The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ރަމަޞާންމަހު މާލެ ސަރަޙައްދުގައި 37 ދިވެހި ޙާފިޡުން އިމާމުވެ ހިފްޒުކޮށް ތަރާވީޙު ނަމާދުކުރާނެ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 ހަފްތާ ago
SHARE

މިފަހަރު މާލެ ސަރަޙައްދުގައި 37 ދިވެހި ޙާފިޡުން އިމާމުވެ ހިފްޒުކޮށް ތަރާވީޙު ނަމާދުކުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.މީގެތެރޭގައި ގިނައީ ޒުވާން އަދި ރީތިކޮށް ޤުރުއާން ކިޔަވާ ޙާފިޡުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ރަމަޟާންމަހު މިސްކިތްތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުންނަށް އެ ފުރުޞަތު ހުޅުވާލީ ނޮވެމްބަރު މަހުއެވެ. މި މަސައްކަތް ކުރަނީ ކައުންސިލްތަކާ ގުޅިގެންނެވެ.ވަޒީރު ވިދާޅުވީ މިފަހަރު ރޯދަމަހު އިސްލާމީ މަރުކަޒާއި ސަލްމާން ސެންޓަރުގައި ވެސް ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުންނަށް ޚުޠުބާ ކިޔަން ފުރުޞަތު ދޭނެކަމަށެވެ. އެ ދެ މިސްކިތުގައިވެސް އިމާމުވެ ތަރާވީސްކުރާނީ ދިވެހި ހާފިޒުންނެވެ.

ވަޒީރު ވިދާޅުވީ ކުރުކޮށް ކިޔަވައި ނަމާދުކުރާ މިސްކިތްތައް އިތުރުކޮށްފަވާކަމަށާއި ބޮޑެތި ބައެއް މިސްކިތްތަކުގައި ވެސް ކުރުކޮށް ކިޔަވައި ތަރާވީސް ނަމާދު ކުރުމަށް ފުރުޞަތު ފަހިކޮށްފައިވާނެކަމަށެވެ. އެއީ އެފަދަ ޖަމާޢަތްތަކަށް ގިނަ މީހުން އެއްވާތީކަމަށް ވަޒީރު ވިދާޅުވިއެވެ.ޢާއްމުކޮށް ކުރުކޮށް ކިޔަވައި ތަރާވީސްކުރާ، މިސްކިތެއްކަމުގައިވާ މަޖީދީ މަގުގައި ހުންނަ ސުލްޠާން ޢާދިލް މިސްކިތް (ގަލޮޅު ދަނޑު ކުރިމަތި)، އެ މިސްކިތުގައި މިފަހަރު ކުރާނީ ދިގުކޮށް ހިފްޒުކޮށްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބަރުބަރީ މިސްކިތުގައި ކުރުކޮށް ނަމާދުކުރުމަށް ވަނީ ހަމަޖައްސާފައެވެ.
ވަޒިރު ވިދާޅުވީ މި ބަދަލު ގެނައުމަށް ނިންމީ ޢާދިލް މިސްކިތުގައި ކުރުކޮށް ނަމާދު ކުރާތީވެ، ޖަމާޢަތް ބޮޑުވެގެން ގޮސް މަޖީދީ މަގު ބަންދުވެ ރައްޔިތުންނާއި ދުއްވާ އުޅަނދުތަކަށް ދަތިތައް ދިމާވާތީވެ އެކަމަށް ހައްލެއް ހޯދުމަށެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ އަމާޒަކީ 2027 ވަނަ އަހަރު މާލެ ސަރަޙައްދުގައި ތަރާވީސްކުރާ ހުރިހާ މިސްކިތްތަކުގެ އިމާމުންނަކީ ދިވެހިންނަށް ހެދުންކަމަށެވެ. މިހާރު މާލޭގެ ބައެއް މިސްކިތްތަކަށް ރަމަޟާން މަހު ބޭރުގެ ޙާފިޡުން ގެނެއެވެ.
ރާއްޖޭގެ އެކި ސަރައްދު ތަކުގައި މިފަހަރު ވެސް ގިނަ ޢަދަދެއްގެ ދިވެހި ޙާފިޡުން އިމާމުވެ ތަރާވީސްކުރާނެއެވެ. މިފަހަރު މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތްތަކުގައި އިމާމުވެ އީދު ނަމާދު ކުރާ އިމާމުންގެ ތެރޭގައިވެސް ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުން ހިމެނޭނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މާލޭ ސަރަޙައްދުގައި 47 މިސްކިތުގައި ނަމާދުކުރެއެވެ. މީގެތެރެއިން ގިނަ މިސްކިތްތަކުގައި ތަރާވީޙް ނަމާދު ކުރެއެވެ.

ފައިސާ ހޯދަން މީހަކު ރަހީނުކުރި ބަޔަކު ހައްޔަރުކޮށްފި
މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މާރުކޭޓް ސަރަޙައްދަށް ވަޑައިގެންފި
ތިލަފުށީގައި ބޭންކް އޮފް މޯލްޑިވްސް އޭޓީއެމް ބަހައްޓައިފި
ރާއްޖޭގައި އިންވެސްޓްކުރުމަށް އޮތް ޝައުޤުވެރިކަމާ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެއްޖެ : ވަޒީރު ސައީދު
މަކަރާ ހީލަތުން ފައިސާ ހޯދުމަށްފަހު ޖެމްކިއު ހުއްޓާލައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?