓް ކްލެއާ ނަމަކަށް ކިޔާ މީހަކު ވަނީ އޭނާގެ ދަރިފުޅުގެ ފޮޓޯއެއް މި އޭއައި ބޭނުންކޮށްގެން ނުރަނގަޅު ގޮތަކަށް ބަދަލުކޮށްފައިވާ ކަމަށް ބުނެފައެވެ. އޭނާ ވަނީ މިއީ ވަރަށް ބިރުވެރި އަދި ގާނޫނާ ހިލާފު އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ފާޑުކިޔުންތަކާ ގުޅިގެން ”އެކްސްއޭއައި“ އިން ފުރަތަމަ މިކަމަށް އިންކާރު ކުރި ނަމަވެސް، ފަހުން ވަނީ އެ ފީޗާގައި މައްސަލަތަކެއް ހުރިކަމަށް އެއްބަސްވެފައެވެ. އަދި މިހާރު އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަދަ ތަސްވީރުތައް އުފެއްދުމަކީ މަނާ ކަމެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި މައްސަލައިގައި ގައުމުތަކުން ދަނީ ގާނޫނީ ފިޔަވަޅުތައް އަޅަމުންނެވެ. ފަރަންސޭސިވިލާތުގެ ޕްރޮސެކިއުޓަރުން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، އިންޑިއާ ސަރުކާރުން ވަނީ 72 ގަޑިއިރު ތެރޭގައި އެފަދަ ކޮންޓެންޓްތައް ނައްތާލުމަށް އަމުރުކޮށްފައެވެ. މެލޭޝިއާގެ ކޮމިއުނިކޭޝަންސް ކޮމިޝަނުން ވެސް ވަނީ ”އެކްސް“ ގެ މަންދޫބުން ހާޒިރުކުރުމަށް ނިންމާފައެވެ.

މީގެ ކުރިން ވެސް ”ގްރޮކް“ އޭއައި އިން ވަނީ ޣައްޒާ ހަނގުރާމައާއި، އިންޑިއާ-ޕާކިސްތާން ކުރިމަތިލުންތަކާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރާފައިވާތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، މި ހާދިސާއިން ދޭހަވަނީ އޭއައިގެ ރައްކާތެރިކަމާ މެދު ހަރުދަނާ ގާނޫނުތަކެއް ބޭނުންވާ ކަމެވެ.

ނައިފަރު ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ފުލުހުން ހޯދައިފި
އުރީދޫ ފަންރަންގައި ކަޔާނޯ އާއި ޓެރެފިކް ޖޭމްގެ މެންބަރުން ސޮއިކުރި ޓީޝާޓު ދެނީ!
ބޮޑެތި ޑިސްކައުންޓްތަކާއި އެކު ކައިލާން ޓްރެންޑްސްގެ އަހަރީ ސޭލް ފަށައިފި!
ހަލާލް ޓޫރިޒްމަށް ރިސޯޓް ތަރައްޤީ ކުރާ 5 އަތޮޅު އިއުލާންކޮށްފި
އަހަރެން އެދެނީ ސަލާހު ކުލަބުގައި މަޑުކުރަން: ވެންޑައިކް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?