The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އޭއައިގެ ބޭނުމަށް 1 މިލިއަން ސެޓެލައިޓް ޖައްވަށް ފޮނުވަން ސްޕޭސްއެކްސް އިން ހުއްދައަށް އެދިއްޖެ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

އިލޮން މަސްކްގެ ޖައްވީ އިދާރާ، ސްޕޭސްއެކްސް އިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ބޭނުންވާ ކޮމްޕިއުޓިންގް ބާރު ފޯރުކޮށްދިނުމަށްޓަކައި، ދުނިޔޭގެ އޯބިޓަށް އެއް މިލިއަން ސެޓެލައިޓް ފޮނުވުމުގެ ހުއްދައަށް އެދި ފެޑަރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) އަށް ހުށަހަޅައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ހުށަހެޅި މި އެޕްލިކޭޝަންގައި ބުނެފައިވަނީ، ”އޯބިޓަލް ޑޭޓާ ސެންޓަރުތައް“ އެއީ އޭއައިގެ ހިދުމަތްތަކަށް ބޭނުންވާ ބޮޑު ކޮމްޕިއުޓިންގް ބާރު ހޯދުމަށް އޮތް އެންމެ ހަރަދު ކުޑަ އަދި ހަކަތަ ސަލާމަތްކުރެވޭނެ މަގު ކަމަށެވެ. އާންމުކޮށް ޑޭޓާ ސެންޓަރުތަކަކީ ބިމުގައި ހުންނަ ބޮޑެތި ގުދަންތަކެއްގައި ބަހައްޓާފައި ހުންނަ ކޮމްޕިއުޓަރުތަކެއް ނަމަވެސް، އޭއައި ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ ބިމުގައި ހުންނަ ވަސީލަތްތަކަށް އެކަން ނުކުރެވޭނެ ކަމަށް ސްޕޭސްއެކްސް އިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ފޮނުވާ ސެޓެލައިޓްތަކަކީ އިރުގެ ހަކަތައިން މަސައްކަތްކުރާ ސެޓެލައިޓްތަކެކެވެ. މިއީ މިހާރު ސްޕޭސްއެކްސް އިން ބޭނުންކުރާ 10،000 އެއްހާ ސެޓެލައިޓް ހިމެނޭ ސްޓާލިންކް ވިއުގައަށްވުރެ މާ ބޮޑު ވިއުގައެކެވެ. މި ސެޓެލައިޓްތައް ދަތުރުކުރާނީ ބިމުން ފެށިގެން 500 އާއި 2،000 ކިލޯމީޓަރާ ދެމެދުގެ އުސްމިނެއްގައެވެ.

ސްޕޭސްއެކްސް އިން ބުނާ ގޮތުގައި މި ނިޒާމުގެ ސަބަބުން ދުނިޔޭގެ ބިލިއަނުން މީހުންނަށް އޭއައިގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބޭނެއެވެ. އަދި މިއީ އިރުގެ ހަކަތަ ފުރިހަމައަށް ބޭނުންކުރެވޭ ”ކާޑަޝެވް 2-ލެވެލް“ ގެ ތަހުޒީބަކަށް ވާސިލުވުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ނަމަވެސް، މި މަޝްރޫއާ މެދު ތަޖުރިބާކާރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ޖައްވީ ކުނި އިތުރުވުމާއި، ސެޓެލައިޓްތައް އެކަތި އަނެކައްޗާ ޖެހުމުގެ ފުރުސަތު ބޮޑުވުން ހިމެނެއެވެ. މީގެ އިތުރުން، ފަލަކީ އިލްމުވެރިން ބުނާ ގޮތުގައި މިހާރުވެސް ޖައްވުގައި ހުރި ސެޓެލައިޓްތަކުގެ ސަބަބުން އެބޭފުޅުންގެ ދިރާސާތަކަށް ބޭނުންކުރާ ޓެލެސްކޯޕްތަކަށް ހުރަސް އެޅެއެވެ.

މި ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން އިލޮން މަސްކް އޭނާގެ ސޯޝަލް މީޑިއާ ’އެކްސް‘ ގައި ވިދާޅުވީ، ޖައްވަކީ އިންތިހާއަށް ބޮޑު ތަނެއް ކަމަށާއި، މި ސެޓެލައިޓްތައް ހުންނާނީ އެކަތި އަނެކައްޗާ ވަރަށް ދުރުގައި ކަމުން އެއް ސެޓެލައިޓަށް އަނެއް ސެޓެލައިޓް ފެނުމަކީވެސް އުނދަގޫ ކަމެއް ކަމަށެވެ.

ސްޕޭސްއެކްސް އިން ބުނާ ގޮތުގައި އޯބިޓަލް ޑޭޓާ ސެންޓަރުތަކަކީ ތިމާވެއްޓާ ރައްޓެހި ގޮތެކެވެ. ސަބަބަކީ ބިމުގައި ހުންނަ ޑޭޓާ ސެންޓަރުތައް ފިނިކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ފެނާއި ހަކަތަ ޖައްވުގައި ބޭނުންނުވާނެތީއެވެ. މި މަޝްރޫއު ފަށާނެ ވަކި ތާރީޚެއް އެފްސީސީ އަށް ހުށަހެޅި ލިޔުންތަކުގައި ބަޔާންކޮށްފައެއް ނުވެއެވެ.

އީރާނުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި
ޕަރތް ސްޓޭޑިއަމްގައި އަލިފާނުގެ ޚާދިސާއެއް ހިނގައިފި
ޝާހީ މަސްއޫލިއްޔަތުތަކުން ދުރުވި ހެރީއަށް ދައުލަތުގެ ފައިސާ ލިބޭތީ ޕްރިންސް ވިލިއަމް ހިތްހަމަނުޖެހިއްޖެ
ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއަރ ޕްލާންޓް އަލުން ހިންގުމުގެ ތައްޔާރީތައް ޖަޕާނުން ފަށައިފި
އީރާންގެ ނުރައްކާތެރި ޚައިބަރު މިސައިލުން އިޒްރޭލުގެ މައި ހަތިޔާރު އުފައްދާ ކާރުޚާނާ ފުނޑާލައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?