The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އައްޑޫގެ ”ސްކޫޕު“ ގްރޫޕަކީ ގޭންގެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް ހައިކޯޓަށް ހުށަހަޅައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
9 ގަޑިއިރު ago
SHARE

އައްޑޫ ސިޓީ ހިތަދޫގައި ހަރަކާތްތެރިވާ ”ސްކޫޕު“ ގްރޫޕަކީ އިންތިޒާމުވެގެން ކުށްކުރާ ގްރޫޕެއް (ގޭންގެއް) ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، ”ސްކޫޕު“ ނުވަތަ ”ސްކޫޕު ކަންމަތި“ ނުވަތަ ”SKP“ ގެ ނަމުގައި ހަރަކާތްތެރިވާ މި ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ގޭންގެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދި ފުލުހުން އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ހުށަހެޅި ހެކިތަކާއި މައުލޫމާތުތަކަށް ބަލާއިރު، އެ ގްރޫޕަކީ ގާނޫނުގައި ބަޔާންކުރާ ގޭންގެއްގެ ޝަރުތުތައް ފުރިހަމަވާ، މިހާރުވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ”އެކްޓިވް“ ގްރޫޕެއްކަން ސާބިތުވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި މައްސަލައިގައި ޕީޖީ އޮފީހުން ހައިކޯޓުގައި އެދިފައިވަނީ:

”ސްކޫޕު“ ގްރޫޕަކީ އިންތިޒާމުވެގެން ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅައިދިނުން.
އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ފާހަގަކުރެވޭ 9 މީހަކީ އެ ގްރޫޕްގެ މެންބަރުން ކަމަށް ކަނޑައަޅައިދިނުން.
އެ ގްރޫޕާ ގުޅުން އޮތް ކަމަށް ބެލެވޭ ”އެސް ކޭ ޕީ ސްޕޯޓްސް ކްލަބް“ އުވާލުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކޮށްދިނުން.
އައްޑޫ ސިޓީގެ އެކި ތަންތަނުގައި ލިޔެފައިވާ އެ ގްރޫޕްގެ ނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުން.

މިއީ ގޭންގުތަކާ ބެހޭ ގާނޫނުގެ ދަށުން، ވަކި ގްރޫޕަކީ ”ގޭންގެއް“ ކަމަށް ކަނޑައަޅައިދިނުމަށް އެދި ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލައެވެ. މީގެ ކުރިން ފުލުހުން މިފަދަ އެހެން މައްސަލައެއް ހުށަހެޅި ނަމަވެސް، އެކަށީގެންވާ ވަރަށް ތަހުގީގު ފުރިހަމަވެފައި ނުވާތީ ޕީޖީ އޮފީހުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ”އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް“ އަކީ ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން މާލީ ނުވަތަ މާއްދީ މަންފާ ހޯދުމަށް މަސައްކަތްކުރާ، ތިން މީހުންނަށްވުރެ ގިނަ މީހުން ހިމެނޭ ގްރޫޕްތަކެވެ.

ޕީޖީ އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގައި ގޭންގު ކުށްތައް ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ގްރޫޕްތަކާމެދު ގާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

އިންތިހާބާ ދިމާކޮށް ކޮރަޕްޝަންގެ އަމަލެއްގެ މައުލުމާތު ލިބިއްޖެނަމަ ރިޕޯޓްކުރުމަށް އިލްތިމާސްކޮށްފި
ޢުމްރާގެ އަޅުކަމަށްދިޔަ ދިވެހި އަންހެނަކު ހާޅު ދެރަވެ ރާއްޖެ ގެނެސް ފަރުވާދޭން ފަށައިފި
މަކަރާ ހީލަތުން ފައިސާ ހޯދުމަށްފަހު ޖެމްކިއު ހުއްޓާލައިފި
ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި ފާނަ ޕްރޮސެސްކުރާ ފެސިލިޓީއެއް ހިމެނޭގޮތަށް މަސްކިރުވާ ބަނދަރެއް
ހަލާލް ޓޫރިޒްމަށް ރިސޯޓް ތަރައްޤީ ކުރާ 5 އަތޮޅު އިއުލާންކޮށްފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?