The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އިތުރު އަލިފާނުގެ ހާދިސާއަކާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

ހުޅުމާލޭގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ހާލުގައި ޖެހުނު 21 މީހަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޗަނބޭލީ 5 ގޯޅީގައި ހުންނަ ލޮޓް ނަންބަރު 11154 ގޭގެ ތިރީގައި ހުރި ގުދަނެއްގައެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ދަންވަރު 03:30 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން، 03:40 ހާއިރު ވަނީ އަލިފާން އެއްކޮށް ނިއްވާލާފައެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، 6 ފަންގިފިލާއަށް ހަދާފައި ހުރި އެ އިމާރާތުގެ ތިރީގައި ހުރި ގުދަނުގައި ރޯވި އަލިފާނުގެ ސަބަބުން އިމާރާތުގެ ކަރަންޓް ޕެނެލް ހަލާކުވެ، މުޅި އިމާރާތުން ވަނީ ކަރަންޓް ކެނޑިފައެވެ. މި ހާލަތާ ގުޅިގެން އެ އިމާރާތުގެ ދެ އެޕާޓްމަންޓެއްގައި ދިރިއުޅޭ 21 މީހުންނަށް އެ އޮތޯރިޓީން ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސާދީފައެވެ.

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، އަލިފާން ފުރަތަމަ ރޯވީ ގުދަނުގެ ބޭރުގައި ހުރި ކުނިތަކެއްގައެވެ. ނަމަވެސް ގުދަނުގެ ބިއްލޫގަނޑު ތަޅައިގެންގޮސް، އަލިފާންގަނޑު ގުދަނުގެ ތެރެއަށް ފެތުރުމުގެ ސަބަބުން އެތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިންގއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މިއީ މި ފަހަކަށް އައިސް ހުޅުމާލޭގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 38 އެޕާޓްމަންޓެއްގެ ނަރުދަމާ ހޮޅިތަކަށް ގެއްލުންވެ، 140 މީހަކަށް އެންޑީއެމްއޭއިން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

ރޯދަ ހަދިޔާ ބަހަން ފަށަނީ މި މަހުގެ 24 ގައި
ރައީސްގެ ދެކަނބަލުންނަށް ދުވާފަރުން ހޫނު މަރުޙަބާއެއް
މާލޭގައި ހުރި ސެލޫން އަކަށްވަދެ ތަކެއްޗަށް ގެއްލުންދީ މާރާމާރީ ހިންގި ފުލުހަކު ހައްޔަރުކޮށްފި
ލޯބިވެރިޔާއަށް ތޫނު އެއްޗަކުން ހަމަލާދިން މީހާގެ ބަންދަށް 30 ދުވަސް!
ވަޒީފާ ލިބުނަސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވަންސް ކަނޑައެއް ނުލާނެ: ވަޒީރު ޑރ. ޢައިޝަތު ޝިހާމް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?