The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

މެލަނިއާ ޓްރަމްޕް ތައްޔާރުކުރި ފިލްމު ވައިޓް ހައުސްގައި ދައްކާލަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވުމާ ހަމައަށް ހިނގައިދިޔަ 20 ދުވަހުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ”މެލަނިއާ“ ފިލްމުގެ ޚާއްޞަ ދައްކާލުމެއް ކުރިއަށް އޮތް ހޮނިހިރު ދުވަހު ވައިޓް ހައުސްގައި ބޭއްވުމަށް ނިންމައިފިއެވެ.

މެލަނިއާ ޓްރަމްޕް އިސްވެ ހުންނަވައިގެން ބާއްވާ މި ޚާއްޞަ ހަފުލާއަކީ ރައީސް ޓްރަމްޕާއި، އެމަނިކުފާނުގެ އާއިލާ އަދި ގާތް ރަހުމަތްތެރިންނަށް މި ފިލްމު ފުރިހަމައަށް ފެނިގެންދާނެ ފުރަތަމަ ފަހަރު ކަމަށް މެލަނިއާގެ އެޑްވައިޒަރު މާކް ބެކްމަން ވިދާޅުވިއެވެ. މި ފިލްމު މުޅި ދުނިޔެއަށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުއެވެ.

މި ފިލްމުގައި މެލަނިއާ ޓްރަމްޕްގެ އާންމު ދިރިއުޅުމުގެ ނުފެންނަ ގިނަ މަންޒަރުތަކެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގެ މަންޒަރުތަކާއި، ރައީސް ޓްރަމްޕްގެ އިރުޝާދުދޭ ބޭފުޅެއްގެ ހައިސިއްޔަތުން މެލަނިއާ އަދާކުރެއްވި ދައުރު ފެނިގެންދެއެވެ. ވަކިން ޚާއްޞަކޮށް، ރައީސްގެ އިފުތިތާހީ ތަގުރީރުގައި ”ސުލްހަވެރިއަކަށް އަދި އެއްބައިވަންތަކުރާ ފަރާތަކަށް“ ވުމަށް ބާރުއެޅުމަށް މެލަނިއާ އެދިވަޑައިގަންނަވާ މަންޒަރު ފިލްމުގައި ހިމެނެއެވެ.

އެމެޒޯންގެ އެމް.ޖީ.އެމް ސްޓޫޑިއޯސްއާއެކު 40 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން އުފެއްދި މި ފިލްމަކީ ސިޔާސީ ފިލްމެއް ނޫން ކަމަށާއި، މިއީ މެލަނިއާގެ އަމިއްލަ އިރުޝާދުގެ ދަށުން ތައްޔާރުކުރި ފިލްމެއް ކަމަށް އޭނާގެ އެޑްވައިޒަރު ވިދާޅުވިއެވެ. ފިލްމުގައި މެލަނިއާގެ ފެޝަން ކޮލެކްޝަންތަކާއި، ޑިޕްލޮމެޓިކް ދަތުރުފުޅުތަކުގެ އިތުރުން ސީކްރެޓް ސާވިސްގެ ސަލާމަތީ ކަންކަން ކުރިއަށްދާ ގޮތް ވެސް ދައްކުވައިދެއެވެ.

މި ފިލްމު ޕްރޮމޯޓްކުރުމުގެ ގޮތުން މެލަނިއާ ޓްރަމްޕް އަންނަ ބުދަ ދުވަހު ނިއުޔޯކް ސްޓޮކް އެކްސްޗޭންޖް ހުޅުވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންނަ ބުރާސްފަތި ދުވަހު ޓްރަމްޕް-ކެނެޑީ ސެންޓަރުގައި މި ފިލްމުގެ ބޮޑު ޕްރިމިއާއެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، މެލަނިއާ އިސްކަންދެއްވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް، ވަކިން ޚާއްޞަކޮށް ފޮސްޓާ ކެއާ ނުވަތަ ބެލެނިވެރިކަމެއް ނެތް ކުދިންނަށް އެހީތެރިވުމާ ގުޅޭ ޑޮކިއުމަންޓްރީ ސިލްސިލާއެއް ވެސް މިއަހަރުގެ ފަހުކޮޅު ނެރުމަށް ވަނީ ރޭވިފައެވެ.

ލީބިޔާގެ މި މީހާ ނުލައި ޙައްޖަށް ފުރަން އުޅުން ދެ ފަހަރުވެސްވީ ނާކާމިޔާބު
ކެބިނެޓް ބައްދަލުވުމުގައި ނިދުނީކީނޫން ، ފޫހިވީ : ޓްރަމްޕް
ގެއްލުނު ނިއުކްލިއަރ ޖާސޫސީ ނިޒާމު: 60 އަހަރު ފަހުން ވެސް ރައްޔިތުން ތިބީ ބިރުވެރިކަމެއްގައި
ލެނޯވޯއިން އޮޅާލެވޭ ސްކްރީނެއް ހިމެނޭ ތަފާތު ލެޕްޓޮޕެއް ދައްކާލައިފި
ޓްވިޓަރގެ ޓްރޭޑްމާކް ބާތިލްކުރުމަށް ދަޢުވާކޮށްފި!
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?