The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ދ. ރިނބުދޫ ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ އަޅައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 ހަފްތާ ago
SHARE

ނިލަންދެ އަތޮޅު ދެކުނުބުރީ ރިނބުދޫގެ ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި، އެ މަރުކަޒަށް އިތުރުކުރާ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.

މިކަމަށްޓަކައި ރިނބުދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ރިނބުދޫ ކައުންސިލްގެ މެންބަރުންނާއި، ޞިއްޙީ މަރުކަޒުގެ އިސްވެރިންގެ އިތުރުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިނބުދޫގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ރައީސް އެރަށަށް ކުރެއްވި ޒިޔާރަތުގައި، ޞިއްޙީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވި ވިދާޅުވުން މިއަދު ހަގީގަތަކަށް ވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

”މިއަދު މި އިހްތިފާލުވެގެން މިދަނީ މިރަށަށް އެހާމެ މުހިންމު މަޝްރޫޢެއް. ޞިއްޙީ މަރުކަޒަަށް އިތުރުކުރެވޭ އައު އިމާރާތުގެ ބިންގާ މިއަދު މި އެޅިގެންދިޔައީ. މިއީ ރިނބުދޫ ފަދަ އާބާދީ ބޮޑު ރަށްރަށަށް އެހާމެ މުހިންމު މަޝްރޫޢެއް،“ ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން، ރިނބުދޫ ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. ޞިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މި އައު އިމާރާތުގައި ޤާއިމުކުރެވޭ ޒަމާނީ ވަސީލަތްތަކާއެކު، ބޭސްފަރުވާއަށް ރަށުން ބޭރަށް ދާންޖެހޭ މިންވަރު ބޮޑުތަނުން ކުޑަވެގެންދާނެއެވެ.

މި މަޝްރޫޢު ނިމުމުން، ރިނބުދޫގެ ރައްޔިތުންނަށް އެރަށުގައި ތިބެގެން ފެންވަރު ރަނގަޅު، ޒަމާނީ ޞިއްޙީ ޚިދުމަތްތައް ލިބިގަތުމުގެ މަގު ފަހިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ޝަމްއާން ބަންދުން ދޫކޮށްލައިފި
ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މާދަމާ ފަށަނީ
ނައިބުރައީސް ދަތުރުކުރެއްވި މަތިންދާބޯޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރު!
ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކުރުމަށް ރައީސް މުޢިއްޒު އަންގަވައިފި
ސްރީލަންކާގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?