The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މި ދައުރުގައި ނިންމާ ހަވާލުކުރާނަން: ވަޒީރު މުއްޠަލިބު

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 މަސް ago
SHARE

ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް އެ ސަރުކާރެއްގެ ދައުރުގެ ތެރޭގައި ނިންމައި އާންމުންނާ ހަވާލުކޮށްފައި ނެތް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން އެކަން ބަދަލުކުރާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ހުޅުވާލި ފުރަތަމަ މަޝްރޫޢާ ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، 2008 ވަނަ އަހަރުގެ ފަހުން އައި އެއްވެސް ސަރުކާރަކަށް އެ ސަރުކާރަކުން ފެށި ޕްރޮޖެކްޓެއް ނިންމައި ފްލެޓަށް މީހުން ވެއްދިފައި ނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި މަޝްރޫޢުތައް ނިންމައި، އެ ތަންތަނުގައި ރައްޔިތުންނަށް ދިރިއުޅެވޭވަރު ކުރުން ކަމަށް ވިދާޅުވިއެވެ.

މިހާރު އިޢުލާނުކޮށްފައިވާ ”އާއިލީ ބޯހިޔާވަހިކަން“ ސްކީމުގެ ދަށުން 15,000 ގޯއްޗާއި 7,900 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިއީ އާއިލާތަކަށް ޚާއްޞަ ސްކީމެއް ނަމަވެސް، ވަކިވަކި ފަރުދުންނަށްވެސް ފޯމު ހުށަހެޅޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުތަކުގެ ޔަޤީންކަން ދެއްވަމުން ވަޒީރު ވިދާޅުވީ، މިއީ މަސައްކަތް ކުރިއަށްގެންދާނެ ގޮތް ހަމަޖެހި، ބޭނުންވާ ފައިސާވެސް ކަށަވަރުވެފައިވާ މަޝްރޫޢުތަކެއް ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ:

ބީއެމްއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުތައް.
އިންޑިއާ ސަރުކާރުގެ އެހީގައި ފައިނޭންސް ލިބިފައިވާ 4,000 ޔުނިޓް.
ސަޢުދީ ފަންޑާއި ބޭރުގެ އެހެނިހެން އެހީތަކުން ހަމަޖެހިފައިވާ މަޝްރޫޢުތައް.

މި ދަޢުރުގައި ރަޖިސްޓްރީ ހަދާ، އިން ވަކިކޮށް ގޯތި ޙަވާލު ކުރާނަން. 7,900 ފްލެޓަކީވެސް ފައިނޭންސް ޔަޤީންވެފައިވާ މަސައްކަތެއް،

ވަޒީރު

މި ސަރުކާރުގެ މައިގަނޑު ވަޢުދަކީ 18 އަހަރުން މަތީގެ އެއްވެސް ރައްޔިތަކު ބޯހިޔާވަހިކަމުން މަޙްރޫމްވެފައި ނުބެހެއްޓުމެވެ. މިކަން ކަށަވަރު ކުރުމަށްޓަކައި މާލެ ސަރަޙައްދުގައި ބޮޑެތި ބިން ހިއްކުމުގެ މަޝްރޫޢުތައް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. އޭގެ ތެރޭގައި ހުޅުމާލެއިން 63 ހެކްޓަރު، ރަސްމާލެއިން 1,009 ހެކްޓަރުގެ އިތުރުން ގުޅީފަޅާއި ގިރާވަރުފަޅުގެ މަޝްރޫޢުތައް ހިމެނެއެވެ. ޖުމްލަ 1,600 ހެކްޓަރަށް ވުރެ ބޮޑު ސަރަޙައްދެއް ހިއްކުމުގެ މަސައްކަތް މިހާރުވެސް ދަނީ ހިނގަމުންނެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އިސްކަމަކީ އެންމެ ބޭނުންޖެހިފައިވާ އާއިލާތަކަށް އިސްކަންދީގެން ރައްކާތެރި ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުން ކަމަށެވެ.

މޯލްޑިވްސް އޯޓިޒަމް ސަޕޯޓް ބެލެނިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
ހދ. މަކުނުދޫގައި ފެނާއި ނަރުދަމާ ނިޒާމު ޓެސްޓުކޮށް ނިންމައި ކަމިޝަންކޮށްފި
ޒައި އިންވެސްޓްމަންޓްގެ ”ކިޔު ސްޓަޑީ“ ބްރޭންޑް އޮޅޭގޮތަށް ބަޔަކު ހަރަކާތްތަކެއް ހިންގަނީ
ޔޯގަޓް އާދަކޮށް ކެއުމުން ކޮލޮރެކްޓަލް ކެންސަރުން ރައްކާތެރިކޮށްދިނުމުގެ ފުރުސަތު ބޮޑު!
މޯލްޑިވިއަނުން ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާއި ދެމެދު ސީދާ ދަތުރުތައް ފަށަނީ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?