The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

56 ރަށަކަށް އައު އެމްބިއުލާންސް ފޯރުކޮށްދީފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 މަސް ago
SHARE

ރާއްޖޭގެ ރަށްތަކުގައި އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، 56 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ސިއްޙީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އަތޮޅު ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކަށް މި އެމްބިއުލާންސްތަކުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި، ރަށްރަށުގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި އަމިއްލަފުޅަށް ނޯޓުކުރެއްވި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ފެއްޓެވި މަސައްކަތެއް ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތުން ސިއްޙީ ޚިދުމަތް ދިނުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި އިރު، އެމްބިއުލާންސްތައް މަރާމާތު ނުކުރެވި ހަލާކުވަމުން ދިޔުމަކީ ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، އެމްޕީއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ގެނައި އެމްބިއުލާންސްތައް މެއިންޓަނަންސް ކުރުމުގެ މަސައްކަތްވެސް ކުރާނީ އެމްޕީއެލްއިންނެވެ.

އެމްޕީއެލްއާއެކީ ވެފައިވާ އެއްބަސްވުމުގެ ދަށުން އިތުރު އެމްބިއުލާންސްވެސް އެބައާދޭ. ބޮޑެތި ސިޓީތަކަށް ބޭނުންވާ، ރައީސް އެދިލައްވާ ގޮތަށް، ނުރައްކާތެރި ހާލަތްތަކުގައި ޚިދުމަތް ދެވޭ ފެންވަރުގެ ޕެރަމެޑިކް އެމްބިއުލާންސްތައް ގެނައުމުން މުޅި ނިޒާމު ފުރިހަމަވެގެންދާނެ، ވަޒީރު

މި މަޝްރޫޢަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މިދިޔަ އަހަރު ހަވާލުކުރި 65.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. ތިން ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މަސައްކަތުގެ ދަށުން، ހުރިހާ އެމްބިއުލާންސްތަކެއް މި ހިނގާ ޖަނަވަރީ މަހުގެ ތެރޭގައި ވަނީ ރާއްޖެ ގެނެސްފައެވެ.

ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް އައު އެމްބިއުލާންސް ފޯރުކޮށްދިނުމުގެ އިތުރުން، ގްރޭޓަރ މާލޭ ސަރަހައްދާއި އެހެނިހެން ސިޓީތަކަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެސް، ޕެރަމެޑިކް ޚިދުމަތް ފުޅާކުރުމަށް ވަނީ ރޭވިފައެވެ.

އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވަން ފަށައިފި
ހުޅުމާލެ ފޭސް 3 ހިއްކަނީ ކުނިއަޅައިގެން ނޫން : އެޗްޑީސީ
މި ފަސް އަހަރު ވެގެންދާނީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު ދައުރަށް: ފަލާހު
ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
ސަރުކާރު ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް ފަށައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?