The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 90،000 އާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ދުވަސް ago
SHARE

މިއަހަރުގެ ފެށުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް ކާމިޔާބުކޮށް ފެށިފައިވާއިރު، އަހަރުގެ ފުރަތަމަ 12 ދުވަހުގެ ތެރޭގައި ރާއްޖެއަށް 85،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.01 އިންސައްތައިގެ ކުރިއެރުމެކެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 85،591 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 77،727 ފަތުރުވެރިންނެވެ. މިމަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އެއްދުވަހެއްގެ ތެރޭގައި ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 9،596 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތައް
މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ފަސް ގައުމުގެ ތެރޭގައި ހިމެނެނީ:
1. ރަޝިއާ: 15،430 ފަތުރުވެރިން
2. އިޓަލީވިލާތް: 10،833 ފަތުރުވެރިން
3. އިނގިރޭސިވިލާތް: 6،729 ފަތުރުވެރިން
4. ޖަރުމަނުވިލާތް: 5،098 ފަތުރުވެރިން
5. ޗައިނާ: 4،070 ފަތުރުވެރިން

ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 7،000 އެއްހާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. މީގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ 59،250 ފަތުރުވެރިން ނުވަތަ ޖުމްލަ ފަތުރުވެރިންގެ 69.2 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އެއީ 21،761 ފަތުރުވެރިން (25.4 އިންސައްތަ) އެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،339 ތަނެއް ހުޅުވާފައިވާއިރު، މީގެ ތެރޭގައި ޖުމްލަ 67،664 އެނދު ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރާ ހަމައަށް ފަތުރުވެރިކަމުގެ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް 6،665 އެނދު ވަނީ ހިދުމަތަށް ނެރެފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، މި ސަރުކާރުން ވަނީ ފަތުރުވެރިކަން ކުރިއަރާފައި ނެތް އަތޮޅުތަކުގައި މި ސިނާއަތް ތަރައްގީކުރުމަށް އިތުރު ތަންތަން ހަވާލުކޮށް، ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ.

ތައިލެންޑުގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި
ވިޔަފާރިތަކަށް އަލީބާބާ ވެބްސައިޓް މެދުވެރިކޮށް މުދާ ވިއްކޭނެ ގޮތް ހަމަޖައްސައިފި!
ރައީސުލްޖުމްހޫރިއްޔާ މީލާދީ އައު އަހަރުގެ ތަހުނިޔާ ބޭރު ޤައުމުތަކަށް ފޮނުއްވައިފި
ޗޮކްލެޓް ސިރަޕް ފުޅީގައި މަސްތުވާތަކެތި އެތެރެކުރި ކުންފުނީގެ ވެރިޔާ އިތުރު 15 ދުވަހަށް ބަންދުކޮށްފި
ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމަަށް ވިޒާއަށް އެދެން ހުޅުވާލައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?