The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ބޮޑު ތަރުހީބަކާއެކު ސަރުކާރުގެ ޓެކްސީ ލައިންއަށް ޑްރައިވަރުން ހޮވާ ވޯކް-އިން-އިންޓަވިއު ކުރިއަށް

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 މަސް ago
SHARE

ސަރުކާރުން އަލަށް ތައާރަފުކުރާ ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް މިއަދު ކުރިއަށްގެންދާ ވޯކް-އިން-އިންޓަވިއުއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮޖެކްޓް ހިންގުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި ޚިދުމަތަށް ޖުމްލަ 407 ޑްރައިވަރުން ބޭނުންވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފުލްޓައިމްކޮށް މަސައްކަތްކުރާނެ 285 ޑްރައިވަރުންނާއި ޕާޓްޓައިމްކޮށް މަސައްކަތްކުރާނެ 122 ޑްރައިވަރުންނެވެ.

މާފަންނު ބަސް ޓާމިނަލުގައި މިއަދު ހެނދުނު 10:00 އިން ފެށިގެން ކުރިއަށްދާ މި އިންޓަވިއުތަކުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު އަންނަމުންދާކަން އެމްޓީސީސީން ފާހަގަކުރައްވައެވެ. މި އިންޓަވިއުތައް މިރޭ 18:00 އާ ހަމައަށް ކުރިއަށްދާނެއެވެ. އެ ކުންފުނިން ވިދާޅުވި ގޮތުގައި، ޑްރައިވަރުން ނެގުމުގައި މިހާރު ޓްރާންސްޕޯޓް މިނިސްޓްރީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އިސްކަންދޭނެއެވެ.

ސަރުކާރުން މިފަދަ ޓެކްސީ ލައިނެއް ގާއިމުކުރަން ނިންމެވީ، ޓެކްސީ ހޯދުމުގައި އާންމުންނަށް ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދީ، އިތުބާރު ހިފޭ ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ.

މި ޚިދުމަތް ދިނުމަށް ބޭނުންކުރާނީ ތިން ސައިޒެއްގެ އިލެކްޓްރޯނިކް (އީވީ) ކާރުތަކެކެވެ. މި ޚިދުމަތް ފެށުން ލަސްވަމުންދާ ސަބަބާ ގުޅޭގޮތުން ދަތުރުފަތުރާ ބެހޭ ވަޒީރު ވިދާޅުވީ، ރާއްޖޭގެ މާހައުލަކީ ކަނޑާ ކައިރި، ލޮނުގެ އަސަރު ބޮޑު ތަނަކަށް ވުމުން، އުޅަނދުތައް ގިނަ ދުވަހު ބޭނުންކުރެވޭނެ ގޮތަށް އުފެއްދުންތެރިން މެދުވެރިކޮށް ބައެއް ބަދަލުތައް ގެންނަން ޖެހިފައިވާ ކަމަށެވެ. އެ ބަދަލުތަކާއެކު އުޅަނދުތައް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ”އޫބާ“ އަދި ”ގްރޭބް“ ފަދަ އެޕްލިކޭޝަނެއް މެދުވެރިކޮށް ދޭން ނިންމާފައިވާ މި ޚިދުމަތަކީ 24 ގަޑިއިރު މެދުކެނޑުމެއްނެތި އާންމުންނަށް ލިބޭނެ ޚިދުމަތެކެވެ.

”އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް“ގެ ނަން ބަދަލުކުރައްވައިފި
ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގަން ރަސްމީކޮށް ހުއްދަ ދީފި
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސަނީ އުމަރުގެ ބަންދަށް 30 ދުވަސް!
އެމްޓީސީސީ އިން ތިން ރަށެއްގައި މަޝްރޫޢުތައް ހިންގަން އެއްބަސްވުމުގައި ސޮއިކޮށްފި
މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މާރުކޭޓް ސަރަޙައްދަށް ވަޑައިގެންފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?