The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ (ހެކް) ފެސިލިޓީ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލީ ވުޒާރާއިން އިޢުލާންކޮށްފި އެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ފެސިލިޓީ އަކީ ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ އެހީގައި ހިންގަމުންދާ އެންހޭންސިން ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓްގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުޞޫލުން ޤާއިމްކުރާ ފެސިލިޓީއެއް ކަމަށެވެ.

އެގޮތުން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ވިދާޅުވީ، މިނިސްޓްރީ އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ބޭނުމަށް ޑިޒައިން އެންޑް ބިލްޑް އުޞޫލުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ (ހެކް) ފެސިލިޓީ އިމާރާތް ކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރަސަތު ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.  އަދި ބީލަން ކުރިއަށްގެންދިއުމަށް ނިންމާފައި ވަނީ، އިމާރާތްކުރުމާ ބިނާރާބެހޭ ވުޒާރާގެ ”ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ޤަވާއިދު“ އާއި އުޞޫލުތަކާއި، އިޤްތިޞާދީ ވުޒާރާގެ “ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ“ އާއި އެއްގޮތަށްކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން، މި ޕްރޮޖެކްޓަކީ އޯޕަން ކޮމްޕެޓިޓިވް ބިޑިންގ (އޯ.ސީ.ބީ) އުޞޫލުގެ މަތިން، ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުޞޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއްކަމުން، ބިޑަށް ޝަރުތު ހަމަވާނީ، ފާއިތުވި 3 އަހަރު ކުންފުނީގެ މާލީ ތަނަވަސްކަމުގެ ގޮތުގައި އެވްރޭޖްކޮށް 2،500،000.00 ޔޫ.އެސް ޑޮލަރުލިބިފައިވާއި ފަރާތްތަކާއި، ފާއިތުވި 5 އަހަރު ތެރޭގައި މިބާވަތުގެ 2 މަސައްކަތްކޮށް، އަދި މަސައްކަތުގެ އަގު މަދުވެގެން 1،500،000.00 ޔޫ.އެސް ޑޮލަރު ޖެހިފައިވާ ފަރާތްތަކަށްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ، އެއްގޮތް މަސައްކަތް ކަމަށް ބަލާނީ، އެއް ކޮންޓްރެކްޓެއްގެ ދަށުން އިމާރާތް ފަރުމާކުރުމާއި، އިމާރާތްކުރުމާއި، އަދި ޔުޓިލިޓީޒް އާއި އެހެނިހެން ޚިދުމަތްތައް ޤާއިމުކުރުން ހިމެނޭ މަސައްކަތަށްކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

ދޮށީއުމުރު މީހުންނާ ބެހޭ ޤައުމީ ޢަމަލީ ޕްލޭން އިފްތިތާޙު ކޮށްފި!
މީރާ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ޒައިދާންގެ 11 މައްްސަލަ މިހާރުވެސް ދަނީ ބަލަމުން، މިފަދަ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފި
މާލޭ ޒޯނަށް ރަޖިސްޓްރީ ކުރާ ވެހިކަލްތަކުގެ ޢަދަދު ދަށަށް!
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?