The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ހޮސްޕިޓަލިޓީ ދާއިރާގެ ވަޒީފާގެ ފުރުސަތުތަކަށް ޚާއްސަ ޕްލެޓްފޯމް ”ރުކުރި“ ތަޢާރަފުކޮށްފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

ހޮސްޕިޓަލިޓީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ގުޅުވައިދޭނެ ޚާއްސަ ޕްލެޓްފޯމެއް ކަމަށްވާ ”ރުކުރި“ ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

މި ޕްލެޓްފޯމް އިފްތިތާޙުކުރުމަށް ބޭއްވި ޚާއްސަ ހަފްލާ އޮތީ މިއަދު ބާސެލޯސް ނަސަންދުރައިގައެވެ. ”ރުކުރި“ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުން އަންނަ މިންވަރަށް ރިއާޔަތްކޮށް، ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް 2023 ވަނަ އަހަރު އުފެއްދި ޕްލެޓްފޯމެކެވެ.

އައިލެންޑް ރެކްރޫޓްސްއިން ތަރައްޤީކޮށްފައިވާ މި ޕްލެޓްފޯމް މެދުވެރިކޮށް، ލަގްޒަރީ ރިސޯޓުތަކުގެ ލީޑަރޝިޕް މަޤާމުތަކުން ފެށިގެން، ގެސްޓްހައުސްތަކާއި، ރެސްޓޯރަންޓްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އެކި ދާއިރާތަކުން ހުޅުވާލާފައިވާ ވަޒީފާތަކުގެ މަޢުލޫމާތު ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ.

މި ޕްލެޓްފޯމުގެ އެންމެ ޚާއްސަ އެއް ސިފައަކީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް އެ ފަރާތެއްގެ އެޕްލިކޭޝަން ކުރިއަށްދާ ގޮތުގެ އަދާހަމަ (ލައިވް އަޕްޑޭޓްސް) ވަގުތުން ބަލައިލެވުމެވެ. އަދި ވަޒީފާ ދޭ ފަރާތްތަކަށްވެސް މީހުން ހޮވުމުގެ މަރުހަލާ ދެފުށް ފެންނަ، ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމުގެ ފުރުސަތު މި ޕްލެޓްފޯމުން ލިބިގެންދެއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ރުކުރިގެ ކޯ-ފައުންޑަރ އަލީ ފާއިޒް ވިދާޅުވީ، މި ޕްލެޓްފޯމުގެ މައިގަނޑު މަޤްޞަދަކީ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމަށެވެ. އަދި މީގެ ސަބަބުން ދިވެހި މަސައްކަތްތެރިން ބާރުވެރިވެ، ވަޒީފާއަށް މީހުން ނެގުމުގެ މަރުހަލާގައި ހުރި ތަކްލީފުތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ޕްލެޓްފޯމަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް، ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ދުވާފަރުގައި މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކާބޯތަކެތީގެ މައުރަޒެއް ކުރިއަށްދަނީ
އެސްއެމްއީ ޑިޖިޓަލްއިން ފައިނޭންސިންގެ އައު ދެ ސްކީމެއް ތަޢާރަފް ކުރަނީ
ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމަަށް ވިޒާއަށް އެދެން ހުޅުވާލައިފި
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުންގޯސް ، މެދުރާއްޖެތެރެއަށް ކަނޑުތައް ގަދަވާނެ
މުދަލު ޒަކާތުގެ ނިޞާބު 19،527.90ރ އަށް ބަދަލުކޮށްފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?