The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ތަޢުލީމަކީ ޤައުމީ ތަރައްޤީގެ އެންމެ މުހިންމު އެއް ތަނބު : ރައީސުލްޖުމްހޫރިއްޔާ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 ހަފްތާ ago
SHARE

މި ސަރުކާރުގެ 2 އަހަރުގެ ތެރޭގައި ދަރިވަރުންގެ ލޯނުގެ ގޮތުގައި 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ތަޢުލީމީ ދުވަހާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ ތަޢުލީމީ ދުވަސް ފާހަގަކުރަމުންދާއިރު، ތަޢުލީމަކީ ދެމެހެއްޓެނިވި ތަރައްޤީއާއި ދުނިޔޭގެ ކުރިއެރުމުގެ ބިންގާކަން ހަނދާންކުރަންޖެހޭކަމަށެވެ.

ތަޢުލީމީ ނިޒާމަކީ އެންމެންގެ ބައިވެރިވުން ހިމެނޭ، މުހިންމު، އަދި ބަދަލުތަކެއް ގެނުވައިދޭ ނިޒާމަކަށް ހެދުމަށާއި، ތަޢުލީމީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް އެފަރާތްތައް ބާރުވެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ތަޢުލީމަކީ ޤައުމީ ތަރައްޤީގެ އެންމެ މުހިންމު އެއް ތަނބު ކަމުގައި މިސަރުކާރުން ކަނޑައަޅާފައިކަމަށް ވިދާޅުވެފައެވެ.

އެގޮތުން ފާއިތުވި ދެ އަހަރުގެ ތެރޭގައި، ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވައިދޭ ސްކީމުގެ ދަށުން 6,000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާޞިލުކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި ދަރިވަރުންގެ ލޯނުގެ ގޮތުގައި 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ދޫކޮށްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދަރިވަރުންނަށް އިންވެސްޓްކޮށް، ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަކީ ހަމައެކަނި ވަކިވަކި ފަރުދުންގެ މުސްތަޤްބަލު ބައްޓަންކުރުންނޫންކަމަށާއި، އެއީ މުއްސަނދި، ހަމަހަމަކަން ޤާއިމުވެފައިވާ، އަދި ކަންކަމަށް ކުރިމަތިލުމުގެ ޤާބިލުކަން ހުރި ޤައުމެއް ބިނާކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެން ގުޅިގެން ކުރާ މަސައްކަތުން، އުނގެނުމަށް މަސައްކަތްކުރާ ކޮންމެ ކުއްޖަކަށްވެސް ކުރިއަރައިދިއުމުގެ ފުރުޞަތު ހޯދައިދީ، ޤައުމީ ތަރައްޤީގައި ބައިވެރިވުމުގެ މަގު ފަހިކޮށްދެވޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ދެއްވާފައެވެ.މަތީ ތަޢުލީމަށް ދައުލަތުން ކުރަމުންދާ ޚަރަދު އަހަރުން އަހަރަށްދަނީ އިތުރުވަމުންނެވެ.އެވުޒާރާގެ ތަފާސްހިސާބަށް ބަލާއިރު 2025 ވަނަ އަހަރު 596 ދަރިވަރުންނަށްވަނީ ލޯނު ހަމަޖައްސައިދީފައެވެ. އަދި މިވީ 2 އަހަރުގެ ތެރޭގައި 1438 ދަރިވަރުންނަށްވަނީ ލޯނު ފޯރުކޮށްދީފައެވެ.

މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު 2798 ދަރިވަރަކު ފުރަތަމަ ޑިގްރީ ޕްރޮގްރާމްގައި މުޅިން އަލަށް ރަޖިސްޓްރީވެ، ސަރުކާރުން ދަނީ އެ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހިލޭ ޑިގްރީ ޕްރޮގްރާމްގައި ކިޔަވަމުންދިޔަ 3286 ދަރިވަރުން މިދިޔަ އަހަރު ދަސްވެނިވެފައިވެއެވެ. މި ދެ އަހަރުގެ ތެރޭގައި މި ޕްރޮގްރާމަށް 5863 ދަރިވަރުން މުޅިން އަލަށް ރަޖިސްޓަރކޮށް، ކިޔެވުން ދަނީ ކުރިއަށްގެންދަމުންނެވެ.

’ގަލޮޅު ސިޓީ ޕާކް‘ ފެށޭ ހަފްތާގެ އަންގާރަ ދުވަހު އާއްމުންނަށް ހުޅުވާލަނީ
ކައުންސިލް އިންތިޚާބަށް ޝަކުވާ ހުށައެޅުމުގެ ސުންގަޑި މިއަދަށް ހަމަވާނެ
ރަސްމާލެޢަށް ދަތުރުފަތުރުގެ ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ކޮންސަލްޓަންޓެއް ހޯދަނީ!
މިފްކޯއިން ރަސްމީކޮށް ބޮޑުކަންނެލި ގަންނަން ފަށައިފި: 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރާނެ
ސިންގަޕޫރަކީ ދިވެހިން ތަރައްޤީ ތަޞައްވުރު ކުރުމުގައި ނަމޫނާއަކަށް ބަލާ ޤައުމެއް: ރައީސް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?