The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ތިލަފުށީގައި ބޭންކް އޮފް މޯލްޑިވްސް އޭޓީއެމް ބަހައްޓައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

ތިލަފުށީގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމްއެއް ބަހައްޓައި، ޚިދުމަތް ދޭން ފަށައިފިއެވެ.ތިލަފުށީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި، ބީއެމްއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު އެއް އިންޑަސްޓްރިއަލް ނުވަތަ ސިނާޢީ މަސައްކަތްތައް ކުރާ ސަރަހައްދުގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވިގެން ދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުކުރެެއްވުމުގައި، އެފަރާތްތަކުން ހުށަހެޅި އެންމެ މުހިންމު އެއް ކަމަކީ، ތިލަފުށީގައި އޭޓީއެމްގެ ޚިދުމަތް ނެތުން ކަމަށެވެ. އެހެންކަމުން މި ރަށުގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވިގެންދިއުމަކީ އެތައް ޒަމާނެއް ވަންދެން ވިޔަފާރިވެރިން އެދެމުން ދިޔަ ކަމަކަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

”މި ބޮޑު އިންޑަސްޓްރިއަލް ޒޯނުގައި އޭޓީއެމްގެ ހިދުމަތް ފެށުމަކީ ހަމަޔަގީނުންވެސް މިތަނުގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް. މި ހިދުމަތާއެކު، ލޮޖިސްޓިކްސްގެ ގޮތުންނާއި އެހެނިހެން ބޭނުންތަކަށް ފައިސާ ނެގުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ނިމުމެއް އަންނާނެ. މިއީ ތިލަފުށީގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި ވިޔަފާރިތަކަށް ވަގުތާއި ހަރަދު ސަލާމަތްކުރެވޭނެ މުހިންމު ފިޔަވަޅެއް.“ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ތިލަފުށީގައި ހުޅުވާފައިވާ އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. އަދި މީގެ ސަބަބުން އެރަށުގައި މަސައްކަތްކުރާ ފަރާތްތަކަށް މާލެ ނައިސް ރުފިޔާ ޖަމާކުރުމާއި ނެގުމަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށް އެ ބޭންކުން ވަނީ ފާހަގަކުރައްވާފައެވެ.

”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އޭޓީއެމް ގާއިމުކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އަދި އެންމެ 9 މަސް ދުވަސް ތެރޭގައި، އެ ބޭންކުން ވަނީ ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށްފައެވެ.

މި މަޝްރޫއުގެ ބޮޑުކަމާއެކުވެސް މަސައްކަތް ނިންމާލި އަވަސްމިނަކީ މިހާތަނަށް ރާއްޖެ ނުދެކޭފަދަ ކާމިޔާބީއެއްގެ ގޮތުގައި ބީއެމްއެލުން ސިފަކުރެއެވެ. އަދި މި މަސައްކަތް ނިންމާފައިވަނީ އެންމެ މަތީ ފެންވަރުގައި، ވީހާވެސް އަވަހަށް ޚިދުމަތް ދިނުމަށްޓަކައި، ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއެކު، ވަރަށް ގިނަ މަސައްކަތްތަކެއް ފުރިހަމަ ކޮށްގެންނެވެ.

މި މަޝްރޫއު ހިންގުމުގައި ޚަރަދު ކުޑަކުރުމާއި މަޝްރޫއުގެ ހިންގުން ހަރުދަނާވުމުގެ ނަތީޖާއެއްގެ ގޮތުން، މީގެ ކުރިން ބޭންކުން އޭޓީއެމް ޤާއިމުކުރުމަށް ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު، %33 ޚަރަދު ކުޑަކަންވެސް އެ ބޭންކުން ފާހަގަކުރެއެވެ.

ލ. ގަމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުމަކާ ގާތަށް
މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
ޢުމްރާގެ އަޅުކަމަށް ގޮސްހުރި ދިވެއްސަކު ނިޔާވެއްޖެ
އަހަރެން އެދެނީ ސަލާހު ކުލަބުގައި މަޑުކުރަން: ވެންޑައިކް
މިއީ ޓީމުގެ މެނޭޖްމެންޓުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ : އެފްއޭއެމްގެ ރައީސް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?