The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އަބުރު ކަތިލީ މުވައްޒަފަކަށް ފިޔަވަޅު އެޅުމުން: އެފްއައިޔޫގެ ކުރީގެ ވެރިޔާ ސާޖިދު

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި މަގާމުން ވަކިކުރި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އިސްމާއިލް ސާޖިދު، އޭނާއަށް ކުރެވޭ ތުހުމަތުތައް މިއަދު ދޮގުކުރައްވައިފިއެވެ.

ސާޖިދު މަގާމުން ވަކިކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ސާބިތުވެފައިވާ ކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އޭނާގެ އަބުރު ކަތިލައި މަގާމުން ވަކިކުރީ އެފްއައިޔޫގެ މުވައްޒަފަކު ކޮށްގެން ނުވާނެ ކަންތައްތަކެއް ކުރުމުން، އެ މުވައްޒަފާމެދު ފިޔަވަޅު އެޅުމާ ގުޅިގެން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

”ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އެ މުވައްޒަފު ކޮށްގެން ނުވާނެ ބައެއް ކަންކަން އެ މުވައްޒަފު ކުރުމުން އެ މުވައްޒަފާމެދު އަމަލުކުރަންޖެހޭ ގޮތަށް އަމަލުކުރުމަކީ މިއަދު މި އަނިޔާ ލިބުމުގެ އެއް އަސާސް ކަމަށް އަޅުގަނޑަށް ބެލެވޭ،“ ސާޖިދުގެ ބަޔާނުގައިވެއެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެމްއެމްއޭގެ ޖިންސީ ފުރައްސާރަ ބަލާ ކޮމިޓީން މައްސަލަ ނިންމާފައިވަނީ، އޭނާ ހުށަހެޅި ކިތާބީ ހެކިތަކަށް އެއްވެސް މިންވަރަކަށް ބެލުމެއް ނެތި، މައްސަލަ ހުށަހެޅި ފަރާތުން ހެދި ދޮގުތަކެއްގެ މައްޗަށެވެ. އަދި ފުރައްސާރަ ކުރި ކަމަށް ބުނާ ދުވަހާއި މައްސަލަ ހުށަހެޅި ދުވަހާ ދެމެދު 39 ދުވަސް ހިނގާފައިވާކަން ފާހަގަކުރައްވައި، އެ މުއްދަތުގެ ތެރޭގައި ހިނގާފައިވާ ކަންކަން ބެލިނަމަ މައްސަލަ ހުށަހެޅި މަގުސަދު ސާފުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސާޖިދު އިތުރަށް ވިދާޅުވީ، އޭނާ މަގާމުގައި ހުރުމުން އުނދަގޫވާ ބަޔަކު ތިބިނަމަ، އަބުރު ކަތިލުމުގެ ބަދަލުގައި ވަޒީފާއިން ވަކިވާން ބުނިނަމަވެސް އެކަން ރީތި ގޮތުގައި ކުރެވުނީސް ކަމަށެވެ. އަދި މި މައްސަލަ ނިންމާފައިވަނީ ގާނޫނީ ހަމައިގެ މަތިން ނޫން ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

މިދިޔަ އޮގަސްޓު މަހު ސާޖިދު އެފްއައިޔޫގެ ވެރިއަކަށް އައްޔަންކުރީ، އޭރު އެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފް ވަކިކުރުމަށްފަހުއެވެ. އެފްއައިޔޫއަކީ މަނީ ލޯންޑަރިންނާއި ކޮރަޕްޝަން ފަދަ މާލީ ކުށްތަކަށް ފާރަވެރިވާ އެމްއެމްއޭގެ ދަށުން ހިނގާ މިނިވަން މުއައްސަސާއެކެވެ.

ނައިފަރު ބިން ހިއްކުމުގެ މަޝްރޫޢުއިން 26 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކާ ނިންމައިފި
އޯވަރޯލް ޑެފިސިޓް 73.5 އިންސައްތަ ކުޑަކުރެވިއްޖެ
ހައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓު ތަޢާރަފްކޮށްފި
އުނގޫފާރާއި ދުވާފަރާ ދެމެދު އާރްޓީއެލްގެ ސީދާ ދަތުރުތައް މާދަމާ ފަށަނީ
ސަރަޙައްދީ އެއްބާރުލުން ދިރުވައި އާލާކުރަންޖެހޭ: ރައީސް މުޢިއްޒު
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?