The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ޝަމާޙުއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 ދުވަސް ago
SHARE

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން އިއްޔެ ވަކިކުރި އަޙްމަދު ޝަމާޙް ރަޝީދުގެ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީއަށް ހުށަހަޅައިފިއެވެ.ޝަމާޙްގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާއިރު، އެފަދަ މައްސަލައެއް ހުށަހެޅިފައިވާކަން އެކޮމިޝަނުން ވަނީ ޔަޤީންކޮށްދެއްވާފައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަން ކޮށްފައިވާ މީހެއްގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާކަން ކަށަވަރުކޮށްދިން ނަމަވެސް އެކަމާ ގުޅޭ އެކަމުގެ ތަފްޞީލް ހާމަކޮށްފައި ނުވެއެވެ.ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރެއްގެ މައްޗަށް ކޮރަޕްޝަން މައްސަލައެއް ތުހުމަތުކޮށް އޭސީސީއަށް ހުށަހަޅާފައިވާއިރު، އެކުންފުނީގެ އެމްޑީ ކަމުގައި ހުންނެވި އަޙްމަދު ޝަމާޙް ރަޝީދު ކުންފުނީގެ ބޯޑު މެންބަރު ކަމުންނާއި މެނޭޖިންގ ޑިރެކްޓަރުކަމުން ވަކިކޮށްފައިވާކަމަށް ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޯޑުން އިއްޔެެ ވަނީ ވިދާޅުވެފައެވެ.

މަޤާމަށް އައްޔަން ކުރިތާ 4 މަސް ފަހުން ޝަމާހު މަޤާމުން ވަކިކޮށްފައިވާއިރު އޭނާގެ އޯޑިއޯއެއް ކަމަށް ތުހުމަތު ކުރެވޭ އޯޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި އޯޑިއޯގައި ދެމީހެއްގެ އަޑު އިވޭއިރު، އެކަކީ ޝަމާހް ކަމަށް ތުހުމަތުކުރެއެވެ. އެ އޯޑިއޯގައި ހާ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރަމުންދާ ކަމުގެ ވާހަކަތަކެއް ދައްކާ އަޑުއިވެެވެ. ޝަމާހް ވަނީ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އޯޑިއޯ އަކީ އަސްލެއް ނޫން ކަމަށް ބުނެފައެވެ.

ޝަމާޙް މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް މީސްމީޑިއާގައި އަމާޒުވެފައިވާއިރު، މީގެ ކުރިން މިފްކޯގެ ސީއީއޯ ކަމުގެ މަޤާމު އަދާކުރަމުން ދަނިކޮށް، އޭރު ފެންމަތިވި ބައެއް މައްސަލަތަކާއި ގުޅިގެން މަޤާމުގެ މަސްއޫލިއްޔަތަކުން އޭނާ ދުރުކޮށްފައިވެއެވެ. އޭގެ ފަހުން އޭނާ ވަނީ އެ މަޤާމުން ވަކިކޮށްފައެވެ. ޝަމާޙު މިފްކޯގައި ހުރި އިރު ކޮރަޕްޝަން ހިންގިކަމަށް ތުހުމަތުކުރާ މައްސަލަތަކެއްވެސް އޭސީސީއަށް ވަނީ ހުށަހަޅާފައެވެ. ޝަމާހް މަޤާމުން ވަކިކުރުމާއެކު ސްޓެލްކޯގެ ހިންގުން ވަގުތީ ގޮތުން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރާ ވަނީ ހަވާލުކޮށްފައެވެ.

ޓެކްސީގެ ދަތިތައް ޙައްލުކޮށް، ޚިދުމަތް ހަރުދަނާކުރުމަށް ރައީސް މުޢިއްޒު ޑްރައިވަރުންނާ ބައްދަލުކުރައްވައިފި
ކޮންމެ އަތޮޅެއްގައިވެސް މަދުވެގެން އެއް ޑަޔަލިސިސް ސެންޓަރު ބެހައްޓަނީ
ސްޓޭޓް ފާމަސޫޓިކަލް ކުންފުނީގެ ޗެއަރޕަރސަންގެ މަޤާމަށް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް
ވިލުފުށީ ބަނދަރުގައި އޮތް ދޯންޏެއްގައި ރޯވެ، ދެ މީހަކު ފިހިއްޖެ
ފުވައްމުލަކުގައި ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެއް ޤާއިމްކުރަނީ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?