The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ޗައިނާގެ ސައިންސްވެރިން އިސްތަށްޓަކަށްވުރެ ހިމަ ، އާދަޔާޚިލާފު ވަރުގަދަ ފްލެކްސިބަލް ޗިޕެއް އުފައްދައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

ޓެކްނޮލޮޖީގެ ދުނިޔޭގައި ބޭނުންކުރާ ސެމީކޮންޑަކްޓަރ ޗިޕްތަކަކީ ޑިޖިޓަލް އާލާތްތަކުގެ މައިބަދައެވެ. މިހާރުވެސް މިފަދަ ޗިޕްތަކަކީ ވަރަށް ކުދި އެއްޗިއްސަށް ވީނަމަވެސް، ޗައިނާގެ ސައިންސްވެރިން މިވަނީ މި ދާއިރާއިން އާދަޔާޚިލާފު ކުރިއެރުމެއް ހޯދާފައެވެ.

ޗައިނާގެ ފޫޖިއަން ޔުނިވަރސިޓީގެ ތަޖުރިބާކާރުން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާގޮތުގައި، އެ ފަރާތްތަކުން މިވަނީ އިންސާނެއްގެ އިސްތަށްްޓަކަށްވުރެ ތުނި، ނަމަވެސް ބަރުދަނަށް އާދަޔާޚިލާފަށް ބާރުހުރި ފްލެކްސިބަލް ފައިބަރ ޗިޕެއް އުފައްދާފައެވެ. މި އާ އީޖާދަކީ ފޮތީގެ ބާވަތްތަކާއި އިންސާނާގެ ހަށިގަނޑާވެސް ގުޅުވާލެވޭ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ޗިޕެކެވެ.

އާންމުކޮށް ބޭނުންކުރާ ސިލިކަން ޗިޕްތަކާ ޚިލާފަށް، މި ފައިބަރ ޗިޕަކީ އެކި ގޮތްގޮތަށް ލަންބާލެވޭ ފަދަ މަޑު އެއްޗެކެވެ. ދިރާސާގައި ހާމަކޮށްފައިވާ ގޮތުގައި މި ޗިޕް އެތައް ހާސް ފަހަރަކު ލަންބާލުމުންވެސް އެއްވެސް ގެއްލުމެއް ނުވެއެވެ. އަދި މިއަށްވުރެ ބޮޑު ހައިރާންކަމެއް ލިބިގެންދަނީ، އެތައް ޓަނެއްގެ ބަރުދަން ހުންނަ ލޮރީއެއް މި ޗިޕްގެ މަތިން ދިޔަ ނަމަވެސް، އެއްވެސް ހަލާކެއްނުވެ މިއަށް މަސައްކަތްކުރެވޭތީއެވެ.

ޓެކްނޮލޮޖީގެ ދުނިޔޭގައި ބޭނުންކުރާ ސެމީކޮންޑަކްޓަރ ޗިޕްތަކަކީ ޑިޖިޓަލް އާލާތްތަކުގެ މައިބަދައެވެ. މިހާރުވެސް މިފަދަ ޗިޕްތަކަކީ ވަރަށް ކުދި އެއްޗިއްސަށް ވީނަމަވެސް، ޗައިނާގެ ސައިންސްވެރިން މިވަނީ މި ދާއިރާއިން އާދަޔާޚިލާފު ކުރިއެރުމެއް ހޯދާފައެވެ.

މި ޗިޕް އުފެއްދުމުގައި ސައިންސްވެރިން ބޭނުންކުރީ ”ސުޝީ ރޯލް“ އިން އިންސްޕިރޭޝަން ހޯދައިގެން ވަރަށް ތަފާތު އުކުޅެކެވެ. އާންމުކޮށް ބޭނުންކުރާ ސިލިކަން ޗިޕްތަކަކީ ލަންބާލުމުން ވަގުތުން ބިނދިގެންދާ އެއްޗަކަށް ވާތީ، ހަށިގަނޑުގައި އަޅާ ޓެކްނޮލޮޖީގެ އާލާތްތަކުގައި އެފަދަ ޗިޕް ބޭނުންކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

މި އާ ޗިޕް އުފެއްދުމަށްޓަކައި، ފޫޖިއަން ޔުނިވަރސިޓީގެ ޓީމުން ފުރަތަމަ އާންމު ޗިޕެއް ތައްޔާރުކުރުމަށްފަހު، އޮމާން ޕޮލިމާ ޝީޓެއް ބޭނުންކޮށްގެން އޭގެ ބޭރުން ރައްކާތެރި ފަށަލައެއް ލެވިއެވެ. އޭގެ ފަހުން، ޗިޕް ލަންބާއިރު ގެއްލުން ނުވާނެހެން އޭގެ ބޯމިން ތުނިކުރަމުން ގޮސް އިންސާނެއްގެ އިސްތަށްޓަކާ އެއްވަރު ކުރިއެވެ.

މި އާދަޔާޚިލާފު ޗިޕަކީ 180 ޑިގްރީއަށް ލަންބާލެވޭ، ފެނުން ދޮވުނަސް ހަލާކުނުވާ އަދި 100 ޑިގްރީ ސެލްސިއަސްގެ ހޫނުމިނުގައިވެސް އޭގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދާ އެއްޗެކެވެ. ސައިންސްވެރިން ވިދާޅުވާ ގޮތުގައި މިއީ މިވަގުތު ކޮންސެޕްޓެއްގެ ގޮތުގައި އޮތް އީޖާދެއް ކަމުން، އާންމު ވިޔަފާރި ބާޒާރަށް މި ޗިޕް ނެރުމަށް އަދި ދުވަސްތަކެއް ނަގާނެއެވެ.

ސޯޝަލް މީޑިއާގެ ނުރައްކާތަކުން ރައްކާތެރިކުރުމަށް ނިއުޔޯކުން ގާނޫނެއް ފާސްކޮށްފި
ޑެންމާކުން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ނިންމައިފި!
ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ⁠ޒިޔާ އަވަހާރަވެއްޖެ
ސީއެންއެންގެ މިލްކުވެރިކަން ބަދަލުކުރަން ޖެހޭ : ޓްރަމްޕް
އިސްތަށި ފޭބުމުގެ މައްސަލައަށް ސަރުކާރުން އެހީވާން ދެކުނު ކޮރެއާގެ ރައީސް ގޮވާލައްވައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?