The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ކިޔަވާނިމޭއިރު ބަލިކަށި ބިންގަލެއް އޮތްނަމަ ޙަޔާތުގައި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ: ރައީސް

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

ދަރިވަރުން ކިޔަވައި ނިމިގެން ކުރިއަށްދާން ބަލާއިރު، ރެނދުއަޅާ ބަލިކަށި ބިންގަލެއް އޮތްނަމަ ޙަޔާތުގައި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހުޅުމާލޭ ފޭސް 2 ގައި މިއަދު ހުޅުވި ޝަހީދު ޢަލީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދަރިވަރުން ކިޔަވައި ނިމިގެން ބޮޑެތިމީހުންނަށްވެ، ކުރިއަށްދާން ބަލާއިރު ބިންގާއޮތީ ރެނދުއަޅާ ބަލިކަށިކޮށް ކަމަށްވާނަމަ، ޙަޔާތުގައި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި ސްކޫލްތަކަށް ދަރިވަރުން އަންނަނީ އެ ބިންގާ ވަރުގަދަކުރަންކަން ފާހަގަކުރައްވައި، އެކަން އެގޮތަށް ވުމަށް ނަފްސާނީ ގޮތުން ދަރިވަރުން ތައްޔާރުކޮށް މަގުދައްކައިދިނުމަކީ ޓީޗަރުންނާއި ބެލެނިވެރިންގެ ޒިއްމާއެއްކަން ރައިސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ. ހަމަ އެހެންމެ، އެކަމަށް މަގުފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މީގެ އިތުރުން، މުޖުތަމަޢުގައި އުޅޭ އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ހިމެނޭގޮތަށް ”އިންކްލޫސިވް އެޑިޔުކޭޝަން“ އަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު މި ހުޅުވުނު ޝަހީދު ޢަލީ ސްކޫލްގައި ވެސް އެ ފެސިލިޓީ ޤާއިމްވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް “އިންކްލޫސިވިޓީ“ އިތުރުކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދާނެކަމުގެ ޔަޤީންކަން ދެއްވައި، އެކަމަށް މިއަހަރު ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ހުޅުމާލޭ ފޭސް 2 ގައި މިއަދު ހުޅުވި ޝަހީދު އަލީ ސްކޫލްގައި އިއްޔެގެ ނިޔަލަށް 2000 އަށް ވުރެ ގިނަ ދަރިވަރުން އެންރޯލްވެފައިވާއިރު، ގްރޭޑް 1 އިން 10 އާއި ހަމައަށް ކިޔަވައިދޭން ނިންމާފައިވާ މި ސްކޫލުގައި 54 ކްލާސްރޫމް، 3 ސައިންސް ލެބް، 1 ލައިބްރަރީ އާއި، ކޮމްޕިއުޓަރު ލެބްގެ އިތުރުން، އިންޑޯ ހޯލަކާއި ބޭރުގައި ވެސް ކުޅިވަރު ކުޅޭވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މާދަމާރޭ ބާއްވަވާ ބައްދަލުވުން ޚާއްޞަކުރެވިފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް :ހީނާ
ރައީސްގެ އިރުޝާދުގެ ދަށުން މެދު އިރުމަތީގެ ހާލަތު މިދަނީ ގާތުން މޮނިޓަރ ކުރަމުން: މިނިސްޓަރ ޒަމީރު
އިމިގްރޭޝަންގެ ގުދަނުން ވައްކަންކުރި މީހަކު ހައްޔަރުކޮށްފި
ޑެންގީ ހުން ޖެހޭ މިންވަރު 490 އިންސައްތަ އިތުރުވެއްޖެ: ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ 62 ހެކްޓަރު ހިއްކައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?