The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ދެކުނުގެ ހަތަރު އެއާޕޯޓު ވައިގެ މަގުން ގުޅާލައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ކުދި މަތިންދާބޯޓު މެދުވެރިކޮށް ވައިގެ މަގުން ގުޅާލުމުގެ ބޮޑު މަޝްރޫއު މިއަދު ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ. ގައުމީ އެއާލައިން، މޯލްޑިވިއަނުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ގއ. އަތޮޅު، ގދ. އަތޮޅު، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ އެއް ވިއުގައަކުން ގުޅާލެވޭނެއެވެ.

ދެކުނުގެ އަތޮޅުތައް ރަސްމީކޮށް ގުޅާލުމަށްޓަކައި މިއަދު ހަވީރު އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި ދަތުރުތައް ފެށުމުގެ ހުއްދަ މޯލްޑިވިއަނާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީނެވެ. މޯލްޑިވިއަންގެ ފަރާތުން މި ހުއްދައާ ހަވާލުވެވަޑައިގެންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަށްރަށުގައި އެއާޕޯޓު އެޅުމުގެ ބަދަލުގައި ކުދި މަތިންދާބޯޓު ޖެއްސޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފެށުނު މުހިންމު މަސައްކަތެކެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 15 މީހުންގެ ޖާގައިގެ ޑީއެޗްސީ-6-300 ޓްވިން އޮޓާ ބޯޓުތަކެވެ. މި ބޯޓުތައް އެއްގަމު ރަންވޭތަކަށް ޖެއްސޭ ގޮތަށް މިހާރު ވަނީ ބަދަލުތައް ގެނެސްފައެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، އަންނަ މަހު ފަށާ މި ދަތުރުތަކަކީ ހަފުތާގެ ކޮންމެ ދުވަހަކުވެސް ކުރިއަށްދާނެ ދަތުރުތަކެއް ކަމަށެވެ. މީގެ ސަބަބުން ދެކުނުގެ ރައްޔިތުންނަށް ދަތުރުފަތުރުގައި ބޮޑު ލުޔެއް ލިބި، އިޖުތިމާއީ އަދި އިގުތިސާދީ ގުޅުންތައް ބަދަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މި ޚިދުމަތުގެ ސަބަބުން ދެކުނުގެ ފަތުރުވެރިކަމަށްވެސް ބޮޑު ކުރިއެރުމެއް ލިބޭނެކަން އިޔާސް ފާހަގަކުރެއްވިއެވެ.

މި ދަތުރުތަކުގެ އަގުތައް މޯލްޑިވިއަނުން މިހާރު ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން:

  • ގަން – ފުވައްމުލަކު: 500 ރުފިޔާ
  • ގަން – ކާޑެއްދޫ / ކޫއްޑޫ: 900 ރުފިޔާ
  • ފުވައްމުލަކު – ކާޑެއްދޫ / ކޫއްޑޫ: 650 ރުފިޔާ

މޯލްޑިވިއަނުން ހާމަކުރި ގޮތުގައި މި ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މި ޚިދުމަތުގެ މައިގަނޑު މަގުސަދަކީ ދެކުނުގެ އަތޮޅުތައް އެއްފަސްކޮށް، ސަރަހައްދީ ދަތުރުފަތުރުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމެވެ.

ޝާހީ މަސްއޫލިއްޔަތުތަކުން ދުރުވި ހެރީއަށް ދައުލަތުގެ ފައިސާ ލިބޭތީ ޕްރިންސް ވިލިއަމް ހިތްހަމަނުޖެހިއްޖެ
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
މޯލްޑިވިއަނުން ޅ. މަޑިވަރު އެއަރޕޯޓަށް ކުރާ ދަތުރުތައް އިތުރުކޮށްފި
ރާއްޖޭގައި އިންވެސްޓްކުރުމަށް އޮތް ޝައުޤުވެރިކަމާ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެއްޖެ : ވަޒީރު ސައީދު
އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ފަސްޓްލޭޑީ ފޮނުއްވައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?