The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ފަރިތަކުރުންތަކަށް ކުޅުންތެރިން ނާންނާތީ ނަޒީހުގެ ކަންބޮޑުވުން އިންތިހާއަށް

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ދުވަސް ago
SHARE

ޓީމުން ބާއްވާ ފަރިތަކުރުންތަކަށް ކުޅުންތެރިން ބަރާބަރަށް ނާންނާތީ ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުޙައްމަދު ނަޒީހު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް އީގަލްސް އަތުން ބަލިވި މެޗަށްފަހު މީޑިއާއާ ވާހަކަދައްކަމުން ނަޒީހު ބުނީ، މެޗުން ބަލިވީ ”ކޮންމެހެން ޕްރެޝަރ“ ބޮޑުވެގެން ނޫން ކަމަށާއި މީގައި އުޅެނީ ރަނގަޅަށް ފަރިތަކުރުންތައް ކުރިއަށް ނުގެންދެވުމުގެ މައްސަލަ ކަމަށެވެ.ޔޫވީގެ އެތެރޭގެ ހާލަތަށް ބަލާފައި ޖުމްލަ ގޮތެއްގައި ކުޅުންތެރިން މެޗުގައި ދެއްކި ކުޅުން ގޯސް ނޫން ކަމަށާއި ސަބަބަކީ ޓީމުގެ ކުޅުންތެރިން ފަރުވާތެރިކަމާއެކު ފަރިތަކުރުންތަކަށް ނައުން ކަމަށެވެ.

”މެޗުގެ ފުރަތަމަ 11 ގައި އެބަ ހިމެނޭ ދެ ކުއްޖަކު އެންމެ ޓްރެއިނިން އެއް ހަދާފަ. ޓްރެއިނިން ލެކް ވުމަކީ ބައިވަރު މައްސަލަ ނުކުންނާނެ ކަމެއް. މިއީ ޓެކްނިކަލީ އެހާ ވައިސް ޕްލެޔަރުންނެއް ނޫން. މިއީ ހަމަ ރަނގަޅު ހުރިހާ ޓީމަކުން ޕްލެޔަރުން ނަގާފައި ބާކީ ތިބި ޕްލެޔަރުންނޭ ބުންޏަސް އެއީ އެމީހުންނަށް ބުނެވޭ ބުރަ ބަހަކަށް ނުވާނެ ހަގީގަތުގައި. އެއީ ނަތީޖާތަކުން ފެންނަނީ އެ މަންޒަރު“. ފަރިތަކުރުންތަކަށް ކުޅުންތެރިން ގަވައިދުން ނައުމުގެ ކަންބޮޑުވުން ފާޅުކޮށް ނަޒީޙް ބުންޏެވެ.

ޔޫވީގެ ހަގީގީ މަޤްސަދަކީ ރެލިގޭޓް ނުވެ ލީގު ނިންމާލުންކަން ފާހަގަކޮށް ނަޒީޙް ބުނީ، އަދިވެސް އެ މަގްސަދު ހާސިލްކުރެވޭނެ ކަމަށެވެ.

ޔޫވީގެ މަގްސަދަކީ ރެލިގޭޓްނުވެ ސަލާމަތްވުންކަމަށް ނަޒީޙް ބުނިއިރު، ލީގު ތާވަލުގައި، މިހާތަނަށް ހުރިހާ ޓީމަކުން ވެސް 14 މެޗު ކުޅުނުއިރު ޔޫވީ އޮތީ ފުލުގައެވެ. ޔޫވީން ކުޅުނު 14 މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. ރެލިގޭޝަން ޒޯނުގައި ޔޫވީއާއެކު މިވަގުތު އޮތް ވެލެންސިއާއަށް 8 ޕޮއިންޓު ލިބިފައިވާއިރު ރެލިގޭޝަން ޕްލޭއޮފްގައި ކުޅެންޖެހޭ ދެ މަގާމުގައި މިވަގުތު އޮތް ކްލަބް ގްރީން ސްޓްރީޓްސްއަށް ވެސް 8 ޕޮއިންޓް އަދި ޓީސީއަށް ނުވަ ޕޮއިންޓު ލިބިފައިވެއެވެ.

ޕްލޭއޮފް އިން ގާތްގަނޑަކަށް ސަލާމަތްވެފައި އޮތް ވިކްޓްރީން ތާވަލުގެ ހަވަނައިގައި އޮތީ 20 ޕޮއިންޓާއެކުއެވެ. ފަސްވަނައިގައި އޮތް ކްލަބް އީގަލްސްއަށް ވަނީ 22 ޕޮއިންޓު ލިބިފައެވެ.

ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ ހަތަރު މެޗު އޮތްއިރު، ކުރިއަށް އޮތް ހަތަރު މެޗު ކާމިޔާބުކޮށްގެން ވެސް ޔޫވީއަށް ލިބޭނީ ޖުމްލަ 19 ޕޮއިންޓެވެ.

ލީގުގައި ޔޫވީއަށް ކުރިއަށް އޮތީ މި މަހުގެ 16 ވަނަ ދުވަހު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން އޮތް މެޗާއި 23 ވަނަ ދުވަހު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ އިތުރުން 30 ވަނަ ދުވަހު ވެލެންސިއާ އާ ދެކޮޅަށް ކުޅެން އޮތް މެޗު އަދި ފެބްރުވަރީ 4 ވަނަ ދުވަހު ވިކްޓްރީއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

ކާރު އެކްސިޑެންޓެއްގައި ލިވަޕޫލްގެ ޖޮޓާ މަރުވެއްޖެ
ވޯލްޑްކަޕް ޗެމްޕިއަން ޓީމަށް 50 މިލިއަން ޑޮލަރުގެ އިނާމެއް!
ކާވާ ކަޕް 2025 ފައިނަލަށް ދިވެހި އަންހެން ވޮލީބޯޅަ ޓީމު ދަތުރުކުރުމަކީ ބޮޑު ފަޚުރެއް : ރައީސް މުޢިއްޒު
ލިވަޕޫލްގެ އެންމެ އަގުބޮޑު ކުޅުންތެރިޔަކަށް ޖަރުމަނުގެ ފްރޯރިއަން ވާޓްޒް!
ފަހުވަގުތު ނިއު ބަލިކޮށް، ފައިނަލުގެ ދެވަނަ ޖާގަ އޮޑި އަށް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?