The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު ފަށައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ބިން ހިއްކުމުގެ މަސައްކަތަށް ރާއްޖެއަށް ގެނެސްފައިވާ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ ”ޓްރެއިލިން ސަކްޝަން ހޮޕަރ ޑްރެޖަރ އޮރަންޖީ“ އިންނެވެ. މިއީ އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ ބޮޑު ޑްރެޖަރެކެވެ. ރައީސް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ނިމިގެންދާނީ ގިރާވަރު ފަޅުގެ މަސައްކަތެވެ.

މަޝްރޫއުގެ ތަފްސީލު
މި މަހުގެ 22 ވަނަ ދުވަހު އާންމުކޮށްފައިވާ އީއައިއޭ ރިޕޯޓުގައިވާ ގޮތުން، ގިރާވަރު ފަޅުން ޖުމުލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިން އެކި ފިޔަވަހިތަކަށް ބަހާލައިގެން 56 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، މިހާރު ފަށާފައިވާ މަސައްކަތުގެ ދަށުން އިތުރަށް 113 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މި ފަހަރު ހިއްކުމަށް ހަމަޖެހިފައިވަނީ ފަޅުގެ ނިސްބަތުން ވަރަށް ފުން ސަރަހައްދުތަކެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ގޯތި ދޫކުރުމާއި ލޭންޑް ޔޫސް ޕްލޭން
ގިރާވަރު ފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލުމާ ގުޅިގެން، އެ ފަޅުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި އަލުން ގުރު ނެގުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ދަށުން ޖުމުލަ 4072 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 1250 އަކަފޫޓުގެ 2603 ގޯތި
  • 1650 އަކަފޫޓުގެ 1214 ގޯތި
  • 2050 އަކަފޫޓުގެ 254 ގޯތި
  • 2450 އަކަފޫޓުގެ 1 ގޯތި

ސަރުކާރުން ވިދާޅުވީ މި މަޝްރޫއަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ. ގިރާވަރު ފަޅުގެ އިތުރުން ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ރަސްމާލެ ހިއްކުމުގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރިއަށްދާކަން ސަރުކާރުން ފާހަގަކުރައްވައެވެ.

ދޯސްތީގެ 17ވަނަ އެޑިޝަން ރަސްމީކޮށް އިފްތިތާޙުކޮށްފި
ރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް ”އައިލާ މަޝްރޫޢު“
މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މާރުކޭޓް ސަރަޙައްދަށް ވަޑައިގެންފި
’ރޯދަ ސާފު’ގެ ނަމުގައި ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
ބަންޑުން ޖަހާލި ބޯޓުން ގެއްލުނު ދިވެހި މީހާ ނިޔާވެފަ އޮއްވާ ފެނިއްޖެ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?