The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

މި ސަރުކާރުން ފުރަތަމަ ދޫކުރާ ފްލެޓާއި ގޯއްޗަށް އެދެން މާދަމާ ހުޅުވާލަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 މަސް ago
SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެކަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މިއަދު އިޢުލާނުކޮށްފިއެވެ.

މިނިސްޓްރީން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ”ޢާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓާއި ގޯއްޗަށް އެދި މާދަމާއިން ފެށިގެން ހުށަހެޅޭނެ ކަމަށެވެ. މި މަޝްރޫއާ ގުޅޭ އިތުރު ތަފްސީލީ މަޢުލޫމާތުތައް މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން އާއްމުކުރަމުން ގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު ކުރިން ހުޅުވާލުމަށް ނިންމާފައި އޮތީ މި މަހުގެ 15 ވާ ބުދަ ދުވަހުއެވެ. ނަމަވެސް، މި ތާރީޚު މާދަމާއަށް ފަސްކުރަން ޖެހުނު ސަބަބެއް ކަމަށް ހައުސިން މިނިސްޓްރީން ބުނީ، މި މަޝްރޫއަށް ވަރަށް ގިނަ ބަޔަކު ކުރިމަތިލާނެ ކަމަށް ލަފާކުރެވޭތީ އާއި، ހަފްތާ ބަންދާ ދިމާކޮށް ހުޅުވާލުމުން ރައްޔިތުންނަށް ދޭން ބޭނުންވާ މަޢުލޫމާތު ދިނުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށް ބެލެވޭތީއެވެ.

”ޢާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމުގެ ދަށުން ގްރޭޓަ މާލެ ސަރަހައްދާއި އަލަށް ހިއްކާ ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ.

ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު:

  • މާލޭގެ ރަށްވެހިންނަށް: 4,000 ފްލެޓް
  • މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް: 1,500 ފްލެޓް
  • ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް: 2,400 ފްލެޓް

ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގޮތަކީ:

  • މާލޭގެ ރަށްވެހިންނަށް: 10,000 ގޯތި
  • މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް: 3,000 ގޯތި
  • މައިމުޅަވެފައިވާ މީހުންނަށް: 500 ގޯތި
  • މާލޭގެ ހަނި ގޯޅިތަކުގައި ދިރިއުޅޭ ފަރާތްތަކަށް: 1,500 ގޯތި

މިއީ ރައީސް މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފަށާ އެންމެ ބޮޑު އެއް މަޝްރޫއެވެ.

ޝަހީދު ޢަލީ ސްކޫލުގައި ދިރާސީ އައު އަހަރާއެކު ކިޔެވުން ފަށަނީ
ނައިބު ރައީސްގެ އަރިހަށް ޗައިނާ ސަފީރު، އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ސްރީލަންކާގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފި
ވީއައިއޭގެ އައު ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ ބޭނުންކުރަން ފަށައިފި
އައްޑޫގެ ’ސްކޫޕް‘ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިގެންފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?