The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އިތުރު އަތޮޅަކަށް އާރްޓީއެލްގެ ޚިދުމަތް ފަށަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ އިތުރު އަތޮޅަކަށް ”ރާއްޖެ ޓްރާންސްޕޯޓް ލިންކް“ (އާރްޓީއެލް) ފެރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަށާފައިވާ މި ބިޔަ މަޝްރޫޢުގެ ދަށުން، ޚިދުމަތް ދެމުންދަނީ ޖުމުލަ 6 ޒޯނަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން 4 ޒޯނެއްގައި މިހާތަނަށް ޚިދުމަތް ފަށާފައިވާއިރު، ޖުމުލަ 12 އަތޮޅެއް މި ނިޒާމުން ވަނީ ގުޅާލެވިފައެވެ. އެންމެ ފަހުން މި ޚިދުމަތް ތަޢާރަފުކޮށްފައިވަނީ ތ. އަތޮޅުގައެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ދެން އެންމެ އަވަހަށް ޚިދުމަތް ފަށާނެ އަތޮޅުތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިހާތަނަށް ޚިދުމަތް ނުފެށި އޮތީ ޒޯން 3 އަދި ޒޯން 4 ގައެވެ. ޒޯން 3 ގައި ހިމެނެނީ ކ، އއ، އދ އަދި ވ. އަތޮޅެވެ. ޒޯން 4 ގައި ހިމެނެނީ މ، ފ، ދ އަދި ލ. އަތޮޅެވެ.

މި ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެ ކުންފުނިން ވިދާޅުވީ، ބާކީ ހުރި އަތޮޅުތަކަށް ޚިދުމަތް ދިނުމަށް ބޭނުންވާ ފެރީތައް ބަނުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ. އަދި ތާވަލާ އެއްގޮތަށް ފެރީތައް ނިމެމުންދާ ވަރަކަށް، އަތޮޅުތަކަށް ޚިދުމަތް ފުޅާކުރަމުންދާނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

2022 ވަނަ އަހަރު ފެށި އާރްޓީއެލްގެ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންވެސް ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ރައީސުލްޖުމްހޫރިއްޔާ މިދިޔަ އޮކްޓޯބަރު މަހު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައިވަނީ، އަންނަ މާރިޗު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

އާރްޓީއެލް ފެރީގެ ނިޒާމަކީ ރައްޔިތުންނަށް އަގުހެޔޮކޮށް، އިތުބާރާއެކު ދަތުރުފަތުރު ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ޤާއިމުކުރަމުންދާ، ރައްޔިތުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ ޚިދުމަތެކެވެ.

ހުޅުމާލޭގައި ”ސްޓޭޓް އޮފް ދި އާރޓް“ ތެރަޕީ ސެންޓަރެއް ޤާއިމުކުރަނީ
ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން 105 ބިލިޔަން ރުފިޔާއަށް
މިއީ ޓީމުގެ މެނޭޖްމެންޓުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ : އެފްއޭއެމްގެ ރައީސް
ބޮޑު އީދުގެ ކުލަގަދަ ހަރަކާތްތައް މާފުށީގައި ބާއްވަން ތައްޔާރުވެއްޖެ
ރައީސް ސޯލިހުގެ ސަރުކާރުގައި ނުހިއްކިއޮތް ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ، ރައީސް މުޢިއްޒުގެ ސަރުކާރުން ހިއްކާ ނިންމައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?