The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާޙައުލަށް ތައްޔާރުކުރުމުގެ ޕްރޮގްރާމްގެ ފުރުޞަތު ހުޅުވާލައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 ހަފްތާ ago
SHARE

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާޙައުލަށް ތައްޔާރުކުރުމަށްޓަކައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ ”ޖޮބް ރެޑިނަސް“ ޕްރޮގްރާމްގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމަޢު ބަލައިގަންނަ، އަދި ހަމަހަމަ ފުރުޞަތުތަކެއް ލިބިފައިވާ ބަޔަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން ނުކުޅެދުންތެރިކަން ހުންނަ 350 އަށްވުރެ ގިނަ ފަރާތްތަކަށް ވަނީ ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ވަޒީފާގެ މާޙައުލުގައި އަމަލުތައް ބަހައްޓާނެ ގޮތާއި، އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާއި، މަސައްކަތުގެ މާޙައުލަށް ބޭނުންވާ ޢާއްމު ހުނަރުތަކަށް ބައިވެރިން އަހުލުވެރިކުރުވުން މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށްދާނެއެވެ.

ސަރުކާރުން އަންނަނީ ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް މިފަދަ ފަރާތްތަކަށް ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ފަހިކޮށްދެމުންނެވެ. އެގޮތުން އެމްޕީއެލް، ސްޓެލްކޯ އަދި ސަރުކާރު ހިއްސާވާ އެހެނިހެން ކުންފުނިތަކުން ދަނީ އެކި ދާއިރާތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދެމުންނެވެ.

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެ ވުޒާރާގެ ސޯޝަލް މީޑިއާ މަންސަތަކުގައި ޝާއިޢުކޮށްފައިވާ ލިންކް ނުވަތަ ކިއު އާރް ކޯޑް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 12 ވަނަ ދުވަހެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ޕްރޮގްރާމްތަކުގެ އެހީގައި ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކީވެސް އަމިއްލަ ފައިމައްޗަށް ތެދުވެ، މުޖުތަމަޢުގައި އަބުރުވެރި ދިރިއުޅުމެއް އުޅޭ މީހަކަށް ހެދުމެވެ.

ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ތައުޒިޔާ ފޮނުއްވައިފި
250 ދިވެހި ތެރަޕިސްޓުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވަން ރައީސް ނިންމަވައިފި
މާލޭ ގެއެއް ބަަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
ހައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓު ތަޢާރަފްކޮށްފި
ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ޝަންގްރިއްލާ އަލުން ހުޅުވައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?