The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އިންޑިއާގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ރާއްޖެ ތާވަލުގެ ކުރިއަށް

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 މަސް ago
SHARE

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ކުޅުނު ތިންވަނަ މެޗުގައި ވާދަވެރި އިންޑިއާ 0-5 ގެ ބޮޑު ތަފާތަކުން ބަލިކޮށް، ތާވަލުގެ އެއްވަނައިގައި ރާއްޖެއިން މަގާމު ވަރުގަދަކޮށްފިއެވެ.

ބެންކޮކުގެ ނޮންތަބުރީ ހޯލުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. މި ހާފުގައި އިންޑިއާއިން މޮޅަށް ކުޅެ ރާއްޖޭގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް، ރާއްޖޭގެ ކީޕަރު ޒައިދާން އަޙްމަދު ވަނީ ހުށިޔާރުކަމާއެކު އެ ހަމަލާތައް ދިފާއުކޮށްފައެވެ. ގިނަ ފައުލްތަކެއް ފެނިގެންދިޔަ މި ހާފުގައި ރާއްޖެއަށް ލީޑު ނަގައިދިނީ ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) އެވެ. މިއީ މެޗުގެ 12 ވަނަ މިނެޓުގައި ކައުންޓަރ އެޓޭކެއްގައި އަބްދުﷲ ޝާއު (ޝާއްޕެ) ހުސްކޮށްލާފައި ދިން ޕާހަކުން އިންމި ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފުގައި ޑިފެންސިވް ކުޅުމެއް ކުޅުނު ރާއްޖެއިން ދެވަނަ ހާފު ފެށީ ވަރަށް އެޓޭކިންގް ގޭމަކާއެކުގައެވެ. ނަތީޖާއެއްގެ ގޮތުން ހާފު ފަށައިގެން ދޮޅު މިނެޓުގެ ތެރޭގައި ޝާފިއު ވަނީ ރާއްޖޭގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. އޭގެ ތިން މިނެޓު ފަހުން ހުޒެއިފަތު ރަޝީދު (ހުޒޭ) ތަނަވަސްކޮށްދިން ފުރުސަތަކުން އަލީ ޝަމާލް އަބްދުﷲ (ޝަންމު) ވަނީ ރާއްޖޭގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މެޗުގެ ފަހުކޮޅު އިންޑިއާއިން ނަތީޖާ އަނބުރާލުމަށް ”ޕަވާ ޕްލޭ“ އަށް ބަދަލުކޮށް ހުރިހާ ކުޅުންތެރިން ކުރިއަށް އަރައި ތިއްބާ، ރާއްޖެއިން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. ރާއްޖޭގެ ހަތަރުވަނަ ލަނޑު އަމިއްލަ ހާފުގައި ހުރެފައި ކެޕްޓަން އިމްރާން ކާމިޔާބުކުރިއިރު، ފަސްވަނަ ލަނޑު ވެސް ހަމަ އެފަދަ ގޮތަކަށް ކާމިޔާބުކޮށްދިނީ އަޙްމަދު ހަމީދު (އައްމަޑޭ) އެވެ.

މި މޮޅާއެކު، އަލަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ އުއްމީދު ރާއްޖެއަށް މިވަނީ ވަރަށް ބޮޑުވެފައެވެ. ކުޅުނު ތިން މެޗުން ވެސް މޮޅުވެ، 9 ޕޮއިންޓާއެކު ރާއްޖެ މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ޕާކިސްތާނަށް 4 މެޗުން 7 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ނޭޕާލަށް 3 މެޗުން ލިބިފައިވަނީ 5 ޕޮއިންޓެވެ. ރާއްޖެ އަތުން ބަލިވި އިންޑިއާ އޮތީ 3 މެޗުން ލިބުނު 2 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާޙައުލަށް ތައްޔާރުކުރުމުގެ ޕްރޮގްރާމްގެ ފުރުޞަތު ހުޅުވާލައިފި
ކެންދޫ މެމްބަރު މައުރޫފް ހިމެނޭހެން 3 މީހެއްގެ ބަންދަށް 5 ދުވަސް އިތުރުކޮށްފި!
ހުޅުމާލެ 3ވަނަ ފިޔަވަހީގެ 49 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ
ފަތުރުވެރިކަން ފުޅާކުރެވިފައި ނެތް އަތޮޅުތަކުގައި ރިސޯޓު ތަރައްޤީކުރުމަށް ގެންގުޅުއްވާ ޕްލޭން ރައީސް އިޢުލާނުކުރައްވައިފި
ސަރުކާރު ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް ފަށައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?