The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ރޯދައިގެ ކުރިން ބާޒާރުމަތީ މަގު ހަދައި ނިންމަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

މާލޭގެ ބާޒާރުމަތީ ސަރަހައްދު ނުވަތަ ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް 2 ގެ މަސައްކަތްތައް ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އެއްކޮށް ނިންމާލެވޭނެކަމުގެ ޔަޤީންކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދީފިއެވެ.

އެ ކުންފުނިން ބުނީ ބާޒާރުމަތީ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރުވަސް ޢަބްދުﷲ ފާއިޒު ވިދާޅުވީ، މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ފެށި މި މަސައްކަތުގެ 76 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މިވަގުތު ކުރިއަށްދަނީ ކީވޯލްގެ މަސައްކަތްތަކާއި، ކޮންކްރީޓް، ޕެނަލް އަދި ޖެޓީގެ މަސައްކަތްތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝަރުވަސް ވިދާޅުވީ، ”މިހާރުވެސް ހަަމަ ޝެޑިއުލާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށްމިދަނީ. ވަރަށް ޓައިޓް ޝެޑިއުލެއް އަދި ރޯދައަށްވެސް ވަރަށް ބޮޑަށް ކުޑަތަންވެފައި މިވަނީ. އެހެންނަމަވެސް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ރޯދަމަހުގެ ކުރިން މި މަސައްކަތް އެއްކޮށް ނިންމާ އާންމުންނަށް ހުޅުވާލެވޭނެކަން.“

މަޝްރޫޢުގެ ތާވަލާ އެއްގޮތަށް މަސައްކަތްތައް ނިމުމާއެކު، މަގުގައި ތާރުއެޅުމަށް ވާންޖެހޭ ތައްޔާރީތައް ފެށޭނެއެވެ. މީގެ ތެރޭގައި ފެން ހިންދާ ނިޒާމުތައް ހަރުކުރުމާއި ދުވާރު އެޅުމުގެ މަސައްކަތްތައް ހިމެނެއެވެ. ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީކުރާނެއެވެ.

މުޅި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1,088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.

މި މަސައްކަތް އެއްކޮށް ނިމުމުން ބާޒާރުމަތީ ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ ސަރަޙައްދަކަށް ވެގެންދާނެއެވެ. މީގެ އިތުރުން ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
އިންތިހާބާ ދިމާކޮށް ކޮރަޕްޝަންގެ އަމަލެއްގެ މައުލުމާތު ލިބިއްޖެނަމަ ރިޕޯޓްކުރުމަށް އިލްތިމާސްކޮށްފި
ދަނޑުވެރިންގެ އުފެއްދުންތައް ވިއްކުމަށް ރޯދައަށް ޚާއްޞަ ވަގުތީ މާރުކޭޓެއް ގާއިމުކުރަނީ
ކާރު އެކްސިޑެންޓެއްގައި ލިވަޕޫލްގެ ޖޮޓާ މަރުވެއްޖެ
ބޮޑެތި ޑިސްކައުންޓްތަކާއި އެކު ކައިލާން ޓްރެންޑްސްގެ އަހަރީ ސޭލް ފަށައިފި!
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?