The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ރޯދަ ހަދިޔާ ބަހަން ފަށަނީ މި މަހުގެ 24 ގައި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 ހަފްތާ ago
Screenshot
SHARE

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ސަރުކާރުން ދޭ ރޯދަ ހަދިޔާ ނުވަތަ މަސްދަޅު ކޭސް ބަހަން ފެށުމަށް ހަމަޖެހިފައިވާކަން ސަރުކާރުން އިޢުލާނުކޮށްފިއެވެ.

މިކަން ހާމަކުރެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރެވެ. މިއަދު މިނިސްޓްރީގެ ރަށްވެހި މާލަމުގައި ބޭއްވި ޕްރެސް ބްރީފިންގއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކޮންމެ ދިވެހި ގޭބިސީއަކަށް 48 ދަޅުގެ މަސްދަޅު ކޭހެއް ބެހުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

މަސްދަޅު ބަހާނެ ތާވަލާއި ގޮތް:
މާލޭ ސަރަޙައްދުގައި މަސްދަޅު ދޫކުރުން ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު 20:30 އިން 23:00 އަށެވެ. މި މަސައްކަތް 11 ފެބްރުވަރީ 2026 ގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

  • ރަށްރަށާއި ސިޓީތަކުގައި: ގޭބިސީގެ ގޮތުގައި ބަލާނީ ވަކިން ކައްކައި ކައިބޮއި ހަދާ ކޮންމެ ދިވެހި ޢާއިލާއެކެވެ. ރަށްރަށުގައި މަސްދަޅު ބަހާނީ ކައުންސިލްތަކުންނެވެ.
  • މާލޭ ސަރަޙައްދުގައި: ގޭބިސީގެ ގޮތުގައި ބަލާނީ ކޮންމެ ޑޮމެސްޓިކް ކަރަންޓު މީޓަރެކެވެ. މާލެ ސަރަޙައްދުގައި (މާލެ، ވިލިމާލެ، ހުޅުމާލެ) މަސްދަޅު ބަހާނީ އެކަމަށް ޚާއްޞަކޮށްފައިވާ 15 މަރުކަޒަކުންނެވެ.

ތަފާސް ހިސާބު:
މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި ރަށްރަށާއި ސިޓީތަކުގައި 56,918 ގޭބިސީ ހުރިއިރު، މާލޭ ސަރަޙައްދުގައި 61,755 ޑޮމެސްޓިކް މީޓަރު ހުރެއެވެ. އެހެންކަމުން ޖުމުލަ 118,673 މަސްދަޅު ކޭސް ބެހުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭ ސަރަޙައްދުގައި މަސްދަޅު ދޫކުރާ މަރުކަޒުތައް:
މާލޭގައި 8 މަރުކަޒެއް (މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯވިލު، ހެންވޭރު ދަނޑު އަދި ގަލޮޅު ދަނޑުގެ 4 ސަރަޙައްދު) ޤާއިމުކޮށްފައިވެއެވެ. ހުޅުމާލޭގެ ދެ ފޭސްގައި ޖުމުލަ 6 މަރުކަޒު (ޢުމަރު ޒާހިރު ބިލްޑިންގ، ޕޮލްކޯ، މުޙައްމަދު ޤާސިމް ޕްރީސްކޫލް، ކާމިލްދީދީ ސްކޫލް، ހިޔާ ޓަވަރު 10 އަދި ވިނަރެސް) ހުންނާނެއެވެ. ވިލިމާލޭގައި މަސްދަޅު ދޫކުރާނީ ވެމްކޯ ސައިޓުންނެވެ.

ރަޖިސްޓްރޭޝަނާއި އެހީތެރިކަން:
ރޯދަ ހަދިޔާ ބެހުމަށް ފުލުހުންގެ އެހީތެރިކަމާއެކު roadhahadhiya.mv ގެ ނަމުގައި ޕޯޓަލްއެއް ތަޢާރަފުކުރާނެއެވެ. މި ޕޯޓަލްގައި ރަޖިސްޓްރީވުން 22 ޖަނަވަރީ 2026 ގައި ހުޅުވާލާނެއެވެ. މަސްދަޅު ލިބުމުގައި އެއްވެސް ޝަކުވާއެއް އޮތްނަމަ، 7741446 ނަންބަރަށް ވަޓްސްއަޕް މެދުވެރިކޮށް މެސެޖު ކުރެވޭނެއެވެ.

މި ބޮޑު މަޝްރޫޢު ކުރިއަށް ގެންދަނީ އެސްޓީއޯ، މިފްކޯ، އެމްއެންޑީއެފް، ޕޮލިސް އަދި އެކި މިނިސްޓްރީތަކާއި ކުންފުނިތައް ގުޅިގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން މަސްދަޅު އުފެއްދުމުގައި މިފްކޯ އަދި އަތޮޅުތަކަށް ފޮނުވުމުގައި އެސްޓީއޯއިން މުހިންމު ދައުރެއް އަދާކުރެއެވެ.

މިހާތަނަށް 500އަށްވުރެ ގިނަ މީހުން ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅައިފި
މާލޭ ޒޯނަށް ރަޖިސްޓްރީ ކުރާ ވެހިކަލްތަކުގެ ޢަދަދު ދަށަށް!
ޒުވާނުންގެ ޤައުމީ ކޮންފަރެންސް ފަށައިފި
ފެލިވަރުގެ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަންނަ އަހަރުގެ އޭޕްރީލްގައި ބޭނުންކުރަން ފަށަނީ
ވާދޫ ގްރީން ފާމް ހުޅުވައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?