The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ވިހަފަރުގައި ތަރައްޤީކުރާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

ނޫނު އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމަށްޓަކައި އެ އަތޮޅު ވިހަފަރުގައި ތަރައްޤީކުރާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ވިހަފަރުފަޅުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ސަރުކާރުން މި މަޝްރޫޢު ކުރިއަށްގެންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ޙަވާލުކޮށްގެންނެވެ. ވިހަފަރު އެއަރޕޯޓް މަޝްރޫޢުގެ ދަށުން ޖުމްލަ 42 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ބިން ހިއްކުމަށް ހަމަޖެހިފައިވަނީ ކަނޑުގެ ލޮނުގަނޑަށްވުރެ 1.6 މީޓަރު އުސްމިނުގައެވެ.

މި އެއަރޕޯޓަކީ 1800 މީޓަރު ދިގު ރަންވޭއަކާއެކު ތަރައްޤީކުރާ އެއަރޕޯޓެކެވެ. ރަންވޭގެ އިތުރުން، ޒަމާނީ ޓަރމިނަލަކާއި އޭޕްރަންގެ އިތުރުން، އެއަރޕޯޓެއްގެ އޮޕަރޭޝަންތަކަށް ބޭނުންވާނެ އެންމެހާ ވަޞީލަތްތައް މި މަޝްރޫޢުގެ ދަށުން ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.

ވިހަފަރުގައި އެއަރޕޯޓެއް ތަރައްޤީކޮށްދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ، މިދިޔަ ޖުލައި މަހު އެމަނިކުފާނު ނޫނު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ނ. ހޮޅުދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ ދުވަހު ރައީސް ވިދާޅުވީ، ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ ހިމެނޭ ސަރަހައްދަށް ޑޮމެސްޓިކް އެއަރޕޯޓެއް އިންތިހާއަށް މުހިންމު ކަމަށާއި، ސަރުކާރުގެ ތަރައްޤީގެ މިންގަނޑުތަކަށް ބަލާއިރުވެސް އެ ސަރަހައްދުގައި އެއަރޕޯޓެއް އޮތުމަކީ ލާޒިމު ކަމެއް ކަމަށެވެ. އެހެންކަމުން، ވެލިދޫ ކައިރީގައި އޮންނަ ވިހަފަރުގައި އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ނިންމެވީކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ މި އެއަރޕޯޓުގެ އަމަލީ މަސައްކަތް މިއަހަރުގެ ކުރީކޮޅު ފަށައި، ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މި މަޝްރޫޢު ނިމުމާއެކު ނޫނު އަތޮޅުގެ ދެކުނު ބިތުގެ ރަށްތަކަށް ދަތުރުފަތުރުގެ ފަސޭހަކަން ލިބި، އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

ޑެންގީ ހުން ޖެހޭ މިންވަރު 490 އިންސައްތަ އިތުރުވެއްޖެ: ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ވެލާނާ އެއަރޕޯޓުގެ ޓެކްސީ ކިއުގައި ހަމަނުޖެހުން ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި
ޔުމްނުގެ މައްސަލަ ތަހުޤީޤު ކުރަން އުފެއްދި ޚާއްސަ ކޮމިޝަންގެ ތަޙުޤީޤު ނިންމައި، ރައީސަށް ރިޕޯޓް ފޮނުވައިފި
ހޯރަފުށީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި
ރާއްޖޭގައި އިންވެސްޓްކުރުމަށް އޮތް ޝައުޤުވެރިކަމާ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެއްޖެ : ވަޒީރު ސައީދު
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?