The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ސްމާޓްފޯނުގެ ޒަމާން ނިމި އޭއައި އައިނަކީ މުސްތަޤްބަލް ކަމަށް މާކް ޒަކަރބާގް ބުނެފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، މެޓާގެ ސީ.އީ.އޯ މާކް ޒަކަރބާގް ހާމަކުރި ގޮތުގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާ ”ސްމާޓް ގްލާސަސް“ ނުވަތަ ސްމާޓް އައިނަކީ ކުރިމަތީގައި އޮތް މުސްތަޤްބަލެވެ. އަދި މިއީ މިހާރު މީހުން ބޭނުންކުރަމުންދާ ސްމާޓްފޯނުތަކުގެ ބަދަލުގައި މީހުން ބޭނުންކުރަން ފަށާނެ ވަސީލަތަކަށް ވެގެންދާނެ ކަމަށް އޭނާ ލަފާކުރެއެވެ.

މެޓާގެ ކުއާޓަރލީ ރިޕޯޓު ހުށަހަޅަމުން ޒަކަރބާގް ބުނީ، އޭއައި ހިމެނޭ ”ވެއަރަބަލް“ ނުވަތަ ހަށިގަނޑުގައި އަޅައިގެން އުޅޭނެ އާލާތްތަކާއި އޭއައި މޮޑެލްތައް ތަރައްޤީކުރުމުގެ މަސައްކަތް އެ ކުންފުނިން ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލޮލުގެ ފެނުން ދަށް މީހުން އާންމުކޮށް އައިނާއި ކޮންޓެކްޓް ލެންސް ބޭނުންކުރާއިރު، ކުރިން ”ފްލިޕް ފޯނު“ ތަކުގެ ބަދަލުގައި ސްމާޓްފޯނުތައް އައި ފަދަ ވަގުތެއް މިހާރު އައިނުތަކަށް ވެސް އަންނަނީއެވެ.

ޒަކަރބާގް އިތުރަށް ބުނި ގޮތުގައި، ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި ގިނަ ބަޔަކު އޭއައި އައިނު ބޭނުންނުކޮށް ތިބޭނެ މަންޒަރެއް ތަޞައްވުރު ކުރަން ވެސް މިހާރު ދައްޗެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރު މެޓާގެ ސްމާޓް އައިނު ވިކުނު މިންވަރު ވަނީ ތިން ގުނައަށް އިތުރުވެފައެވެ.

ޒަކަރބާގް މީގެ ކުރިން ”މެޓަވާރސް“ އާ ގުޅޭގޮތުން ގެންގުޅުނު ތަޞައްވުރުތައް އަދި އެދެވޭ ގޮތެއްގައި ހަގީގަތަކަށް ނުވި ނަމަވެސް، މިހާރު ޓެކްނޮލޮޖީ ކުންފުނިތަކުން ކުރަމުންދާ އިންވެސްޓްމަންޓްތަކަށް ބަލާއިރު، އޭއައި އައިނަކީ ކުރިއަށް އޮތް އަހަރުތަކުގައި ވަރަށް މަގުބޫލު އެއްޗަކަށް ވާނެ ކަމަށް ބެލެވެއެވެ.

މި ދާއިރާއިން އެހެން ކުންފުނިތަކުން ވެސް އަންނަނީ ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން ގޫގުލް އިން 2026 ވަނަ އަހަރު ސްމާޓް އައިނު ތައާރަފްކުރާނެ ކަމަށް ބެލެވޭއިރު، އެޕަލް އިން ވެސް ކުރިއަށް އޮތް އެއް އަހަރު ނުވަތަ ދެ އަހަރު ތެރޭގައި އެ ކުންފުނީގެ މޮޑެލްތައް ބާޒާރަށް ނެރޭނެއެވެ. މީގެ އިތުރުން ސުނެޕްޗެޓްގެ މައި ކުންފުނިން އޭއާރް (އޯގްމެންޓެޑް ރިއަލިޓީ) އައިނަށް ޚާއްޞަ ސަބްސިޑަރީއެއް އުފައްދާފައިވާއިރު، ހާޑްވެއަރ އާ ދުރުގައި އޮތް އޯޕަން އޭއައި އިން ވެސް މިހާރު އަންނަނީ އޭއައި އިއަރބަޑްސް އާއި އޭއައި ފަދަ އާލާތްތައް ތަރައްޤީކުރަމުންނެވެ.

މިވަގުތު ސްމާޓް އައިނުގެ ބާޒާރުގައި އެންމެ ކުރީގައި އުޅެނީ މެޓާ ކަމަށްވާއިރު، އެ ކުންފުނިން އަންނަނީ އެކި މޮޑެލްތަކުގެ އައިނު ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. އޭއައި އައިނު ސްމާޓްފޯނާ އެއްވަރަށް މަގުބޫލުވާނެތޯ ނުވަތަ ނޫންތޯ އަދި ޔަގީން ނުވި ނަމަވެސް، މިއީ ޓެކްނޮލޮޖީގެ ދުނިޔެއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް މާހިރުން އެއްބަސްވެއެވެ.

ތުއްތު ކުއްޖެއްގެ ގޮތުގައި ގެއްލުނު މިޝެލް މެރީ 45 އަހަރުފަހުން ފެނިއްޖެ
ލީބިޔާގެ މި މީހާ ނުލައި ޙައްޖަށް ފުރަން އުޅުން ދެ ފަހަރުވެސްވީ ނާކާމިޔާބު
ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ މަޖިލިސް އުވާލައްވައިފި
މަތިންދާ ބޯޓެއްގެ ފަހަތުގަ ޕެރަޝޫޓް ތާށީވި ސްކައި ޑައިވަރެއްގެ ވީޑިއޯ އާންމުކޮށްފި
މަހުޖަނުންގެ މުއްސަނދިކަން 18.3 ޓްރިލިއަން ޑޮލަރަށްއަރައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?