The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ފޯމުތައް އަންނަހަފްތާގައި ޗެކްކުރަން ފަށަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 މަސް ago
SHARE

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި މިހާތަނަށް 877 ފޯމު ހުށަހަޅާފައިވާ ކަމަށާއި، މި ފޯމުތަކުގެ ސައްހަކަން ދެނެގަތުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށްޓަވާނެ ކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ”ރާއްޖެމިއަދު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އިޢުލާނުކޮށް، މި މަހުގެ 18 ވަނަ ދުވަހު ހުޅުވާލި މި ސްކީމަށް މިހާތަނަށް ލިބިފައިވާ ފޯމުތަކުގެ ތެރޭގައި ހިމެނެނީ ގޯއްޗަށް އެދި ހުށަހެޅި 221 ފޯމާއި، ފްލެޓަށް އެދި ހުށަހެޅި 416 ފޯމެވެ. މީގެ އިތުރުން 5599 ފޯމެއް ޑްރާފްޓް މަރުޙަލާގައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ފޯމު ހުށަހެޅުމުގައި އަވަސްކުރުމަށްވުރެ ބޮޑަށް، ލިޔެކިޔުންތައް ހަމަކޮށް ފުރިހަމައަށް ފޯމު ހުށަހެޅުން މުހިންމު ކަމަށެވެ. އަދި އަވަހަށް އެޕްލައި ކުރުމަކުން އިތުރު މާކްސްއެއް ނުލިބޭނެ ކަމަށާއި، މިއީ ފުރަތަމަ ހުށަހަޅާ މީހުންނަށް އިސްކަންދޭ އުސޫލަކުން ކުރިއަށްދާ ކަމެއް ނޫންކަންވެސް އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.

”އަޅުގަނޑު ވަރަށް ބޮޑަށް އިލްމިތާސްކުރަން ޝަރުޠު ހަމަނުވާ ފަރާތްތަކުން ނުބައި މަޢުލޫމާތުދީގެން ފޯމު ފުރުމަކީ ހަގީގަތުގަ ދައުލަތުގެ ރިސޯސަސް ވޭސްޓްކުރަން ކުރާކަމެކޭ. އެކަން ނުކުރައްވާށޭ،“ ވަޒީރު ވިދާޅުވިއެވެ.

މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލޭގެ ރަށްވެހިންނަށާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށާއި، ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް ވަނީ ވަކި މިންވަރުތަކެއް ކަނޑައަޅާފައެވެ. އެގޮތުން މާލޭގެ ރަށްވެހިންނަށް 10,000 ގޯއްޗާއި 4,000 ފްލެޓް ޚާއްޞަކޮށްފައިވެއެވެ.

މި ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމަށް އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ފުރުޞަތު އޮންނާނެއެވެ.

ގިނަ ދާއިރާތަކަކުން ޗައިނާއާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި
ވަޒީފާ ލިބުނަސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވަންސް ކަނޑައެއް ނުލާނެ: ވަޒީރު ޑރ. ޢައިޝަތު ޝިހާމް
ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ފްލެޓްއާ ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
ޕޭމަންޓް މޯލްޑިވްސް ހިމެނޭހެން މާލީ ދާއިރާގެ 3 ހަރަކާތެއް އިފްތިތާހުކޮށްފި
ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ސޯލިހު ނިންމަވައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?