The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

މާމަ އާއި ކާފަ ދަރިން ބެލުމަކީ ނަފްސާނީ ބަލީގެ ނުރައްކާ އޮތް ކަމެއް: ދިރާސާ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

މާމަ އާއި ކާފަ ދަރިން ގަވާއިދުން ބެލުމަކީ ނަފްސާނީ ބަލިމަޑުކަމާއި މާޔޫސްކަމަށް މަގުފަހިވާ ކަމެއް ކަމަށް ދާދި ފަހުން ކުރި ދިރާސާއަކުން ދައްކައިފިއެވެ. ކުޑަކުދިންނާއެކު ވަގުތު ހޭދަކުރުމަކީ އުފާވެރިކަން ލިބޭ ކަމެއް ނަމަވެސް، މާ ގިނައިން އެކުދިން ބެލުމުގެ ޒިންމާ އުފުލަން ޖެހުމުން ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރާކަން މި ދިރާސާއިން ވަނީ ހާމަވެފައެވެ.

އީރާނުގެ ތެހެރާންގައި ހުންނަ ޝަހީދު ބެހެޝްތީ ޔުނިވަރސިޓީ އޮފް މެޑިކަލް ސައިންސަސްގެ ސައިކޮލޮޖިސްޓުން ކުރި މި ދިރާސާގައި 400 އަށްވުރެ ގިނަ ދޮށީ އުމުރުގެ ދެމަފިރިން ބައިވެރިކޮށްފައިވެއެވެ. މި ދިރާސާގައި ބަލާފައިވަނީ އެމީހުން މާމަ/ކާފަ ދަރިން ބަލާ މިންވަރާއި، އެކަމުގެ ސަބަބުން އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަންނަ ބަދަލުތަކަށެވެ.

ބީ.އެމް.ސީ ސައިކޮލޮޖީ ޖާނަލްގައި ޝާއިޢުކޮށްފައިވާ މި ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި، އުމުރުން 60 އަހަރުން މަތީގެ މީހުން ހަ އަހަރުން ދަށުގެ ކުދިން ބަލާނަމަ، މާޔޫސްވުމުގެ (ޑިޕްރެޝަން) ނުރައްކާ ބޮޑުވެއެވެ. ނަމަވެސް އުމުރުން 50 އާއި 60 އަހަރާ ދެމެދުގެ މީހުންގެ ފަރާތުން މިފަދަ އަލާމާތްތަކެއް ފާހަގަކުރެވިފައެއް ނުވެއެވެ.

ބްރިޓިޝް ޗެރިޓީ ”އޭޖް ޔޫކޭ“ އިން ހާމަކުރާ ގޮތުގައި، ގާތްގަނޑަކަށް ފަސް މިލިއަން މާމަ އާއި ކާފަ ގަވާއިދުން ކުދިން ބެލުމުގެ ޒިންމާ އުފުލައެވެ. މީގެ ތެރެއިން 90 އިންސައްތަ މީހުން ހަފުތާއަކު އެއްފަހަރު ކުދިން ބަލާއިރު، 10 އިންސައްތަ މީހުން ކޮންމެ ދުވަހަކު ކުދިން ބަލައެވެ. މިކަމުގެ ސަބަބުން ދޮށީ އުމުރުގެ މީހުންނަށް ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުންނާއި، އަދި މާލީ ގޮތުން ވެސް ބުރަ ބޮޑުވެގެންދެއެވެ.

ދިރާސާގައި ބުނެފައިވާ ގޮތުގައި، ގިނަ މާމަ އާއި ކާފަ މި ޒިންމާ އުފުލަނީ އެމީހުންގެ ދަރިންނަށް ވަޒީފާ އަދާކުރުމަށް ފުރުސަތު ދިނުމަށާއި އާއިލާއަށް އެހީތެރިވުމަށެވެ. ކުދިން ބެލުމަކީ ދޮށީ އުމުރުގެ މީހުން އެކަނިވެރިކަމުން ދުރުކޮށް، ހަރަކާތްތެރިކޮށް ބެހެއްޓުމަށް އެހީތެރިވާ ކަމެއް ނަމަވެސް، ހަކަތަ ބޭނުންވާ ކުޑަކުދިން ބެލުމަކީ އެމީހުންނަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ހާއްސަކޮށް ވަޒީފާއިން ރިޓަޔާކޮށްފައިވާ މީހުންނަށް، ކުދިން ބެލުމުގެ ތެރޭގައި ހިނގާ އިތުރު ޚަރަދުތަކުގެ ސަބަބުން މާލީ ދަތިތަކާ ކުރިމަތިލާންޖެހުމަކީ ވެސް ނަފްސާނީ ބަލިމަޑުކަމަށް މަގުފަހިވާ ސަބަބެއް ކަމަށް މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ޒުވާނަކު ދަތްކޮށްޓާ އިލޮށިން އައިފަލް ޓަވަރު ހަދައި ގިނަސް ވޯލްޑް ރެކޯޑް ހޯދައިފި
އަޮސްޓްރޭލިއާގައި ވިޓަމިން ބީ6 ގިނައިން ހިމެނޭ ސަޕްލިމެންޓް އާންމުކޮށް ވިއްކުން މަނާކޮށްފި!
ފައިދާގެ ގޮތުން ، ޓަރނިޕްއަކީ ”ޕަވްރ ހައުސް“ އެއް
ޔޯގަޓް އާދަކޮށް ކެއުމުން ކޮލޮރެކްޓަލް ކެންސަރުން ރައްކާތެރިކޮށްދިނުމުގެ ފުރުސަތު ބޮޑު!
’ސްޓްރޭންޖަރ ތިންގްސް‘ ނިމުނު ނަމަވެސް، ސިއްރު އެޕިސޯޑެއްގެ އަޑުތަކާއެކު ފޭނުންގެ ފޯރި ގަދަވެއްޖެ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?