The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

މިއީ ޓީމުގެ މެނޭޖްމެންޓުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ : އެފްއޭއެމްގެ ރައީސް

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 ހަފްތާ ago
SHARE

ލިބުނު ފުރަތަމަ ފުރުސަތުގައިވެސް ދިވެހި ފުޓްސަލް ޓީމުން ރާއްޖެއަކީ މި ސަރަހައްދުގެ އެއްވަނަކަން ސާބިތުކޮށްދީފި ކަމަށާއި، މިއީ ޓީމުގެ މެނޭޖްމެންޓުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ރާއްޖެއިން ކާމިޔާބުކުރުމާ ގުޅިގެން ޕީއެސްއެމުން ގެނެސްދިން ޚާއްސަ ލައިވް ކަވަރޭޖެއްގައި ވާހަކަދައްކަވަމުން ޠާރިޤް ވިދާޅުވީ، މުބާރާތުގެ އެއް މެޗު ބާކީ އޮއްވައި ރާއްޖެއިން ތަށި ކާމިޔާބުކުރުމަކީ ޓީމުގެ މެނޭޖުމެންޓުން ޓީމު އެއްބައިވަންތަކޮށް، ބަދަހި ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުގެ ފޮނި ނަތީޖާ ކަމަށެވެ.

ޠާރިޤް ފާހަގަކުރެއްވި ގޮތުގައި، މިދިޔަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޤައުމީ ޓީމުން ފަރިތަކުރުންތައް ކުރިއަށްގެންދިޔައިރުވެސް ދިވެހި ކުޅުންތެރިންގެ ހުނަރުވެރިކަން ވަރަށް ބޮޑަށް ފާހަގަވިއެވެ. އަދި ބޭރުގެ ކޯޗެއްގެ އިރުޝާދުގެ ދަށުން އިތުރު ފުރުސަތުތައް ފަހިކޮށްދެވިއްޖެނަމަ، މި ސަރަހައްދުގެ ތަށި ނެގޭނެ ފެންވަރު ދިވެހި ކުޅުންތެރިންގެ ކިބައިގައި ހުރިކަން މި ނަތީޖާއިން ކަށަވަރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަކުރެވުނީ ޓީމެއްގެ ގޮތުގައި ވަރަށް އަޚުލާޤީ ގޮތުން ރަނގަޅު، ޑިސިޕްލިން މަސައްކަތްތަކެއް ކުޅުންތެރިން ކުރިއަށް ގެންދިޔަކަން. މުޅި ޓީމުން ތަށި ހޯދުމަށްޓަކައި ކުރި އިޚުލާޞްތެރި މަސައްކަތް ފާހަގަކުރެވޭ. އެކަމަށްޓަކައި ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ޝުކުރު އަދާކުރަން، އެފްއޭއެމްގެ ރައީސް

މީގެއިތުރުން ޠާރިޤް ވިދާޅުވީ، މިއީ ފުޓްސަލް ކޮމިއުނިޓީއާ ގުޅިގެން އެފްއޭއެމުން މުސްތަޤްބަލުގައި ކުރަން ހުރި ކަންކަމަށް އެޅުނު ވަރުގަދަ ފިޔަވަޅެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެފްއޭއެމްގެ ފަރާތުން މި ސީޒަނުގެ ފުޓްސަލް މުބާރާތް އިއުލާނު ކުރައްވާނެ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

ފުޓްސަލް ކުޅުންތެރިން އިތުރަށް ތަރައްޤީ ކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ޠާރިޤް ވިދާޅުވީ، މީގެ ކުރިން ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވާދަކުރެވޭ ފެންވަރުގެ ޤައުމުތަކާ އެކު ކުޅުމުގެ ފުރުސަތު ނުލިބުން ކަމަށެވެ. އޭޝިއަން ކަޕް ކޮލިފައިން ފަދަ މުބާރާތްތަކުގައި ރާއްޖެއަށް ވާދަކުރަން ޖެހުނީ ފެންވަރުގެ ގޮތުން މާ މަތީ ޤައުމުތަކާ ކަމަށާއި، އެއީ އެކަށީގެންވާ ތަމްރީނުތަކެއް ނުލިބި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، މި ފަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަކީ މި ސަރަހައްދުގެ ވާދަވެރި ޤައުމުތަކާ އެކު ލިބުނު ފުރަތަމަ ފުރުސަތު ކަމަށާއި، އެ ފުރުސަތުގެ ބޭނުން ހިފައި ދިވެހި ކުޅުންތެރިން އެއްވަނަކަން ސާބިތުކޮށްދީފި ކަމަށް ޠާރިޤް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ފުޓްސަލްގެ އިތުރު ފުރުސަތުތައް ރާއްޖެއަށް ހޯދައިދިނުމަށް އެފްއޭއެމުން މެދުނުކެނޑި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.

ރަސްފަންނުގައި ތޫނު އިތާތަކެއް! ސަމާލުވޭ
ތާރީޚީ ކާމިޔާބީއެއް ހޯދި ޤައުމީ ޓީމަށް މަރުޙަބާ ކިއުން މިރޭ
ގޭންގު ކަނޑައެޅުމުގެ މައްސަލައެއް ޕީޖީ އޮފީހަށް
ވާނުވާ ބަންދުގައި ތިބި މީހުން ފަސް މިނެޓު ތެރޭގައި ދޫނުކުރެވޭނެ ސަބަބު ރައީސް އޮޅުންފިލުވައިދެއްވައިފި
ޕޭމަންޓް މޯލްޑިވްސްއާއެކު މާލީ ނިޒާމު ހަރުދަނާވެ، ފައިނޭންސް ފަސޭހަވާނެ : ގަވަރުނަރ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?