The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކުގެ ހުކުމް މި ހަފުތާގައި އިއްވަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލްގެ އަނބިކަނބަލުން ކިމް ކެއޮން ހީގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނާއި ރިޝްވަތުގެ ބޮޑެތި ދައުވާތަކުގެ ތެރެއިން ފުރަތަމަ މައްސަލައިގެ ހުކުމް މި ހަފުތާގައި އިއްވުމަށް ތައްޔާރުވެއްޖެއެވެ.

މި ހުކުމް އިއްވުމަށް ހަމަޖެހިފައި މިވަނީ، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި އިންސާފަށް ހުރަސް އެޅުމުގެ ކުށުގައި އޭނާގެ ފިރިކަލުން އަދި ކުރީގެ ރައީސް ޔޫން ސުކް ޔޯލް ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.

އުމުރުން 52 އަހަރުގެ ކިމް ކެއޮން ހީ ހައްޔަރުކޮށްފައިވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ. އޭނާގެ މައްޗަށް ކުރެވޭ ތަހުގީގުތަކުގެ ތެރޭގައި 2010 އާއި 2012 އާ ދެމެދު ’ޑޮއިޗް މޮޓޯސް‘ ގެ ހިއްސާގެ އަގުތަކަށް ބަދަލު ގެނެސްގެން 800 މިލިއަން ވޮން (ގާތްގަނޑަކަށް 550،000 ޑޮލަރު) ހޯދި ކަމަށް ބުނާ މައްސަލަ ހިމެނެއެވެ. މީގެ އިތުރުން، ސިޔާސީ އަދި ވިޔަފާރީގެ ފައިދާ ހޯދައިދިނުމުގެ ބަދަލެއްގެ ގޮތުން އަގުބޮޑު ’ލަގްޒަރީ‘ ދަބަސްތަކާއި، އަލިމަސް ފަށާއި، އެހެނިހެން ހަދިޔާތައް ގަބޫލުކުރި ކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ވަނީ ކުރެވިފައެވެ.

ކިމްގެ މައްޗަށް ކުރެވޭ އަނެއް ބޮޑު ތުހުމަތަކީ 2022 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް، މިލިއަނުން އަގުހުރި ޚިޔާލު ހޯދުމުގެ ސާވޭތަކެއް ހިލޭ ހޯދައި އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް ބުނާ މައްސަލައެވެ. ނަމަވެސް، ކިމް ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވާފައެވެ.

މިއީ ދެކުނު ކޮރެއާގެ ތާރީޚުގައި ރައީސެއްގެ އަނބިކަނބަލުން ބަންދުގައި ހުންނަވަނިކޮށް ދައުވާ އުފުލައި ހުކުމް އިއްވާ ފުރަތަމަ ފަހަރެވެ.

ކިމް ކެއޮން ހީ އަކީ ފަސްޓް ލޭޑީގެ މަގާމަށް ވަޑައިގަތުމުގެ ކުރިންވެސް ގިނަ މައްސަލަތަކެއްގެ ތެރޭގައި އުޅުއްވި ބޭފުޅެކެވެ. އާޓް އެގްޒިބިޝަން ކުންފުންޏެއް ކަމަށްވާ ’ކޮވާނާ ކޮންޓެންޓްސް‘ ގެ ސީއީއޯގެ މަގާމު އަދާކުރެއްވި ކިމްގެ މައްޗަށް ޓެކްސްއަށް މަކަރު ހެދުމުގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ ޔުނިވާސިޓީ ތީސީސް ކޮޕީކޮށްފައިވާ ކަމަށް ބުނާ މައްސަލައިގައި 2025 ވަނަ އަހަރު އޭނާގެ ތައުލީމީ ސަނަދުވެސް ވަނީ ބާތިލުކޮށްފައެވެ.

2022 ވަނަ އަހަރުގެ އިންތިޚާބުގެ ކުރިން، އޭނާގެ ވަޒީފާގެ ތަޖުރިބާއާއި ތައުލީމީ ފެންވަރު އޮޅުވާލާފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކަށް ކިމް ވަނީ އާންމުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ. މިއީ ދެކުނު ކޮރެއާގެ ސިޔާސީ މަސްރަހަށް ބޮޑު ލޮޅުމެއް އަރާފައިވާ ދަނޑިވަޅެއްގައި އިއްވޭ މުހިންމު ހުކުމެއް ކަމަށް މުހައްލިލުން ދެކެއެވެ.

ހާވާޑް ޔުނިވަރސިޓީއަށް ބޭރު ޤައުމުތަކުގެ ދަރިވަރުން ވެއްދުން މަނާކޮށްފި
ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ⁠ޒިޔާ އަވަހާރަވެއްޖެ
އެޕަލްގެ ސީއީއޯގެ މަގާމުން ޓިމް ކުކް ވަކިވާން އުޅޭކަމުގެ އަޑުތައް ފެތުރިއްޖެ
ސީއެންއެންގެ މިލްކުވެރިކަން ބަދަލުކުރަން ޖެހޭ : ޓްރަމްޕް
ޑެންމާކުން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ނިންމައިފި!
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?