The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އެކަތި އަނެކެތި ނަމުން ގޮވުމުގެ ގާބިލުކަން އެތަށް ލިބިފައިވޭ: ދިރާސާ ވެރިން

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 މަސް ago
SHARE

ކެންޔާގެ ސަވާނާ ސަރަހައްދުގައި އުޅޭ އެފްރިކާގެ އެތްތަކަކީ އެކަތި އަނެކެއްޗަށް ވަކިވަކި ނަންނަމުން މުހާތަބު ކުރުމުގެ ގާބިލުކަން ލިބިފައިވާ ޖަނަވާރުތަކެއްކަން އައު ދިރާސާއަކުން ދައްކައިފިއެވެ. ހޯމަ ދުވަހު އާންމުކުރި މި ދިރާސާގައި ބުނާގޮތުން، އެތްތައް ބޭނުންކުރާ މި ނަންތަކަކީ އެސޮރުމެން އެކަތި އަނެކެއްޗަށް ދީފައިވާ، އަދި އަމިއްލައަށް އުފައްދާފައިވާ ނަންތަކެކެވެ.

މީގެ ކުރިން ޑޮލްފިން އާއި ގުރާ ފަދަ ތަކެތި ގޮވުމުގައި އެހެން އެއްޗެހީގެ އަޑު ކޮޕީކުރާ ނަމަވެސް، އެތަކަކީ މިގޮތަށް ކޮޕީ ކުރުމުގެ ބަދަލުގައި އަމިއްލަ ނަންތަކެއް ބޭނުންކުރާ، އިންސާނުން ނޫން ފުރަތަމަ މަހުލޫގުތައް ކަމަށް ދިރާސާވެރިން ގަބޫލުކުރެއެވެ.

މި ދިރާސާ ކުރުމަށްޓަކައި ބައިނަލްއަގުވާމީ ދިރާސާވެރިންގެ ޓީމަކުން ވަނީ އާޓިފިޝަލް އިންޓެލިޖެންސް (AI) އެލްގޮރިދަމެއް ބޭނުންކޮށްގެން ކެންޔާގެ ސަމްބުރު ނޭޝަނަލް ރިޒާވް އަދި އެމްބޮސެލީ ނޭޝަނަލް ޕާކުގައި އުޅޭ އެތްތަކުގެ އަޑުތައް ތަހުލީލުކޮށްފައެވެ. ދިރާސާވެރިން ވަނީ 1986 އިން 2022 އާ ދެމެދު ރެކޯޑު ކުރެވިފައިވާ އެތްތަކުގެ އަޑުތައް ބަލައި، 469 ތަފާތު ގޮވުމެއް ދެނެގަނެފައެވެ.

މި ދިރާސާގެ އިސް މުސައްނިފު، ކޮލޮރާޑޯ ސްޓޭޓް ޔުނިވާސިޓީގެ މައިކަލް ޕާޑޯ ވިދާޅުވި ގޮތުގައި، އެތްތަކަށް އެސޮރުމެންނަށް އަމާޒުކޮށް ގޮވާލާ އަޑުތައް ވަކިކުރަން އެނގެއެވެ. އަދި އެހެން އެތްތަކަށް ގޮވާލާ އަޑުތަކަށް އިޖާބަ ނުދީ، ހަމައެކަނި އެސޮރުމެންގެ ނަމުން ގޮވާލުމުން އެކަމަށް ސަމާލުކަންދީ، ހަރަކާތްތެރިވާކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އެތްތައް ލައްވާ އަޑުތަކުގެ ތެރޭގައި އިންސާނުންގެ ކަންފަތަށް ނީވޭހާ ދަށް ފްރީކުއެންސީގެ ”ރަމްބަލް“ އަޑުތައް ހިމެނެއެވެ. މި ދިރާސާއިން ދައްކާގޮތުގައި، ނަމުން ގޮވުން ގިނައިން ބޭނުންކުރަނީ ދުރު ސަރަހައްދުތަކުގައި ތިބޭ އެތްތަކަށް ގޮވުމަށާއި، ބޮޑެތި އެތްތައް ކުދި އެތްތަކަށް މުހާތަބު ކުރާއިރުގައެވެ. އަދި ކުދި އެތްތަކަށްވުރެ ބޮޑެތި އެތްތައް ނަން ބޭނުންކުރުން ގިނަކަމަށް ފާހަގަކުރެވިފައިވާތީ، މިއީ ދަސްކުރަން އަހަރުތަކެއް ނަގާ ހުނަރެއް ކަމަށް ބެލެވެއެވެ.

ދިރާސާވެރިން އެތްތަކަށް އެސޮރުމެންގެ ރަހުމަތްތެރިން ނުވަތަ އާއިލާގެ މެންބަރުން ނަމުން ގޮވާ އަޑު އިއްވުމުން، އެސޮރުމެން ވަރަށް ފޯރިއާއެކު އެކަމަށް އިޖާބަދިންކަން ފާހަގަކުރެވުނެވެ. ނަމަވެސް އެހެން އެތްތަކަށް ގޮވާ އަޑު އިއްވުމުން އެފަދަ ފޯރިއެއް ނުދައްކައެވެ.

”ސޭވް ދަ އެލެފަންޓްސް“ ގެ ސީއީއޯ ފްރޭންކް ޕޯޕް ވިދާޅުވީ، އެތްތަކަކީ އިންސާނުންނާ އެއްގޮތަށް ވަރަށް ގާތް އާއިލީ ގުޅުންތަކެއް ބާއްވާ، ސިކުނޑި ވަރަށް ބޮޑަށް ތަރައްގީވެފައިވާ ޖަނަވާރުތަކެއް ކަމަށެވެ. އަދި އެތްތައް އެކަތި އަނެކެއްޗަށް ނަމުން ގޮވުމަކީ އެސޮރުމެންގެ ހުރި ގާބިލުކަން ހާމަވާ ފެށުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސްމާޓްފޯނުގެ ޒަމާން ނިމި އޭއައި އައިނަކީ މުސްތަޤްބަލް ކަމަށް މާކް ޒަކަރބާގް ބުނެފި
އާ ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އަޕް ސްކޮރޮލްޑް‘ އަށް ބޮޑު ތަރުހީބެއް
ފައިދާގެ ގޮތުން ، ޓަރނިޕްއަކީ ”ޕަވްރ ހައުސް“ އެއް
މާމަ އާއި ކާފަ ދަރިން ބެލުމަކީ ނަފްސާނީ ބަލީގެ ނުރައްކާ އޮތް ކަމެއް: ދިރާސާ
ޒުވާނަކު ދަތްކޮށްޓާ އިލޮށިން އައިފަލް ޓަވަރު ހަދައި ގިނަސް ވޯލްޑް ރެކޯޑް ހޯދައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?