The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ފްލެޓްއާ ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 މަސް ago
SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން، ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މި ސްކީމަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަޝްރޫޢެކެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. މި ސްކީމާ ގުޅޭ އުސޫލުތަކާއި، ޝަރުތުތައް އަދި މާކްސް ދޭނެ ގޮތުގެ ތަފްސީލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އިޢުލާނުކުރި މި ސްކީމުގެ ދަށުން، ގްރޭޓަރ މާލެ ސަރަހައްދާއި އަލަށް ހިއްކާ ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ:

  • މާލޭގެ ރަށްވެހިންނަށް: 10,000 ގޯތި
  • މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް: 3,000 ގޯތި
  • މައިމުޅަވެފައިވާ މީހުންނަށް: 500 ގޯތި
  • މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް: 1,500 ގޯތި

މީގެ އިތުރުން، މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ. މީގެ ތެރެއިން 4,000 ފްލެޓް މާލޭގެ ރަށްވެހިންނަށް ޚާއްޞަކުރެވިފައިވާއިރު، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ކަނޑައަޅާފައިވެއެވެ.

މިފަހަރުގެ ސްކީމްގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މުޅިން އަލަށް ޓެކްސީ ޑްރައިވަރުންނާއި، މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީތަކެއް ހިމަނާފައިވުމެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން، ދަރިން ތިބި މިންވަރަށް ބަލައި 3 ކޮޓަރީގެ ފްލެޓަށް އެދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.
ޝަރުތުތަކަށް ބަލާއިރު، މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް މި ސްކީމަށް ކުރިމަތިލެވޭނެއެވެ. މި މުއްދަތު ބަލާނީ 14 ޖެނުއަރީ 2026 ގެ ނިޔަލަށެވެ. ސަރުކާރުން ބުނެފައިވަނީ މިފަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ އެމީހެއްގެ އާމްދަނީއަށާއި ދިރިއުޅުމުގެ ޙާލަތަށް ކަމަށެވެ.

ފޯމު ހުށަހެޅުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ ”ހިޔާވެހި ޕޯޓަލް“ މެދުވެރިކޮށް އޮންލައިންކޮށެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އިލްތިމާސްކުރައްވަނީ ކޮންމެ ފަރާތަކުންވެސް އެމީހެއްގެ ޙާލަތާ އެންމެ ގުޅޭ ކެޓަގަރީއަކުން ފޯމު ހުށަހެޅުމަށެވެ.

 

ސްޕްރީމް ކޯޓުންވެސް ނިންމީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށް!
މަގްބޫލު އީޒްއެޕް ޑައުން ވެއްޖެ!
”ފްރޮމް މޯލްޑިވްސް“ގެ ވެބްސައިޓް އިފްތިތާޙުކޮށްފި
ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒުކުރެއްވުމަށް ރައީސް ޑރ. މުއިއްޒު އަންގަވައިފި
’ކޮންމެ ކުއްޖަކަށް ޢާއިލާއެއް‘ ޕްރޮގްރާމުގެ ދަށުން 110 ކުދިން އާޢިލާތަކަށް ހަވާލުކޮށްފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?