The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ރައީސް ސޯލިހުގެ ސަރުކާރުގައި ނުހިއްކިއޮތް ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ، ރައީސް މުޢިއްޒުގެ ސަރުކާރުން ހިއްކާ ނިންމައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 ހަފްތާ ago
SHARE

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނުހިއްކި އޮތް ހުޅުމާލޭގެ ތިންވަނަ ފިޔަވަހި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިއްކައި މިއަދު ނިންމާލައިފިއެވެ.

ކޮންގްރެސް ޕާޓީގެ ޖަގަހައިގައި ބޭއްވި ހާއްސަ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ހުޅުމާލޭގެ ތިންވަނަ ފިޔަވަހި މިހާރު އޮތީ އެއްކޮށް ހިއްކާ ނިމިފައި ކަމަށެވެ. މީގެ އިތުރުން، ކުރީ ސަރުކާރުން ”ކަނޑު ފަޅުން“ ދޫކޮށްފައިވާ ގޯތިތައް ހިއްކައި ނިންމައި، ރައްޔިތުންނާ ހަވާލުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ ބިޔަ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިންނެވެ. މި މަސައްކަތުގައި 22،000 ކިއުބިކް މީޓަރުގެ ބޮޑު ދެ ޑްރެޖަރު ކަމަށްވާ ”ޕްރިންސް ދަ ނެދަލޭންޑެން“ އަދި ”އޮރެންޖް“ ބޭނުންކޮށްފައިވެއެވެ.

މި މަޝްރޫއުގެ ތާރީޚަށް ބަލާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަސައްކަތް ފެށުމަށްފަހު، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމަށްޓަކައި މަސައްކަތްތަކަށް ކުޑަ މެދުކެނޑުމެއް އައެވެ. ނަމަވެސް، މި ސަރުކާރުން ނޮވެމްބަރު 10 ވަނަ ދުވަހު އަލުން މަސައްކަތް ފަށައި، ރެކޯޑު މުއްދަތެއްގެ ތެރޭގައި ވަނީ ބިން ހިއްކައި ނިންމާފައެވެ.

ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި އޮތީ ހިއްކާ ނިމިފައި މިހާރު، ގިރާވަރުފަޅު، ގުޅީފަޅުން ގޯތިތައް ދީ ނިމި ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތްވެސް ކުރިއަށް. ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެ، ދެ ޑްރެޖަރު އޮތީ އެތަނުގެ ކައިރީގައި، ރައީސް

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ”ރަސްމާލެ“ މަޝްރޫއުގެ މަސައްކަތްވެސް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި އަންނަ މާރިޗު ނުވަތަ އޭޕްރިލް މަހުގެ ތެރޭގައި އެތަނުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި، ލިޔުންތައް ހަވާލުކުރަން ފަށާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގަތެވެ.

މި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ތަދަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގްސަދުގައެވެ. ހުޅުމާލޭގެ އިތުރުން ގުޅީފަޅާއި، ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތްތަކަކީވެސް މި އަމާޒަށް ވާސިލްވުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކެކެވެ.

ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަށް ލޯނު ދޫކުރުމަށް ބީއެމްއެލްއާއެކު ސޮއިކޮށްފި
ގަސްތަކަށް ފެންދިނުމަށް ޚާއްސަ އިލެކްޓްރިކް ވެހިކަލްތައް ހޯދަނީ
’ރޯދަ ސާފު’ގެ ނަމުގައި ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
ރައީސްގެ ދެކަނބަލުން ދުވާފަރަށް
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?