The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ދުންފުނީގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެ، ވައިގެ ދަތުރުފަތުރުގެ އުސޫލުތަކަށް ބަދަލު ގެނެސްފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
5 ދުވަސް ago
SHARE

ދުންފުހުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެފައިވާތީ މަތިންދާ ބޯޓު ދަތުރު ކުރުމުގައި ޢަމަލުކުރާ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.މި ދުވަސްވަރު ރާއްޖެ ސަރަހައްދަށް ދުންފުހުގެ އަސަރު ކުރަމުން ދިއުމާއެކު، ދުރު ފެންނަ މިންވަރު ވަނީ ދަށްވެފައެވެ.

ރާއްޖޭގެ މައި ވައިގެ ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ނެރުނު ބަޔާނުގައި ވިދާޅުވީ، ވައި ނުސާފުވެ ނުވަތަ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެއްޖެނަމަ ހެދިފައިވާ ޤަވާއިދުތަކާ އެއްގޮތަށް މަތިންދާ ބޯޓު ދަތުރު ކުރުމުގައި އިތުރަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ ކަމަށެވެ. މި ހާލަތުގައި މިފަދަ ފިޔަވަޅުތައް ތަންފީޒު ކުރުމަކީ ރާއްޖޭގެ ވައިގެ ނިއަމި ކަމުގެ ޚިދުމަތް ދޭން ޙަވާލު ކޮށްފައިވާ ފަރާތުގެ ހައިސިއްޔަތުން އެކުންފުނިން ކުރުން ލާޒިމް ކަމެއް ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ. އަދި މިއީ އަބަދުވެސް މިފަދަ ހާލަތެއް މެދުވެރިވާ ހިނދު އަމަލު ކުރާ އުސޫލުކަންވެސް އެކުންފުނިން ފާހަގަކުރިއެވެ.

މި ދުވަސްވަރަކީ، ދުންފުހުގެ އަސަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކުރަމުންދާ ދުވަސްވަރެއް ކަމުން އެމްއޭސީއެލްއިން އަޅާފައިވާ އެއް ފިޔަވަޅަކީ ބަލައިގެން ދުއްވާ ޤަވާއިދު ނުވަތަ ވިޝުއަލް ފްލައިޓް ރޫލްސް (ވީއެފްއާރު) ވަގުތީ ގޮތުން މަޑުޖައްސާލުމެވެ. އޭގެ ބަދަލުގައި އިތުރު އެހީތެރިކަން ލިބޭނެ ގޮތަކަށް ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް (އެސްވީއެފްއާރު) އަށް ދަތުރު ކުރަން މިހާރު ވަނީ އަނގާފައެވެ. މި ޤަވާއިދަށް ޢަމަލު ކުރާނީ، ދުރު ފެންނަ މިންވަރު 5 ކިލޯމީޓަރަށްވުރެ ދަށްވާ ހާލަތްތަކުގައި ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ

އެމްއޭސީއެލްއިން ވިދާޅުވީ، އެސްވީއެފްއާރު ބޭނުން ކޮށްގެން ދަތުރު ކުރުމަށް މަތިންދާ ބޯޓުތަކަށް އެންގުމަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤަވާއިދުތަކާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، މީގެ ކުރިންވެސް އަމަލު ކުރަމުން ދިޔަ އުސޫލެއް ކަމަށެވެ.

އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ، ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ދަތުރުތައް ކުރާ ހުރިހާ އެއާލައިންތަކާއި، ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމާއެކު އެންމެ މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަަށް ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މިދިޔަ ބުދަ ދުވަހަކީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެންމެ ބޮޑަށް ވައިގެ ނުސާފުކަން ނުވަތަ ދުންފުހުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ދުވަހެވެ. އެދުވަހު ދުރު ފެންނަ މިންވަރު 1.5 ކިލޯމީޓަރަށް ދަށަށް ދިޔަ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. ނަމަވެސް މިވޭތުވެ ދިޔަ ދެ ދުވަހު ރާއްޖެ ސަރަހައްދުގައި ދުރުފެންނަ މިންވަރު ހުރީ 2 ކިލޯ މީޓަރުގައި ކަމަށް މެޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އެއިދާރާއިން ލަފާކުރާ ގޮތުގައި އާދީއްތަ ދުވަހުން ފެށިގެން މިހާލަތު މިއަށްވުރެ ރަނގަޅު ވާނެއެވެ.

ރާއްޖޭގެ ސަރަހައްދަށް ދުރު ފެންނަ މިންވަރު ދަށްވާ ގަޑިތަކުގައި ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ޢިލްތިމާސްކޮށްފައެވެ. އަދި ދުންފުހުގެ އަސަރު ހުރުމާއެކު ޞިއްޙީ ގޮތުން ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތައް ބޭރުގައި އުޅޭއިރު މާސްކް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ޢިލްތިމާސް ކުރެއެވެ.

މާލޭ ގެއެއްގައި ދެ ލޯބިވެރިންގެ ދެމެދު މާރާމާރީއެއް ހިނގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފި
މާލޭ ސިޓީ މޭޔަރު ރައްޔިތުންނަށް އޮޅުވާލައްވަނީ ކަމަށް ޑެޕިއުޓީ މޭޔަރު ތުހުމަތުކުރައްވައިފި
މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިލިއަނަކާ ގާތަށް
ރާއްޖޭގެ މުސްތަޤްބަލް ބިނާކުރަނީ ހާމަކަމާއި ނަޒާހާތްތެރިކަމާއެކު: ރައީސް މުޢިއްޒު
ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ތައުޒިޔާ ފޮނުއްވައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?