The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ތާރީޚީ ކާމިޔާބީއެއް ހޯދި ޤައުމީ ޓީމަށް މަރުޙަބާ ކިއުން މިރޭ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 ހަފްތާ ago
SHARE

ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް) އިން ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތާރީޚީ ތަށި، ދިވެހިރާއްޖެއިން މިވަނީ ފަނޑުނުވާނެފަދަ ފުރިހަމަކަމެއް ލިބިގެންވާ މޮޅުވުމުގެ ރެކޯޑަކާއެކު ޙާސިލްކޮށްފައެވެ.
މިއީ މުޅި ޤައުމު ފަޚުރުވެރިވާފަދަ ކާމިޔާބީއަކަށްވާއިރު، މި ކާމިޔާބީ ފާހަގަކުރުމަށް، ސަރުކާރާއި، ގުޅުންހުރި މުއައްސަސާތަކާއި އިދާރާތަކާއި އަމިއްލަ ފަރުދުން ވެސް އަންނަނީ ވަރަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ. މުޅި ދިވެހިން އުފާކޮށްދިން ޤައުމީ ފުޓްސަލް ޓީމު ރާއްޖެ އަންނާނީ މިރެއެވެ.ޤައުމީ ފުޓްސަލް ޓީމުން މި ސަރަހައްދުގެ އެއްވަނަ ހޯދައިގެން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ބޯޓު ވެލާނަ އިންޓަނޭޝަނަލް އެއަޕޯޓަށް ޖެއްސުމާއެކު އުފާ ފާޅުކުރުމައި މަރުހަބާ ކިއުމުގެ ހަރަކާތްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހަމައިން ފެށޭނެއެވެ.

އެގޮތުން ވީއައިޕީން ޓީމަށް މަރުހަބާ ކިއުމާއި، އެއަޕޯޓުން ޓީމު މާލެ އައުމަށްފަހު އަމީނީ މަގާއި މަޖީދީ މަގުން ޕިކަޕުގައި އާންމުންނަށް ފެންނަ ގޮތަށް ޓްރޮފީއާއެކު ޓީމުން ދަތުރު ކުރާނެއެވެ. އަދި އާޓިފިޝަލް ބީޗަށް އައިސް ބީޗުގައި އޮންނަ ހަރަކާތްތަކުގައިި އާންމުންނާއެކު ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިން ބައިވެރިވާނެއެވެ.

މި ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ބާއްވާ ޙާއްސަ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާއި ކުޅީވަރާ ބެހޭ ވަޒީރު ބައިވެރިވެވަޑައިގަންނަވާނެއެވެ.މި ހަރަކާތުގެ ތެރެއިން ރައީސް، ޤައުމީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވާނެއެވެ.އަދި ރައީސްގެ އަތްޕުޅަށް ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޓްރޮފީ އެރުވުމަށް ވެސް ހަމަޖެހިފައިވާއިރު ހަވާ އެރުވުމުގެ ޙާއްސަ ހަރަކާތެއް ވެސް މިރޭ އޮންނާނެއެވެ.

ސަރުކާރުގެ އިތުރުން، އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ މި ހަރަކާތްތަކަށް ތައްޔާރުވަމުންނެވެ. އެގޮތުން ޓީމާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން ޤައުމީ ޖާޒީ ގަނެ، ތަރުހީބު ދިނުމަށް ބޭނުންކުރާނެ އާލާތްތައް ގަތުމުގެ މަސައްކަތް ވެސް ގިނަބަޔަކު އަންނަނީ ކުރަމުންނެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ނޭޕާލްގެ މައްޗަށް ރާއްޖެއިން ކުރިހޯދައިފި
މާލޭގައި ހުރި ސެލޫން އަކަށްވަދެ ތަކެއްޗަށް ގެއްލުންދީ މާރާމާރީ ހިންގި ފުލުހަކު ހައްޔަރުކޮށްފި
މާލެއާއި ހުޅުމާލެ ފެނުގެ ވިއުގަ ކުއްލި ހާލަތްތަކުގައި ބޭނުންކުރެވޭ ވަރަށް ނިމިއްޖެ
ހެންވޭރުގައި ތަރައްޤީކުރާ ޖީޕީ ކުލިނިކުގެ މަސައްކަތް މިމަހު ފަށަނީ
ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އޮސްޓްރޭލިއާގައި 15 ދިވެހިން ތަމްރީންވެއްޖެ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?